އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓުވޭނީ ވަގުންނަށް އަދަބު ދީގެން! މަޖިލީހުގެ ދައުރުކޮބާ؟

ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓުވޭނީ ވަގުންނަށް އަދަބު ދީގެން! މަޖިލީހުގެ ދައުރުކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

މިވެރިކަމުގެ ދައުރުފެށި އައު ދައުރަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުވުމާއިގުޅިގެން 24 ގަޑިއިރުހެން މަޖިލީހުގެ ކޮމިޓީތަކުގައި ދެކެވެމުން އައީ ކުރީގެ ސަރުކާރރުގައި ސަރުކާރުގެ ކުންފުނިތަކުން ކޮށްފައިވާ ބޮޑެތި ވައްކަންތަކުގެ ވާހަކަތަކެވެ! 

ކުންފުނިތަކަށް މިސަރުކާރުން އިސްކޮށްފައިތިބި ވެރިން ގެންގޮސް ލައިވްކުރި ބައްދަލުވުންތަކުން އެނގިގެންދިއައީ ބޮޑެތި ވައްކަންތައް ކޮށްފައި ނުވާ ހަމަ އެންމެ ކުންފުންޏެއްވެސް ނެތްކަމެވެ. މޯލްޑިވް ގޭސް، އެޗްޑީސީ، މިފްކޯ ފަދަ ކުންފުނިތަކުން އެތައް ސަތޭކަމިލިއަނުން ވައްކަންކޮށްފައިވާ ކަމުގެ ވާހަކަތަކެވެ. 

ރާއްޖޭގެ ތާރީޚަށް ބަލައިފިނަމަ އަބަދުވެސް ފެންނަން ހުރީ މިސްކިތް އެލުމުގެ މަސައްކަތަށް ހޯދާތަކެތިން މީހުން ވައްކަންކުރާކަމެވެ. ވައްކަންކޮށްގެން މިސްކިތެއް އެޅިކަން ފުރަތަމަ ފަހަރަށް އެނގިގެންދިއައީ ވެސް ހަމަ އެމަޖިލީހުގެ ކޮމިޓީތަކުގައި ބޭއްވި ބައްދަލުވުންތައް ލައިވްކޮށް ހާމަކުރި މައުލޫމާތުންނެވެ! 

މާލޭގައި އަޅާފައިވާ  ކޮރަޕްޝަން ޕާކުގެ ވާހަކަތަކުގެ އަޑުވެސް އިވިގެންދިއައެވެ. މިފަދަ އެތައް ކަމެއްގެ ވާހަކަތަކުގެ އަޑު ވަނީ އިވިފައެވެ. ސުވާލަކީ މިވާހަކަތަކަކީ ސިޔާސީ ވަކިބޭނުމެއް ޙޞިލުކުރަން ދައްކާ ވާހަަކ ނޫންނަމަ ވައްކަންކުރި މީހުންނަށް އެންމެކުޑަމިނުން ދައުވާވެސް ނުކުރެވިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ 11 ނޮވެމްބަރު 2018 ވަނަ ދުވަހުން ފެށިގެން ހިނގަމުން މިދަނީ މިސަރުކާރުގެ ވެރިކަމެވެ. ދައުވާކުރުމާއި އެހެންވެސް ޒިންމާތައް އުފުލަން ތިބީވެސް މިސަރުކާރުން ޢައްޔަނުކުރި ބައެކެވެ. ކޮންމެ ކަމެއް ތަންހަރުކުރާ ތަންހަރު ޖަގަހަ، އޭސީސީގައި ތިބީވެސް ހަމަ މި ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ތިބި މެންބަރުންނެވެ! ޕީޖީއަކީވެސް ހަމަ މަޖިލީހުން ރުހުންދީފއިވާ ބޭފުޅެކެވެ. 

ކުރީގެ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީގެ މައްސަލަ ނޫނީ ކޯޓުގައިވަނީ ކިތައް މައްސަލަބާވައެވެ! ދައުވާ އުފުލާފައިވަނީ ކުންފުނިތަކުގެ ކިތައްވެރިންނަށްބާވައެވެ! ޖަވާބުދާރީކުރުވަން މަޖިލީހުން ކުރަނީ ކޮންކަމެއްބާވައެވެ! މިކަންކަން މިހެން ހުއްޓައި މިހާރު މިއިވެނީ އަެއްކާވެސް އިތުރު ބައަކު ވައްކަންތަކެއްކުރިކަމުގެ ވާހަކަތަކެވެ. ބޮޑެތި އަދަދުތަކުން ޚިޔާނާތްތެރިވި ވާހަކަތަކެވެ. ތަޙްޤީޤުތައް ލައިވްކޮށް އަވަހަށް މައްސަލަތައް ބަލަން ނުފަށަނީ ކީއްވެގެންބާވައެވެ! 

ކޮންމެ ސަރުކާރެއްގައި ނަމަވެސް ވައްކަންކޮށްފިނަމަ އެކަން ވާނީ ވައްކަމަކަށެވެ! ދައުވާނުކޮށް 5 އަހަރުވުމުން ވައްކަން ނުކުރާކަމަށްވާގޮތަށް ޤާނޫނުތައް ހަދައި ދައުވާނުކޮށް ވަގުންނަށް އަދަބުނުދިނުމަކީ ވައްކަންކުރުމަށް އިތުރަށް ހތްވަރުދީ މަގުފަހިކުރުން ނޫންބާވައެވެ! ރައްޔިތުންގެ ފައިސާ އަތުޖެހުނު މީހަކު ބޭނުންވަރަކަށް ނެގުން ނުވަތަ ވައްކަންކުރުން ހުއްޓުވޭނީ މިފަދަ ކަންބޮޑުވުންތަކަށް ޖަވާބުލިބިގެންނެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް