އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމުރުން 6 އަހަރުވީއިރުވެސް ޙާޖަތްކުރެވޭނެ މަގު ނުފެންނަ ތުއްތު ލުޙްޔާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދެއްވާ!

ޢުމުރުން 6 އަހަރުވީއިރުވެސް ޙާޖަތްކުރެވޭނެ މަގު ނުފެންނަ ތުއްތު ލުޙްޔާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ޢުމުރުން 6 އަހަރުގެ ތުއްތު ލުޙްޔާ މުޙައްމަދު އިޝާނަކީ މިއަދާއި ހަމައަށްވެސް ދެ ޙާޖަތްވެސް ކުރެވޭނެ ދޮރު ނެތުމުން ހޮޅިލައްވައިގެން ވަރަށް ވޭނުގައި އުޅެންޖެހިފައިވާ ކުއްޖެކެވެ. 

ތުއްތު ލުޙްޔާއަށް ޖެހިފައިވާ ބައްޔަކީ Caudal Regression Syndrome”އެވެ. މިބަލީގެ ސަބަބުން އުނގަނޑުން ތިރި އުފައްދައެއް ނުދެއެވެ. އަދި ދެދޮރުންކުރެއް ދޮރެއް ނެތުމުން ތުއްތު ލުޙްޔާއަކީ ކޮން ޖިންސެއްގެ ކުއްޖެއްކަންވެސް މިއަދާއި ހަމައަށްވެސް އެނގިފައެއް ނުވެއެވެ. ބޮޑަށް ވައްތަރުވަމުން އަންނަނީ އަންހެން ކުއްޖަކާއިއެވެ. 

މިކަމަށް ފަރުވާއެއް ލިބޭތީ އެކިފަހަރުމަތިން ވަނީ އަމްރީތާ ހޮސްޕިޓަލުން މަސައްކަތްކޮށްފައެވެ. ނަމަވެސް ކާމިޔާބީއެއް އަދި ވަނީ ނުލިބިއެވެ. އާސަންދައިން މިހާރުވަނީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލުން ފަރުވާލިބޭނެ އިންތިޒާމް ހަމަޖައްސައިފައެވެ. 

ކެއުމާއި ތިބުމާއި އެހެނިހެން ޚަރަދުތައް އާސަންދައިން ހަމަޖައްސައިނުދޭތީ ތުއްތު ލުޙްޔާގެ އާއިލާއިން އެދެނީ މިކަމުގައި ތިއަބޭފުޅުންގެ ދީލަތި  އެހީތެރިކަމަށެވެ. 

މަންމަ: މަރްޔަމް އަވްލީން

އެކައުންޓް ނަމްބަރު: 

Account number 7715505470101 bml 

(MARIYAM AVLEEN. (Luhya ge mamma

Dollar  account  number 7730000030936 

(Mohammed ishan  (luhya ge  bappa .

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ