އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ފެބްރުވަރީ ބާރަ" ކަފިހިހުރަސްމަތިން ހުރަސްކުރާމީހުންނަށް ސަމާލުކަންދޭ ދުވަހެއްގެ ގޮތުގަ ފާހަގަކުރަމާ!

"ފެބްރުވަރީ ބާރަ" ކަފިހިހުރަސްމަތިން ހުރަސްކުރާމީހުންނަށް ސަމާލުކަންދޭ ދުވަހެއްގެ ގޮތުގަ ފާހަގަކުރަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ޤައުމުތަކުގައި ތަފާތު ދުވަސްތައް ފާހަގަކުރެވެނީ ހިނގާފައިވާ ހުންނަ ހާދިސާތަކާއި ގުޅިގެންނެވެ. މީގެ 2 އަހަރުކުރިން ފެބްރުވަރީ މަހުގެ 12 ވަނަ ދުވަހު މާލޭގައި ވަނީ ވަރަށް އާދައާ ޚިލާފް ކަމެއް ހިނގައިފައެވެ. 

އެއީ ލޮނުޒިޔާރަތްކޮޅު، ސެނެހިޔާކައިރީ އޮންނަ ކަފިހިހުރަސް އިން ބައަކު ހުރަސްކުރާތީ މަޑުކޮށްގެން އޮތް ހުޅުމާލޭގައި ދުއްވާ ވެހިކަލެއް، މަޑުކޮށްފައި އޮއްވާ ޖިންނިތަކެއް އައިސް އެ ވެހިކަލް ކޮއްޕާ ގެންގޮސް ކަފިހިހުރަސްކުރި އަންހެނެއްގެ ގައިގައި ޖައްސުވައި އަނޔާދިނުމެވެ. 

މިފަދަ އާދައާ ޚިލާފް ހާދިސާތަކުގައި ބޮޑެތި އަނިޔާތައް ލިބި ކޮންމެ އަހަރަކު އެތައްބައަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ. އެތައްބައަކު އަންނަނީ ނުކުޅެދުންތެރިންނަށް ބަދަލުވަމުންނެވެ. ހާދިސާއެއް ނިމުމުން ދެން އެކަން ހަނދާންކޮށް އިޞްލާޙްކުރަން ކުރެވޭ މަސައްކަތްތައް ވަރަށް މަދެވެ. 

އެހެންކަމުން ޤައުމުގައި ހުރި މިފަދަ މައްސަލަތަކަށް ބަލައި ޤައުމީ ފެންވަރުގައި ދުވަސްތައް ފާހަގަކުރުން ފަދަ ކަންކަންކޮށްގެންވެސް މިފަދަ މައްސަލަތަކަށް ޙައްލުހޯދަން ޖެހޭކަން ގިންބައަކު ފާހަގަކުރެއެވެ. 

ބާރުސްޕީޑުގައި އަދި ޤަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވާ މީހުންނާއިމެދި އިސްލާމް ދީނުގައި އޮތްގޮތްވެސް ބަލައިލަމާތޯއެވެ؟ 

ބާރު ސްޕީޑްގަ ވެހިކަލް ދުއްވާ މީހުން އެމީހުންގެ އިސްލާމް ކަމާއިމެދު ވިސްނާލަން ޖެހޭއެވެ. ސަބަބަކީ "މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތް ވެގެންވާ" މީހަކު ކަމުގައި އޮތުމުންނެވެ. މިއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ ކޮންމެ މުސްލިމެއްގެ ގައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެކެވެ. 

الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ

That you surrender your heart to Allah and that the Muslims are safe from your tongue and hand.

Source: Shu’ab al-Imān 20, Grade: Sahih

މިއީ ޞަޙީޙް ބުޚާރީގައި ބަޔާންވެގެންވާ ޙަދީޘްފުޅެކެވެ. ވީމާ މިކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތެވެ. 

إِنْ سَرَّكُمْ أَنْ تَسْلَمُوا وَيَسْلَمَ لَكُمْ دِينُكُمْ فَكُفُّوا أَيْدِيَكُمْ عَنْ دِمَاءِ النَّاسِ وَكُفُّوا أَلْسِنَتَكُمْ عَنْ أَعْرَاضِهِمْ وَكُفُّوا بُطُونَكُمْ عَنْ أَمْوَالِهِمْ

If you would be pleased to be safe and for your religion to be safe for you, then restrain your hands from harming the lives of people, restrain your tongues from harming their honor, and restrain your stomachs from consuming their wealth. 

Source: Makārim al-Akhlāq lil-Kharā’iṭī 379

މީސްތަކުންގެ ފުރާނައަށް ގެއްލުން ލިބިދާނެ ފަދަ އަމަލެއް ކުރެވެން އެބައޮތްތޯއެވެ؟ ވަޅި ހެރުމުން ވެސް މީހުންނަށް ލިބެނީ އަނިޔާއެވެ. ވަނީ މަރެވެ. ބާރު ސްޕިޑްގައި ދުއްވުމުން ވެސް މެދުވެރިވަނީ ހަމަ އެފަދަ ކަންކަމެވެ. 

أَلَا أُخْبِرُكُمْ بِخَيْرِكُمْ مِنْ شَرِّكُمْ خَيْرُكُمْ مَنْ يُرْجَى خَيْرُهُ وَيُؤْمَنُ شَرُّهُ وَشَرُّكُمْ مَنْ لَا يُرْجَى خَيْرُهُ وَلَا يُؤْمَنُ شَرُّهُ

Shall I not tell you what distinguishes the best of you from the worst of you? The best of you are those from whom goodness is expected and people are safe from their evil. The worst of you are those from whom goodness is not expected and people are not safe from their evil.

Source: Sunan al-Tirmidhī 2263, Grade: Sahih

އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަން ޖެހޭނީ މި އިންތަކުގެ ތެރެއިންނެވެ. އެއީ އުޅަނދެއް ދުއްވުން ކަމަށްވީނަމަވެސް މެއެވެ. އެހެން މީހަކަށް އެއްވެސް އަނިޔާއެއް ލިބިދާނެ ފަދަ ގޮތަކަށް އުޅަނދެއް ދުއްވައިގެން ލިބޭ އަނިޔާގެ ޒިންމާ އުފުލަން ދެ ދުނިޔޭގައިވެސް އެމީހަކަށް ޖެހޭނެއެވެ. އެމީހެއްގެ ނުބައިކަމުން އެހެން މީހުންނަށް ގެއްލުން ލިބޭނަމަ، އެމީހެއްގެ ސަބަބުން އެހެން މީހުންނަށް އަނިޔާ ލިބޭނަމަ އެމީހަކު ވެގެންދާނީ އެންމެ ނުބައި މީހުންގެ ތެރެއިންކަން މި ޙަދީޘްފުޅުން ނުއެނގެނީތޯއެވެ! 

ވީމާ އެއީ ޤަޞްދުގައި ޖެއްސީ ނޫން ކަމަސް ބުނުމަކުން ސަލާމަތެއް ނުވެވޭނެއެވެ. ބާރު ސްޕީޑްގައި ދުއްވަނީ ޤަޞްދުގައި ކަމަށްވާތީއެވެ. މިދުނިޔޭގައި ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި މިފަދަ ކަންކަން ކުރާ މީހުންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަން އެއީ ޔަޤީން ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް