އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ކިޑްނީ ފޭލްވެފައިވާ ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތަށް ކިތަންމެ ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްލަދެއްވާ! 7 ދަރިންގެ އާދޭސް!

ދެ ކިޑްނީ ފޭލްވެފައިވާ ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތަށް ކިތަންމެ ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްލަދެއްވާ! 7 ދަރިންގެ އާދޭސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

އަޅުގަނޑުގެ ބައްޕަ، ގއ ކޮލަމާފުށީ އަންދަލީބުގޭ މުހައްމަދު ހަމީދު އަކީ ގއ އަތޮޅުގެ ނަން މަޝްހޫރު، 30  ވަރަކަށް އަހަރު މަސްވެރިކަމުގައި ހޭދަކުރި  ކެޔޮޅެކެވެ. ބައްޕައަކީ އެންމެނާ ވެސް ވަރަށް ގުޅޭ ހިތްހެޔޮ މީހެކެވެ. ބައްޕަ ގެ ރައްޓެހިންނަށް ވަރަށް ރަނގަޅު އެހީވި މީހެކެވެ.  

ތަޤްދީރް ނިޔާކުރިގޮތުން މިއަދު މިވަނީ ބައްޕަގެ ހާލު ދެރަވެ ހުރިހާ ފަރާތް ތަކެއްގެ ދީލަތި އެހީތެރިކަމަށް އެދެންޖެހިފައެވެ.

އަޅުގަނޑުމެންގެ ބައްޕަ މުހައްމަދު ހަމީދު (ގއ ކޮލަމާފުށީ /އަންދަލީބުގެ) އަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރ އިން ފެށިގެން ކިޑްނީ ފެއިލްވެ ކިޑްނީ ބަލީގެ ސްޓޭޖް 5 ގައި ވާ މީހެކެވެ.

2019 ގައި  ކިޑްނީ ފެއިލްވިކަން  އަޅުގަނޑުމެންނަށް އެނގުނު އިރުވެސް އިނީ 3 ޕަސެންޓްއވެ. ހަފްތާއަކު 3 ދުވަހު ޑައިލަސިސް ހަދަން ޖެހުމުގެ ސަބަބުން ބައްޕައަށް އުޅެންޖެހިފައިވަނީ ވަރަށްބަލިކޮށް ވަރަށް ވޭނުގައެވެ. 

މި މުއްދަތުގެ ތެރޭ 3 ފަހަރަށް ބައްޕަގެ އަތަށް ލައްވާފައި އިންނަ ފިސްޓިއުލާ ވަނީ  އޮޕަރޭޝަން ކޮށްގެން ބަދަލު ކުރެވިފައެވެ. އެހެން ނަމަވެސް ބައްޕަގެ ނާރުތައް  ހިމަވުމުގެ ސަބަބުން އަދިވެސް ބައްޕަގެ ޑައިލަސިސް ހެދުމަށް ވަރަށް ދަތިވެއެވެ. އަދި ޑައިލަސިސް ނުހެދޭ ކޮންމެ ދުވަހަކު މޭގަ ފެން ހެދި ނޭވާލުމަށް ދަތިވެ, ހާސްވެ ނުނިދި އުޅެއެވެ.  އެކަހަލަ ރޭރޭ ރޯތަން ބެލުމަށް އަޅުގަނޑުމެންނަށް ކެތްކުރަން ދަތިވެއެވެ.

ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވީ އެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. 

ބައްޕައަށް ޑޯނާއެއް ހޯދުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުންނެވެ. ހުރިހާ ދަރިންވެސް ތިބީ ކިޑްނީ ދޭން ތައްޔާރަށެވެ. އެކަމަކު ޑރ ވިދާޅުވަނީ ބައްޕައާ އެއްވެސް ދަރިއެއްގެ ލޭ ދިމާ ނުވުމުގެ ސަބަބުން އެގޮތަށް ލެއްވިޔަސް ދާނީ އިތުރު ރިސްކަކަށް ކަމަށެވެ.  އެއީ ބައްޕަގެ ހަށިގަނޑުގަ އެކިޑްނީ މަސައްކަތް ނުކޮށްފިއްޔާ އަނެއްކާވެސް ފެއިލް ވެދާނެތީއެވެ. 

ބައްޕައަކީ ކާފައާއި މާމަގެ ހުރި ހަމަ އެކަނި ދަރިފުޅަށް ވެފައި, އާއިލާ ގައި އެހީތެރި ވާން ހަމައެކަނި ތިބީ ބައްޕަގެ ދަރިންނެވެ. މަންމައަކީ މ. ދިއްގަރު މީހެކެވެ. ބައްޕަ އާއި މަންމަގެ ތިބީ 7 ދަރިންނެވެ. އެއީ 5 އަނހެން ކުދިންނާ 2 ފިރިހެންކުދިންނެވެ. 

ބައްޕަގެ ހާލަތު ހުރިގޮތުން ރަށުގައި ހުރެގެން ޑައިލަސިސް ހަދާ ފަރުވާ ކުރެވެން ނެތުމުން މިހާރު ދިރިއުޅެން ޖެހިފައިވަނީ ހުޅުމާލޭގައެވެ. ހުރިހާ ކުދިންނަކީ ވަޒީފާ އަދާ ކުރާ ކުދިންނަށް ނުވުމާއި ކުއްޔަށް އުޅެން ޖެހޭތީއާއި އެކު ބައްޕަގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކުރަންޖެހޭ ހަރަދު ތަކަކީ ވަރަށްބޮޑު ހަރަދުތަކަކަށްވާތީ, މިހަރަދުތައް ކުރުމަށް އަޅުގަނޑުމެންނަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. 

އެހެން ކަމުން ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް ޓްރާންސްޕްލާންޓް  ހެއްދުމަށްޓަކާ ވީހާވެސް އަވަހަކަށްރާއްޖެއިން ބޭރަށް ފުރަން ޖެހޭތީ ,މިކަމަށް ވަރަށް ބޮޑު ހަރަދެއް ދާނެތީ އަޅުގަނޑުމެން އެދެނީ ﷲ އަށްޓަކާ ކުޑަނަމަވެސް ދީލަތި އެހީއެއް ވެދިނުމެވެ.

 

އެކައުންޓު ނަންބަރު : 

7730000363920  BML

7730000364588  USD

އެކައުންޓު ނަން :  Aminath Nareesha

 

ބައްޕަގެ ހާލަތާއިބެހޭ ގޮތުން އޮޅުންފިލުވުމަށް ގުޅުއްވާނީ

އާމިރާ އަލީ 7685635 

މުހަންމަދު ހަމީދު 7704165

އާމިނަތު ނަރީޝާ 7608925

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް