އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އޯޕަން އެކްސެސް ނެޓްވޯކް"ގެ ދަށުން ހިޔާ ފްލެޓްތަކުގެ އެތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ވައަރިންގ މަސައްކަތް ނިންމާލައިފި

"އޯޕަން އެކްސެސް ނެޓްވޯކް"ގެ ދަށުން ހިޔާ ފްލެޓްތަކުގެ އެތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ވައަރިންގ މަސައްކަތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ ފަރާތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ޚިދުމަތުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާގައި، ހިޔާ ފްލެޓް ސަރަޙައްދުގެ ޑަކްޓް ނެޓްވޯކް މަސައްކަތާއި މި ޙިދުމަތް ފޯރުކޮށްދިނުމަށް ހިޔާ ފްލެޓްތަކުގެ އެތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ވައަރިންގ މަސައްކަތް ނިއްމާލައިފިއެވެ.

މި މަސައްކަތަކީ ހުޅުމާލޭ ފޭސް ދޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހަޢްދުގައި ތަފާތު ގިނަ ޙިދުމަތްތަކެއް ޤާއިމުކުރުމަށްޓަކައި ކުރެވުމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އަހައްމިއްޔަތު ކަމެއް ދެވިގެން ކުރެވިފައިވާ މަސައްކަތެކެވެ. 

އެޗްޑީސީ އިން ބުނެފައިވަނީ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫޢުގެ ބިންގާކަމަށާއި  މިގޮތުން، "އޯޕަން އެކްސެސް ނެޓްވޯކް" ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް މުވާޞަލާތީ ވިއުގައަކުން ގުޅައިލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ މި މަޝްރޫޢުގެ ދަށުން ޤާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި މި އިންފްރާސްޓްރަކްޗަރގައި އެކުލެވޭ ފައިބަރ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާއިރު، މި މަޝްރޫޢުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށަވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޤާއިމު ކުރުވޭ އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާޞަލާތީ ޚިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންޤިލާބީ ހެޔޮ ބަދަލެއް އައިސް، މި ޚިދުމަތްތައް އައު ހަރުފަތްތަކަށް ހާޞިލުކޮށްދޭނެކަން ކަމަށާއި އަދި އާއްމުކޮށް ދެވޭ ޙިދުމަތްތައް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް އެޗްޑީސީއާއި ޕީ.އެސް.އެމް އަދި މީޑިއާނެޓް އާއި ދެމެދު ވަނީ ފަހުމްނާމާއެއްގައި ސޮއިކޮށްފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު