އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީރު މަޖިލީހުގަ ޖެހީ ޚިޔާލީ ހިސާބެއް!

ވަޒީރު މަޖިލީހުގަ ޖެހީ ޚިޔާލީ ހިސާބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖެއްސެވި ހިސާބު ދިމައެއް ނުވިއެވެ. ނަސީމް ވިދާޅުވީ ހެނދުނު ހޭފުޅު ލެއްވެވުނުއިރުވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 139 އަށް އަރާފައިވާ ކަމަށާއި އެހެންކަމުން މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އަށްވުރެ މަތިވާނެ ކަމަށެވެ. 

އެޗްޕީއޭއިން މިރޭ ޢާންމުކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 145 މީހުންނެވެ. އަދި އެ އަދަދުން އެނގެނީ ނަސީމް ހޭފުޅުލެއްވެވި ފަހުން މިއަދު ޕޮޒިޓިވްވީ 6 މީހުންކަމެވެ. 

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވެފައިވާތީ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ. ނަސީމް މިމޭރުމުން ވިދާޅުވެފައިވާއިއރު މާލެ ސަރަހައްދުގައި އަޅަންޖެހޭ މުހިންމު ބައެއް ފިޔަވަޅުތައް އެޅުން މިހާރުވެސް ލަސްވެފައިވާކަން ގިނަ ބައަކު ފާހަގަ ކުރެއެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައިވެސް މަޤްބޫލު ސަބަބެއް ނެތި ބޭރުގައި އުޅުން ހުއްޓުވުން ފަދަ ކަންކަމަކީ މިހާރުވެސް ކުރުން ލަސްވެފައިވާ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. 

ކޮންމެވެސް މިސްކިތެއްގައި މާސްކް ނާޅާކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިސްކިތްތަކަށް ދާ ގިނަ ބައަކު މާސްކް އަޅައެވެ. ނާޅަނީ މަދު މީހެކެވެ. ހަމައެއާއިއެކު ގައިކައިރިކޮށްގެން ނަމާދުކުރާތީ ނަސީމް ކަންބޮޑުވުން ފައުޅުކުރައްވާފައިވާއިރު އެއީވެސް އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. 

މިސްކިތްތައް ހުޅުވީންސުރެ ގައިކައިރިކޮށް ނަމާދުކުރާ އެތައް ސަތޭކަ ބައަކަށް މިއަދާއި ހަމައަށް ކޮރޯނާ ޖެހިފައިނުވާއިރު ކޮރޯނާ ޖެހުނު މީހުންގެ ތެރޭގައި ގައިކައިރިކޮށް ނަމާދުކުރާ ކިތައް މީހުން ނުވަތަ އެކަކުވެސް ހިމެނޭކަން މިނިސްޓަރަށް ހާމަކުރެވިފައިނެތުމުންނެވެ. 

"އަޅުގނޑުމެންނަކީ މިސްކިތްތައް ހުޅުވީންސުރެ ގައި ކައިރިކޮށް ނަމާދުކުރާ މީހުން. މިނިސްޓަރު ބޭނުންފުޅުނަމަ އަޅުގަނޑުމެން މިތިބީ އެމަނިކުފާނާ ބައްދަލުކުރަން ތައްޔާރަށް" ކަމަށް އެތައް ސަތޭކަ ބައަކު ދަނީ ބުނަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް