އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަވާޖީ ޙަޔާތުގަ ބޭވަފާތެރިވެ ޚިޔާނާތްތެރިވުމުން އެ އުވައިލެވެނީ ﷲ ގެ ނަންފުޅުގައިވީ އަހުދެއް! ބައްލަވައިވޮޑިގެންވާނެ! ހިތިރަހަވެސް ލާނެ!

ޒަވާޖީ ޙަޔާތުގަ ބޭވަފާތެރިވެ ޚިޔާނާތްތެރިވުމުން އެ އުވައިލެވެނީ ﷲ ގެ ނަންފުޅުގައިވީ އަހުދެއް! ބައްލަވައިވޮޑިގެންވާނެ! ހިތިރަހަވެސް ލާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައެއްގެ ޙާލާއިމެދު ލަދުވެތިވާންޖެހެއެވެ. އެއީ ކަންކަމުގައި ގުޅާ މީހުންގެ ތެރެއިން ދީނުގެ ކަންކަން އޮޅުންފިލުވަން ގުޅަނީ ވަރަށް މަދު މީހެކެވެ. ގިނަ ބައަކު ގުޅަނީ ކޮންމެވެސް މައްސަލައެއް ދިމާވެގެންނެވެ. ކޮންމެވެސް މީހެއްގެ ކިބައިން އަނިޔާ ލިބޭތީއެވެ. ހިތްދަތިކަން ލިބޭތީއެވެ. ފިރިމީހާ ނުވަތަ އަނބިމީހާ ބޭވަފާތެރިވެގެންނެވެ. ހިތްދަތިކުރުވާތީ ކެތްނުކުރެވިގެންނެވެ. 

މިހުރިހާ މައްސަލަތަކަށްވެސް އޮތީ ހަމަ އެންމެ  ޙައްލެކެވެ. އެއީ ތަޤްވާވެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ ތަޤްވާވެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. ވީމާ މައްސަލަތަކުން އަރައިގެނެވުން އޮތީ ތަޤްވާވެރިވީ މިންވަރަކުންނެވެ. ތަޤްވާވެރިވެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. 

ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވާއިރުވެސް ވިސްނައިލާށެވެ! ތިމާ މިކުރާ ޢަމަލު ބައިވެރިޔާއަށް ސިއްރު ކުރެވިދާނެއެވެ! ނަމަވެސް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. އަދި ފަޅައިނާރައި ބޭޒާރުނުވެވެސް ނުދާނެއެވެ. ކުރި ކުށާއި ކުރިމަތިލާން ނުޖެހިއެއްވެސް ނުދާނެއެވެ! 

ކައިވެނި ކުރެވެނީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެންނެވެ. އެކަކު އަނެކަކަށް ތެދުވެރިވެ ރިވެތި ގޮތުގައި ދިރިއުޅުން ބިނާކުރަން ވައުދުވަނީ ﷲ ތަޢާލާގެ ނަންފުޅުގައެވެ. އެކަންކަމަށް ވަޢުދުވަނީ ﷲ ތަޢާލާ ހެކިވެވޮޑިގެންވާ ޙާލުގައެވެ. ވީމާ އެކަންކަން ހަމަ ތިމާ ބޭނުންވުމުން އުވައިލުމަކީ އެކަމަށް ޖަވާބުދާރީވާންޖެހޭނެކަމެކެވެ. 

ރީތި މީހުން ފެންނާނެއެވެ. ރީތި، ހިތްހަމަޖެހޭ މީހަކު ފެންނައިރަށް އެމީހަކާއި ކައިވެނިކުރަން ބޭނުންވާނަމަ އެމީހަކަށް ދުވަހަކުވެސް އިނދެވަރިކުރުމުން ނުވަތަ ވަރިވުމުން ސަލާމަތްވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ވީމާ ބައިވެރިޔާ ބަދަލުކުރުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކުރާ ކަމަކަށް ނުހަދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް