އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅަށް އެޗްޕީއޭގެ ޖަވާބަކީ ކޮބައިތޯ؟

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅަށް އެޗްޕީއޭގެ ޖަވާބަކީ ކޮބައިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

"މާސްކު އެޅުމާއެކު މިސްކިތުގެ ސަފުތައް ކައިރީގައި ތިބެ ހަދަމުން ދަނިކޮށް ކޭސްތައް 16 ނޫނީ 17 އަށް ދަށްވީވެސް! މިއީ ނިއުއިޔާ އާއި ގުޅިގެން އެޗްޕީއޭ އަށް ނިންމުނު ގޯސްނިންމުން ތަކެއްގެ ނަތީޖާކަމަށް އެއްބައަކު ބުނޭ! އަދި މިސްކިތާގުޅުމެއް ނެތްކަމަށްވެސް ބުނޭ!" 

- ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ނިޔުއިޔަ އާއި ގުޅުވައިގެން ދުބާއީގައި ބޭއްވި ސޭލްއަކަށް ދިއަ ގިނަ ބައަކު ކަރަންޓީނު ނުކޮށް ދޫކޮށްލިކަމުގެ ތުހުމަތުވެސް ގިނަބައަކު ކުރެއެވެ. 

މީގެ އިތުރުން ކޮރޯނާ އާއި ގުޅިގެން ކުރި ލޮކްޑައުނަށްފަހު މިސްކިތްތައް ހުޅުވީންސުރެ މިއަދާއި ހަމައަށް ގައި ކައިރިކޮށް ސުންނަތާއި އެއްގޮތަށް ނަމާދުކުރާ އެއްވެސް މީހަކަށް ކޮވިޑްބަލި ޖެހުނުކަން އެނގިފައި ނުވާކަމަށް ގިނަބައަކު ބުނެއެވެ. އެނގޭ ކަމަކީ ފުރަތަމަ ކޮޅުގައި 2، 3 މިސްކިތެއް ޑިސްއިންފެކްޓްކުރި ފަހުން މިސްކިތެއް ބަންދުކޮށް ޑިސްއިންފެކްޓް ކޮށްފައި ނުވާކަމެވެ. 

މިކަންކަމަށް އެޗްޕީއޭއިން ދޭ ޖަވާބަކީ ކޮބައިތޯއެވެ؟ މިސްކިތުގެ ޖަމާޢަތުގައި ނަމާދުކޮށްގެން މިހައިތަނަށް ކިތައް މީހުން ޕޮޒިޓިވްވެއްޖެތޯއެވެ؟ މި ސުވާލުތައް ކުރުމުން ބައަކު ޕޮޒިޓިވްވެއްޖެ ކަމަށް ނުބުނާނެކަމެއް ނުއެނގެއެވެ. މިސްކިތްތަކަކީ ބިރުވެރިތަނެއް ކަމަށް ދައްކަން ނުކުރާނީ ކޮންކަމެއްކަމާއިމެދު މިހާރު ސުވާލު އުފެދިފައިވާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް