އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަހަރެމެންނާ ހަމައަށް އާދެވެނީ އިންޑިއާ މަސްވެރިންގެ ދަލުގަ ނުޖެހި ސަލާމަތްވެވުނު މަހަކަށް! ސީދާ އަހަރެމެން ދިވެހި މަސްވެރިންގެ ލޭ އެބޮނީ!"

"އަހަރެމެންނާ ހަމައަށް އާދެވެނީ އިންޑިއާ މަސްވެރިންގެ ދަލުގަ ނުޖެހި ސަލާމަތްވެވުނު މަހަކަށް! ސީދާ އަހަރެމެން ދިވެހި މަސްވެރިންގެ ލޭ އެބޮނީ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރާއްޖޭގެ މަސްވެރިން މިހާރަށްވުރެ ގިނައިން ކަނުއަލާ ދުވަސްވަރެއް ފެނިފައިނުވާކަމަށް ބައެއް މަސްވެރިން ބުނެއެވެ. އެމީހުން ބުނަނީ ރާއްޖޭގެ މަސްކަނޑުގެ މައްޗަށް އެއްވެސް ބާރެއް ދިވެހި މަސްވެރިންނަށް ނެތްކަމަށާއި އިންޑިއާ މަސްވެރިން އެގެންދަނީ ބޭނުން ވަރަކަށް ދައު އަޅައި ކަނޑުތައް ކަހަމުން ކަމަށެވެ. 

"އެމީހުން ދައު އެއަޅަނީ ރާއްޖޭގެ ސަރަހައްދުގަ. ރާއްޖޭގަ އިމުގަ. އަހަރެމެން މަސްވެރިންނާއި ހަމައަށް މަސްކޮޅު އައުމުގެ ކުރިން އެބަ ދަލުން ކަހައިލާ! ދެން ކޮން މަސްވެރިކަމެއް ކުރެވޭނީ! ރާއްޖޭގެ މަސްކަނޑު އިންޑިއާއަށް ވިއްކައިލީކަމެއް، ހަދިޔާކުރީކަމެއް ނޫނީ ވެދުމަށް އެރުވީކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ! އެނގޭ ކަމަކީ މަސްތަކަށް މިހާރު ރާއްޖޭގެ ސަރަހައްދަށް މިވަދެވެނީ އިންޑިއާ މީހުން އަޅާ ދަލުގަ ނުޖެހި ސަލާމަތްވެވުނިއްޔާކަން!" މިއީ މަސްވެރިންގެ ޝިޢޫރުތަކެވެ. 

"ބޭބެމެން ކުޑައިރު ކުޅިވަރެއް ކުޅެން. ފުލުސް ގޮސް ވަގު އަތުލާނެ. އަތުލާފަ ދޫކޮށްލާނެ. އަނެއްކާވެސް އަތުލާނެ ! އަތުލާފަ ހަމަ ދޫކޮށްލާނެ! ދެން މިހާރު މިވާ ގޮތަކީ މަސްވެރިންނަށް ފެނިގެން ގުޅައި އުނދަގޫކުރަން ފެށީމާ ކޯސްޓްގާޑު ނުކުމެ އިންޑިއާ ބޯޓު އަތުލާނެ! އިރުކޮޅަކުން އަތުލާނެ. ބޭބެމެން ކުޑައިރު ކުޅުނު ވަގު ފުލުސް ހަމަ މިކުރަނީ ހިފާނެ ދޫކުރާނެ!"

މަސްވެރިން ބުނަނީ ފައުޅުގައި މިހައި ބޮޑަށް ރައްޖޭގެ މަސްކަނޑުތައް ބޭރު ޤައުމަކަށް ދޫކޮށްލެވިފައި އޮތް އެއްވެސް ޒަމާނެއް ނުދެކެ ކަމަށެވެ. ފުލުހުން ބުނަނީ ވަގަށް ވަދެމަސްވެރިކަންކުރާ އިންޑިއާ ބޯޓުފަހަރު އަތުލައިގަނެ މައުލޫމާތު ނަގައި ދޫކުރަމުން ގެންދާ ކަމަށެވެ. 

ވީމާ އިންޑިއާ މަސްވެރިންނަށް އޮތީ ދިވެހި ފުލުހުން މައުލޫމާތު ނެގީތީ ބިރުން ހުން އައިސްގެން މަރުވުން ކަމެއް، އިތުރު ހިތްވަރުލިބިގެން އައިސް ކުރިއަށްވުރެ ބޮޑެތި ދައުތައް އެޅުންކަން އިޚްތިޔާތރުކުރުމުގެ ބާރުވެސް އޮތީ ހަމަ އިންޑިއާ މަސްވެރިންނަށެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް