އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ބަންގާޅީން ގިނަވުމަށްވުރެ ބޮޑު ޤައުމީ ނުރައްކަލެއް ނެތް!

ރާއްޖޭގަ ބަންގާޅީން ގިނަވުމަށްވުރެ ބޮޑު ޤައުމީ ނުރައްކަލެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ރާއްޖޭގައި ވަގަށާއި އަގަށް އުޅޭ ބަންގާޅީންތަކުގެ އަދަދު ގިނަވުމަށްވުރެ ބޮޑު ޤައުމީ ނުރައްކަލެއް ނެތެވެ. އެކަން ފުލުހުންގެ ކްރައިމް ރެކޯޑްތަކުން އެހެރީ ހާމަވާށެވެ. ވަގަށް އުޅުމަކީ ވިސާ ނެތި އުޅުމެވެ. އަގަށް އުޅުމަކީ މަކަރަކުން ނަމަވެސް ވިސާ ފައިސާ ދައްކައިގެން އުޅުމެވެ.

އިއްސެ މަރާލި ހާދިސާއިންވެސް އެނގިގެން ދަނީ ބަންގާޅީންގެ އަމަލުތައް ނުރައްކާވެފައިވާ މިންވަރެވެ. މީހުން މަރާ ބަންގާޅީން އިތުރުވަމުން އަންނަ މިންވަރެވެ. އަދި މީހުން މެރުން ފަދަ ކަންކަމުގައި ވާގިވެރިވާނެ އެސިސްޓެންޓް މުޖުރިމުންތައްވެސް އެހައިމެ ގިނަ ކަމެވެ.


ފައިސާގެ ބޭނުމުގައި އެމީހުން އެމީހުން މަރަނީ އެވެ. ދިވެހިން މަރަނީ އެވެ. އެވަރަކުން އަދި ފުދުނީއެއް ނޫނެވެ. ހަށިވިއްކުވައެވެ. މަސްތުވާތަކެތި ވިއްކުވައެވެ. ވައްކަން ކުރެއެވެ. އަންހެންކުދިންގެ އިއްފަތަށް އަރައިގަނެ މަރައެވެ. ދިވެހިންނަށް ޖުވާ ކުޅެން ދަސްކޮށްދޭން ހެޓަކަށް މަސައްކަތްކުރަނީއެވެ. އަދި ކުޑަކުދިން "ފެޅުމުގައި" އެންމެ ކުރީގައެވެ.

މިޖުތަމައުގައި ބަންގާޅީންގެ ސަބަބުން މިހުރިހާ މައްސަލަތަކެއް ފުނިޖެހިފައިފައިހުރިއިރު ހަމަ އެކަނި ޤަވާއިދާއި ޚިލާފަށް ވަގަށް ރާއްޖޭގައި ތިބި ބަންގާޅީންނާއިމެދު ފިޔަވަޅު އަޅަން ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ޖޯން ކިޔާ އެމެރިކާ މީހެއްގެ ޕާސްޕޯޓް ވަގަށް ނަގާއިރަށް އޭނާ ހުރީ ޤަވާއިދާއި ޚިލާފަށްކަން އެނގިގެން ހައްޔަރުކުރެވެއެވެ. އެތައް ހާސް ބަންގާޅީން ޤަވާއިދާއި ޚިލާފަށް އުޅޭއިރު ވެސް ހަމަ ކުރެވޭ އެއްކަމެއް ވެސް އޮތް ކަމަކަށް ނުވެއެވެ. ހަމަ ގައިމުވެސް ސޭލް އަޅުވައިގެން ވިކެން ކޮންމެ ދުވަހަކު މަގުމަތީގައި ތިބޭ ބަންގާޅީންގެ އަދަދު ހަމައެންމެ ތަންކޮޅެއްވެސް މަދެއް ނުވެއެވެ.

މިކަމުން އެނގެނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބަންގާޅީން އަތުލުމުގެ ނަމުގައި ކުޅެނީ ޑްރާމާއެއްކަމެވެ. ރާއްޖެއިން 10 މީހުން ފޮނުވިއްޔާ 20 މީހުން އެތެރެވުމުގެ ފުރުޞަތު ދެވެމުންދާ ކަމެވެ. އެހެން ނޫންނަމަ އެތައް އަހަރެއްވާއިރު ކޮންމެވެސް ވަރެއް މަގުމަތިންވާނެއެވެ. އޮޅުވައިލަން ކިތަންމެ ފަށުވި އިބާރާތުން ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް ހަޤީޤަތަކީ މިއީ ނޫންތޯއެވެ!

ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީންތައް މަދުކުރުމުގެ ވާހަކަ ތަންކޮޅެއް ބާރަށް ދައްކަން ފަށާއިރަށް 2 ސްކޯލާޝިޕާ ލޭންޑްރޯވަރެއް ދިނީމަ ދެން މިވާގޮތެއް އޮންނަނީ ނުއެނގިފައެވެ.

ކޮންމެއަކަސް އެންމެންނަށްވެސް މިއަދު އެނގޭ ކަމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތަކީ މަސްތުވާ ތަކެއްޗާއި ބަންގާޅީންކަމެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެއް ޤައުމެއްގެ ބައަކު މާގިނަވަމުން އަންނަ ނަމަ އެކަން ކޮންޓްރޯލުކުރެއެވެ. އެއީ މިބާވަތުގެ މައްސަލަތަށް އިތުރުވެ ޤައުމީ ސަލާމަތަށް ނުރައްކާވާތީއެވެ. ރާއްޖެއިން މިފަދަ ވިސްނުމެއް ގެންގުޅޭކަން އަމަލުން އަދި ފެނިފައެއް ނުވެއެވެ.

ހައްތާވެސް މަތިމައްޗަށް ފުނިޖެހެމުން މިދަނީ ބަންގާޅީންނެވެ. އެހެންކަމުން ރާއްޖެ އަދިވެސް މިދަނީ އަނދިރިކަމުގެ ތެރޭގައި ޣަރަޤުވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް