އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު ލޯބި ފަނޑުވެ، ގެއްލެނީ ކީއްވެ؟

ކައިވެންޏަށްފަހު ލޯބި ފަނޑުވެ، ގެއްލެނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ކައިވެންޏެއްގެ ކުރީކޮޅު ދެމަފިރިންގެ ދެމެދުގައިވެސް ލޯބި ވަރަށް ބޮޑަށް ދެމިހުރެއެވެ. ކޮންމެ ވަގުތަކުވެސް ވިސްނޭނީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި ދޭތެރޭއެވެ.

އެކުވެރިން ގުޅިއަސް، ގިނަ ފަހަރަށް އެމީހުންގެ ކޯލުތަކަށް ޖަވާބުވެސް ނުދެވެއެވެ. މިސާލަކަށް ކޯލަށް ޖަވާބު ދެވުން ކަމުގައި ވިޔަސް، އެމީހުންނާއި ބައްދަލު ކުރަން ދާ ހިތެއް ނުވެއެވެ. ކީއްވެހެވެ؟ އެއީ ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވާތީ، އަނބިމީހާ ނުވަތަ ފިރިމީހާ އާއި ވަކިން އެއްވެސް ތާކަށް ދާން ބޭނުން ނުވަނީއެވެ. ކުރާ ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ ތިމާގެ ޙަޔާތުގެ ބައިވެރިޔާއާއި އެކުއެވެ. އެހެން ގޮސް ކައިވެންޏަށް ހަމަސް ހަތް މަސް ވެގެން ދާއިރު، ތިމާގެ ބައިވެރިޔާ ނޫން އެހެން މީހަކަށް ތިމާ ގިނައިން ނުފެންނާނެއެވެ.

ނަމަވެސް ކައިވެންޏަށް ގިނަ ދުވަސްތަކެއް ވުމަށްފަހު، މިހުރިހާ ކަމެއް ބަދަލުވެގެން ދެއެވެ. އެހެން ކަންތައްތަކާއި ޒިންމާތަކުގެ ސަބަބުންވެސް، ކައިވެނީގެ ކުރީކޮޅު އުފެދުނު ޖޯޝާއި ފޯރި ފަނޑުވާން ފަށައެވެ. އޭގެ ތެރޭގައި ދަރިންގެ ޒިންމާއާއި ވަޒީފާގެ ޒިންމާވެސް ހިމެނެއެވެ. އެހެންކަމުން "ލޯބީ، ދޫނީ، ނުވަތަ ބޭބީ" ކިޔައިގެން އުޅެވޭ ދުވަސްތައް މަދުވާން ފަށައެވެ. ޙަޤީޤަތުގައި އެފަދަ ކަންތައްތަކަށާއި ތިމާގެ ބައިވެރިޔާއަށް ވެސް ދެވޭ އަޙައްމިއްޔަތުކަން ކުޑަވާން ފަށައެވެ. ޒިންމާތައް މާގިނަވުމުގެ ސަބަބުން ކައިވެނީގެ ފޮނިކަން ދެމެހެއްޓޭނެ ގޮތްތަކެއް ނުވިސްނެއެވެ.

އުމަރް ރަޟިޢަﷲ ޢަންޙު ގެ އަރިހަށް ފިރިހެނަކު ގޮސް ވިދާޅުވިއެވެ. "އަހަރެންގެ އަނބިމީހާ ވަރި ކުރަން ބޭނުމެވެ". އުމަރުގެފާ އެއްސެވިއެވެ. "އެއީ ކީއްވެ ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެންގެ އަނބިމީހާ ދެކެ އަހަރެން މިހާރު ލޯތްބެއް ނުވެއެވެ. އަހަންނަށް މިހާރު އޭނާ ރީއްޗެއް ވެސް ނޫނެވެ." އުމަރުގެފާނު އެއްސެވެ. "ކަލޭގެ އަނބިމީހާއަށް ކަލޭ ދޭން ޖެހޭ އިޚްތިރާމާއި ޤަދަރު ކޮބާ ހެއްޔެވެ؟ އޭނާ ކަލޭގެ ދަރިން ނުބަލާ ހެއްޔެވެ؟ މިހުރިހާ ދުވަހު ކަލޭގެ ކަންތައްތައް ނުބަލަހައްޓާ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އަހަރުމެން ފިރިހެނުންގެ ކަންތަކަކީވެސް ފަސޭޙައިން ބެލެހެއްޓޭނެ ކަންތައްތަކެއް ނޫނެވެ. އަހަރުމެންގެ ކަންތައްތައް އުނދަގޫ ނަމަވެސް އަހަރުމެންގެ އަނބިން އެކަންތައްތައް އަހަރުމެންނަށް ފުރިހަމަ ކޮށްދެއެވެ. އެހެން އުޅުމުގެ ތެރޭގައި އެކަނބަލުންނަށް ވެސް އެއްޗެކޭ ބުނެވުން ކަމުގައި ވިޔަސް، އެކަނބަލުން އަހަރުމެންނާއިއެކު އުޅެއެވެ. އެވަރަށް އެކަނބަލުން އުޅޭއިރުވެސް އަހަރުމެން ފަހުން މިބުނަނީ އެކަނބަލުން ކުރިން ހުރި ގޮތަށް މިހާރު ނެތޭއެވެ."

މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން ކަންތައްވާ ގޮތެކެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ވެސް ބަދަލުވެއްޖެ ކަމަށް ހީކޮށް، އެއީ ތިމާ ބޭނުންވި ކަހަލަ މީހެއް ކަމަށް ނިންމަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް އުޅުމަށްފަހު ވެސް އެކީގައި އެއުޅުނު ދުވަސްތަކުގެ އެއްވެސް މާނައެއް ނެތް ގޮތަށެވެ.

އަދި ގިނަ ފަހަރަށް މިފަދަ ޙިޔާލުތަކެއް ހުންނައިރު، އެހެން މީހެއް ފެނިގެން އެމީހަކަށް ހިތް ކިޔަން ފަށައެވެ. ގިނަ ކައިވެނި ރޫޅުމުގެ އަސްލަކަށް މިކަންވެސް ވެފައިވެއެވެ. ނަމަވެސް އީމާންތެރިކަން ހުންނަ ރަނގަޅު އަޅުން، އެމީހުންގެ ލޯމައްޗަށް އެހެން ރީތި ނުވަތަ "ހިތްކިޔާ" މީޙުން ފެނުން ކަމުގައި ވިޔަސް އަމިއްލަ ހަވާނަފްސު ކޮންޓްރޯލް ކޮށް ތިމާގެ ބައިވެރިޔާއާއި މެދު އިންސާފަށް ކަންތައް ކުރާނެއެވެ. އިސްލާމް ދީނުގައި ހަތަރު އަނބިން ވެސް ހުއްދަ ކުރައްވާފައިވަނީ ރިވެތި އުސޫލުތަކެއްގެ މަތިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ