އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް އިބްރާހީމްގެ ޝަރީއަތް މާދަމާ 11:00 އަށް ތާވަލުކޮށްފި

ޤާސިމް އިބްރާހީމްގެ ޝަރީއަތް މާދަމާ 11:00 އަށް ތާވަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް މާދަމާ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މާދަމާގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ދެފަރާތުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމެވެ.

ޤާސިމް އިބްރާހީމްގެ ޝަރީއަތުގެ އަޑުއެހުންތައް މެދުކަނޑުނީ އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުންނެވެ. އެޑްމިޓްކޮށްފައި ވަނިކޮށް ވެސް ދެ ފަހަރެއްގެ މަތީން ޝަރީއަތް ބާއްވަން ވަނީ ކޯޓުގައި ތާވަލުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމްގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތަށް އެއްވެސް ފަރާތަކުން ބާރާއި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެއީ ރައިސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް ޝަރީއަތަކަށް ބާރު ފޯރުވުމުގެ އެއްވެސް ހައްޤެއް ލިބިގެން ނުވާ ކަމަށެވެ.

ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޕޯޑިއަމުގައި ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅު ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގޭ ކަމަށެވެ.
އެހެންކަމުން އެވާހަކަފުޅުތަކާއި ގުޅިގެން އެއްވެސް އަދަބެއް ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގަންނަވާނެ ކަމަށް ޤަބޫލުފުލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ޔަޤީންކުރަނީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކަންކަން ނިންމަވާނީ ހަމަ ވަރަށް އިންސާފުވެރިކަމާއިއެކުގައި" ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







މަރިޔަން 2017-08-23 10:53:04

އަނެއްކާ އެފަކީރު އެދުމަތި ކުރަން ވީ . ހަހަހަހަހަހަހަަ<br />

ޙަފްޞާ / މާލެ 2017-08-23 12:56:34

މިއޮއް ބަލިމީހާ , ފުރާނަ ދަމަދަމާއޮއްވާތަ އެ ކޯޓަށްދާން ކީ? ހީކުރަނީތޯއްޗެއް ދެން ތިބީ މޯލުންކަމަށް!


އަބްދުއްލަތީފް