އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާކިން ސްޓޭޓް ފަޅުކޮށް ފުނޑާލަމުން އެދަނީ އެތަނުގައި އިސްލާމްދީން މަތިވެރިކުރުން ހުއްޓުވަން: ޝައިޚް މަންޞޫރު

ރާކިން ސްޓޭޓް ފަޅުކޮށް ފުނޑާލަމުން އެދަނީ އެތަނުގައި އިސްލާމްދީން މަތިވެރިކުރުން ހުއްޓުވަން: ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރާކިން ސްޓޭޓުން މުސްލިމުން ފައްސައި ހުސްކޮށް އެތަން ފަޅުކޮށް ފުނޑާލަމުން އެގެންދަނީ އެތަނުގައި އިސްލާމް ދީން މަތިވެރިކޮށް ކުރިއަރުވާތީ އެކަން ހުއްޓުވަން ކަމަށް އައްޝައިޚް މުޙައްމަދު މަންބޫރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲގައި ދަރުސް ދެއްވަމުން ޝައިޚް މަންޞޫރު ވިދާޅުވީ އިސްލާމް ދީނުގެ ނޫރު މިހާރުގެ ރާކިން ސްޓޭޓް. އެއިރުގެ އަރުކާން އަށް އައީ 12 ވަނަ ޤަރުނާއި 13 ވަނަ ޤަރުނުގައި އިސްލާމީ ކަރަތަކުން ކަމަށާއި ރައްޔިތުން އިސްލާމް ދީން އިޚްތިޔާރުކުރީ އިސްލާމް ދީނުގެ މަތިވެރިކަން އެނގިގެން ކަމަށެވެ. އެއްވެސް މަޖުބޫރުކުރުމެއް ނެތި ކަމަށެވެ. އެމީހުން އިސްލާމް ވުމަށްފަހު މިސްކިތްތައް ބިނާކުރެވި ކުރިބޯށިތައް އުފުލެމުން އައީ ހައިރާން ކުރަންޖެހުނު މިންވަރަށް ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އިސްލާމީ 48 ރަސްކަލުން އެތަނުގައި ރަސްކަން ކުރެއްވި ކަމަށާއި އެއަށްފަހު ހަރުކަށި ބުދިސްޓުންގެ ބައަކު އެތަނަށް އަރައިގަނެ އިސްލާމުންނާއި އެއިރު އެތަނުގައި ތިބި ބުދިސްޓުންވެސް މަރައި ހަރުކަށި ބުދިސްޓުންގެ ބާރުގެދަށަށް ގެންދިއައީ ކަމަށެވެ. އެއަށްފަހު މުސްލިމުންނަށް ދަތިކޮށް އަނިޔާކޮށް ނިކަމެތިކުރަމުން ގެންގޮސް މިއަދުގެ ހާލަތަށް ތަން ވައްޓައިލީ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ދުނިޔޭގެ ޗާޓަށް ބަލައިފިނަމަ މިޔަންމާ އުފެދުނީ މިހާރުގެ ރާކިން ސްޓޭޓާއި ބަރުމާއެއްކޮށްލައިގެން ކަމަށެވެ. އެކަމަށް އެންމެ ބޮޑަށް ބާރުދީ، ހަތިޔާރުދީ ވާގިވެރިވި ބައަކީ އެއިރު ބަރުމާ ހިސޯރުކޮށްގެން ތިބި އިނގިރޭސީން ކަމަށެވެ. އަދި ބައެއް އެހެން ޤައުމުތަކުންވެސް އެކަމަށް ވާގިވެރިވެ އެހީތެރިވެދިން ކަމަށެވެ.

ޝައިޚް މަންޞުރު ވިދާޅުވީ ރަކިން ސްޓޭޓްގެ މުސްލިމުން ނިކަމެތިކުރުމަށްޓަކައި އެމީހުން ތައުލީމުން މަހްރޫމް ކުރުވި ކަމަށެވެ. އިޤްޠިޞާދީ މަސައްކަތްތައް ނުކުރެވޭނެ ހުރިހާ ގޮތްތަކެއް ހެދިކަމަށެވެ. ވަޒީފާ ލިބުމުން މަޙްރޫމް ކުރިވި ކަމަށެވެ. ނިކަމެތިކުރަން ކުރެވެން އޮތް ހުރިހާ ކަމެއް އަންނަނީ ކުރަމުން ކަމަށެވެ.

ޝައިޚް މަންބޫރު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ޤައުމީ ނިޞްބަތް ވަނީ ނައްތާލާފައި ކަމަށެވެ. އަދި ކޮންމެ ގޮތަކަށް އެކަންކުރި ނަމަވެސް އެމީހުން ނިޞްބަތްވާ ރާކިން ސްޓޭޓަކީ މިޔަންމާގެ ބައެއްގެ ގޮތުގައި އޮތްނަމަ އެމީހުންގެ ޤައުމީ ނިޞްބަތަކަށް ވާނީ ހަމަ މިޔަންމާ ކަމަށެވެ. އެމީހުންނަކީ މިޔަންމާގެ ރައްޔިތުން ނޫން ކަމަށް ނުހެދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް