އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ލުނބޯކިބައެއް ފެލާހެން ފެލާލަން" ޤާސިމާއި ވިލާ އާއި މެދު އަމަލުކުރަން ސަރުކާރުން އުޅޭކަން އަދުރޭ ހާމަކޮށްދީފި

"ލުނބޯކިބައެއް ފެލާހެން ފެލާލަން" ޤާސިމާއި ވިލާ އާއި މެދު އަމަލުކުރަން ސަރުކާރުން އުޅޭކަން އަދުރޭ ހާމަކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 35 ސިކުންތު

ތިމަންނައަށް ބާރު ލިބުމުން "ލުނބޯ ކިބައަކުން ހުތް ފެލާހެން" ޤާސިމް އިބްރާހީމް އާއި ވިލާގެ ވިޔަފާރި ފެލައިލާނެކަމަށް މީހަކު ބުނިކަމާއި އެއީ ކާކު ބުނިބަހެއްކަން ނުދަންނަ މީހަކު ރާއްޖޭގައި ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މުސްކުޅި ބަހުރުވައިންނަމަ ތަންމަތިން އުދުހިފައިވާ ކާޅަށްވެސް އެކަން އެނގެއެވެ.

ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވަނީ އެކަމުގެ ހަޤީޤަތް ވަރަށް ރީތިކޮށް ސާބިތުކޮށްދީފައެވެ. ސަރުކާރުން ވިލާޝިޕިންގގެ ކުންފުނިތަކުން އުފަން ނުވާ އަދި ވުޖޫދުގައިވެސް ނެތް ޓެކްސްތަކަކާއި ކުލިތައް އަތުލަން ކުރާ މަސައްކަތުގެ ހަޤީޤަތް އަދުރޭ ވަނީ ހާމަކޮށްދީފައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައި ރާއްޖޭގެ ފަޅުރަށްތަކެއް މަސްވެރިކަމާއި ވިޔަފާރިއާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރިއެވެ. އދ އެއްލައިދޫ އާއި މާފަހި ފަދަ ރަށްތައް ދޫކުރީ އެދުވަސްވަރުއެވެ. ލ. ބަރެސްދޫ އަކީ ވެސް އެދުވަސްވަރު އެގޮތުން ވިލާއަށް ދޫކުރި ރަށެކެވެ.

އެރަށުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވެގެން ދިއައީ އެރަށަށް ވަންނާނެ ނެރެއް ކެނޑުމަށާއި އުޅަނދުފަހަރު ކައިރިކުރާނެ ބަނދަރު ހެދުމުގެ ހުއްދަ ހޯދަން ހުށަހަޅަންޖެހޭ އީއައިއޭ ހަދައި ރިޕޯޓް ހުށަހެޅުމުން 11 އަހަރުވީއިރުވެސް ސަރުކާރުން ހުއްދަތައް ނުދީ ހިފެހެއްޓުމުންނެވެ. ރަށް ދޫކޮށްފައިވަނީ 20 އަހަރަށް ކަމަށްވުމުން ކުރަންޖެހޭ ބޮޑު ޚަރަދާއި ބާކީ އޮތް މުއްދަތު ނުބައްދަލު ވުމުންނެވެ. ހުއްދަ ނުދީ ހިފެހެއްޓި 11 އަހަރު ކުލީގެ ގޮތުގައި އަހަރަކު ދެއްކި 300000 ރުފިޔާ އަނބުރައި ނުދިން ނަމަވެސް އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން އެކަން ކޮށްނުދީ ރަށްވަނީ މުއަދަތު ހަމަވުމުން އަތުލައިފައެވެ. ނެރު ކެނޑުމާއި ބަނދަރު ހެދުމަކީ ރަށް ދޫކުރި އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ކަމަށްވާއިރުވެސް މެއެވެ. ނަމަވެސް އެ މުއްދަތުގައާއި އެރަށް މިސަރުކާރުން އަތުލުމާއި ހަމައަށް ރަށަށް ދައްކަންޖެހުނު ކުލި އައީ ބަރާބަރަށް ދައުލަތަށް ދައްކަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް އަދުރޭ މިއަދު ބުނީ ބަރެސްދޫގެ ވެސް ލޭންޑް ރެންޓާއި ޓެކްސް ނުދައްކާ ކަމަށެވެ. އަދި އެރަށަކީ ޤާސިމް އިބްރާހީމް ރާއްޖޭގެ މާލީ ވަޒީރަކަށް ހުންނަވައިގެން ނެންގެވި ރަށެއް ކަމަށެވެ. މިއީ ކަނޑައެޅިގެން އެނގިހުރެ އޮޅުވާލަން ހަދާފައިވާ ބޮޑެތި ދޮގުތަކެކެވެ.

މިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދަނީ ވިލާ ޝިޕިންގ އާއި އަދި ޤާސިމް އިބަރާހީމް އާއި ދޭތެރޭ ސަރުކާރުން ދައްކަމުން ގެންދަނީ އެއްވެސް އަޞްލެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމެވެ. ވުޖޫދަށް އުފަންނުވާ ކުލިތަކާއި ޓެކްސްތައް ދައްކަން މަޖުބޫރުކުރުވަމުން ގެންދަނީ މިފަދަ އުޞޫލުތަކުން ކަމެވެ.

އަދުރޭ އަކީ ލ. އަތޮޅަށް ނިޞްބަތްވާ މީހަކަށްވެ ހުރެ މިކަންކަމުގެ ހަޤީޤަތް ވަރަށް ރަނގަޅަށް އެނގިހުރެމެ މިފަދަ ބޮޑެތި ދޮގުތައް ފައުޅުގައި ހެދުމުން ދެން އޭނާ އާއި ސަރުކާރުން ދައްކާވާހަކައިގައި މިން އެޅުމަކީ ރައްޔިތުންގެ ކަމެކެވެ. ސަރުކާރުން ކުރަމުން ގެންދަނީ ކަނޑައެޅިގެން އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތަކެއްކަން އަދުރޭގެ ވާހަކައިން މިވަނީ އިތުރަށް ސާބިތުވެ ޔަޤީން ކުރެވިފައެވެ.

ލ. ފޮނަދޫއަކީ ވެސް އަދި ރާއްޖޭގެ ހުރިހާ ރަށަކީ ވެސް މަދުން ނާއި ގިނައިން ޤާސިމް އިބްރާހީމް ވަޑައިގެން އުޅުއްވި ރަށްތަކެކެވެ. ފޮނަދޫއަށް ވަޑައިގެންނެވުނު އަދަދު ތަންކޮޅެއް ގިނަވެދާނެއެވެ. މާންދޫ އާއި އެއްފަސްވެފައި އޮތުމާއި އަތޮޅުވެރިކަން ކުރާ ރަށަށްވުމާއި ގިނަ ބޭނުންތަކަކަށް ދާންޖެހޭ ރަށަކަށް ވުމުންނެވެ. ކަންކަން މިހާރު މިހުރި ގޮތުން ޤާސިމް އިބަރާހީމް ވަޑއިގެން އުޅުއްވި ރަށްތަކާއި ފޮނަދޫގެ ލޭންޑް ރެންޓާއި ޓެކްސް ދައްކަންވެސް ވިލާ ޝިޕިންގއަށް ސަރުކާރުން ނުޖައްސުވާނެ ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ 1993 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކަށްވެސް ޤާސިމް އިބްރާހީމްއަށް އިނާޔަތްތަކެއް ދޭންޖެހޭ ކަމަށެވެ. ރަށްތަކާއި ފަޅުތައް ދޭންޖެހޭ ކަމަށެވެ.

އެއީ އެކަން 1993 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ފާއިތުވި 20 އަހަރު ވަމުން އައިގޮތްކަން ނިހާނަށް އެނގިވަޑައިގަންނަވާއިރު އުފެދޭ ސުވާލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ބުރަށް ޤާސިމް އިބްރާހީމްގެ ތާއީދު ހޯއްދަވަން މާފަންނު ވިލާއަށް ނިހާން އާއި ނިހާނުގެ ބައެއް އެކުވެރިން ވަޑައިގެން ކޮންމެ ރެއަކު ފަތިސްވަންދެން އެގެއިން ނުކުމެވަޑައިނުގެން އުޅުއްވީ ކީއްވެގެންބާވައެވެ! ނޫނީ އެއިރު އެކަންކަން އެނގިވަޑައި ނުގަންނަވަނީތޯއެވެ! އެފަދަ ބޭފުޅެއްގެ ތާއީދު ހޯއްދަވަން އަދޭސް ކުރެއްވީ ވަރުގަދަ ލަގާއެއް ދެއްވުމުގެ ބޭނުމުގައިތޯއެވެ! އެފަދަ ބޭފުޅެއްގެ ޢާއިލީ ކަންކަމުގައި ވެސް ބައިވެރިވެވަޑައިގެން އެހައި ގާތް ބޭފުޅަކަށް ހެދިވަޑައިގެން އުޅުއްވީ ވަރުގަދަ ސައްޕެއް ޖެއްސުވުމުގެ ނިޔަތް ހަމަ އޮތުމުންތޯއެވެ! އެހެންނަމަވެސް ޤާސިމް އިބަރާހީމް ވިދާޅުވީ އަދިވެސް އެކަންކަން އެގޮތަށް ޤަބޫލުފުލުކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ. "ނޫން، އެގޮތަށް އަޅުގަނޑު އެކަން ޤަބޫލުކުރާކަށް އަދިވެސް ނެތިން."

ރިޒޯޓެއް ތަރައްޤީކުރަން ބިޑްކޮށްގެން ވިލާ ޝިޕިންގ އަށް ނުވަތަ ޤާސިމް އިބްރާހީމަށް ސަރުކާރުން ލިބިފައިވަނީ އެންމެ ރަށެކެވެ. އެއީ ސަން އައިލަންޑެވެ. އެ ނޫން ހުރިހާ ރަށެއްވެސް ހޯދާފައިވަނީ އެހެން މީހުން ބިޑް ކާމިޔާބުކުރުމުން އެމީހުން އަތުން ގަނެގެންނެވެ. އެހެންކަމުން ނިހާން އެވިދާޅުވާ ސަރުކާރުތަކުން ވިލާއަށް ނުވަތަ ޤާސިމަށް ދިން ރަށްތަކަކީ ކޮބައިކަން ނިހާނު ވިދާޅުވެދެއްވާނެ ނަމައެވެ.

މި ތުހުމަތުތަކަށް ޤާސިމް އިބްރާހީމް ދެއްވަނީ ވަރަށް ލުއި ރައްދެކެވެ. ޤާސިމް އިބްރާހީމް ވިދާޅުވީ އަދުރޭ ވެސް ނިހާން ވެސް މިފަދަ ވާހަކަތައް ދައްކަވަނީ ވަރަށް ބޮޑު މަޖުބޫރެއް އޮވެގެން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެން ނޫންނަމަ ޙަޤީޤަތް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައި މިފަދަ ވާހަކަފުޅުތައް އެ ދެ ބޭފުޅުން ވެސް ނުދައްކަވާނެ ކަމަށެވެ.

"އެބޭފުޅުންވެސް އެވަނީ ވަރަށް ބޮޑު މަޖުބޫރީ ހާލަތެއްގައި ވަރަށް ބޮޑަށް ތާށިވެފައި. އެކަމަކު ހިތާމައަކީ އަރިހުގައި ގެންގުޅުއްވި އެންމެންނަށް ޖެއްސުވި ޙާލު އަދި މިބޭފުޅުންނަށް ވެސް ޖެހިވަޑައިގަންނަވާނެކަން. ކޮބައިތޯ މިފަދަ ވާހަކަތައް ދައްކުވަން އެންމެ އަރިހުގައި ގެންގުޅުއްވި ބޭފުޅުން މިހާރު؟ އެއްވެސް ބޭފުޅަކު އެބަހުރިތޯ ސަލާމަތުން؟ ކޮންފަދަ ބޮޑު ދެރައެއްތޯ އެބޭފުޅުންނަށް؟ ކިހާ ބޮޑު ލަގާއެއްތޯ ދީފަ އެވަނީ އެބޭފުޅުންނަށް؟ އެބޭފުޅުންގެ ޢާއިލާތަކަށް ކިހާ ބޮޑު ހިތާމައެއްތޯ؟ ހަޤީޤަތަކީ މި ދެ ބޭފުޅުންނަކީ މިއަދު ތާޅަފިލިތަކެއްކަން. މީހަކު ބުނާ ވާހަކައެއް ބާރަށް އަޑުއިއްވާލަނީ. އެއީ ތާޅަފިލިތަކުން އަދާ ކުރާ ދައުރެއް ނޫންތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސްޕްރީމް ކޯޓު އަދި ދައުލަތުގެ އެހެން މިނިވަން މުއައްސަސާތައް "ފުނޑާލި" މީހަކު ވިލާ ޝިޕިންގއަށް ވެސް އެފަދަ ހާލެއް ޖެއްސުވުމަކީ ދުރުކަމެއް ނޫން ކަމަށެވެ. "ދައުލަތުގެ ދެ ބާރު އެވަނީ "ފުނޑަލާފަ- ބާރު ކަނޑުވާލާފަ. އަޅުވެތިކޮށްފަ. އެކަން ނުއެނގެނީ ކާކަށްތޯ؟ ލޯ އެންޑް އޯޑަރ އެބައޮތްތޯ މިޤައުމުގަ މިހާރު؟ ނަންނުގަތި ދުލި ބަދަލުކުރާހެން ވާހަކަ ބަދަލުކުރަމުން އެގެނަދަނީ. މިއީތޯ ޙާކިމާ އިންނާ ވަލިއްޔުލްއަމުރުން ކަންކަން ކުރާ ގޮތަކީ؟ ކަންކަން މިހެން ހުރިއިރު ވިލާ ޝިޕިންގއަށް ނުހަދާނެ ގޮތެއް އޮންނާނެ ކަމަށް ޤަބޫލުކުރެވިދާނެތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ ވިލާ ޝިޕިންގއަށް ދަނޑުވެރިކަމާ މަސްވެރިކަމަށް ލިބުނު ބަރެސދޫ އާއި މާދެލި މިހާރު ވަނީ ވަކިކޮށްފައި ކަމަށެވެ. ވިލާ އެއާއަށް ބިޑްކޮށްގެން ލިބުނު ކާޑެއްދޫވެސް ވަނީ ވަކިކޮށްފައި ކަމަށެވެ. ސަރުކާރުން ދުކޮށްފައިވާ ރަށްތަކާއި އެހެނިހެން ތަންތަންވެސް ނަގަމުން ގެންގޮސް އެމަނިކުފާނު 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްވާފައި ހުޅުމާލެއިން ފްލެޓް އެޅުމަށް ބައްލަވައިގެންފައިވާ ބިމެއް އަތުލުމުގެ މަސައްކަތްވެސް ފަށާފައިވާކަމުގެ މައުލޫމާތު މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ބިމަށް އެއްވެސް ބަދަލެއްވެސް ލިބިވަޑައިގަންނަވާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. "މުއްދަތަށް ފްލެޓް ނުއެޅުނު އެހެން މީހުން އަތުން ބިމެއް ނުއަތުލާ. އަޅުގަނޑު އަތުން އަތުލަނީ. މުއްދަތަށް ފްލެޓް ނުއެޅިގެން ދައްކަންޖެހޭ ފައިސާވެސް ވާނީ ދައްކާފަ. ބިމުގެ އަގުވެސް އެވަނީ ދައްކާފަ. މިހާރު އެއީ އަޅުގަނޑުގ ބިމެއް. އަތުލާނަމަ އަތުލަންޖެހޭނީ ޤާނޫނުގައި ބުނާ ފަދައިން ޙައްޤު ބަދަލު ދީފަ ނޫންތޯ؟ ޤާނޫނު ބުނާ ގޮތުން އަތުލާފަ ފްލެޓް އަޅަން އެހެން މީހަކަށެއް ނުދެވޭނެ. ސަރުކާރުގެ ބޭނުމަކަށްވެސް ނެގޭނީ އެކަށީގެންވާ ޙައްޤު ބަދަލު ދީފަ. އަގުކުރަންޖެހޭނީ މިހާރާ އެއްގޮތަށް ހަމައަގުން. މީގެ އިތުރުންވެސް ހަމަ ޤަވާއިދުން ކުލި ދައްކަމުން ދަނިކޮށް އަޅުގަނޑާއި ޢާއިލާއަށް ދޫކުރި 5 ބިމެއް މިހާރުވެސް އެވަނީ އަތުލާފަ. މިއީ ނޫންތޯ އަޅުގަނޑާމެދު ކަންކުރަމުން އެގެންދާ ގޮތަކީ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ޤައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ހޯއްދަވައިދެއްވަން ކަމަށެވެ. ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ޚިދުމަތް ކުރެއްވީ އެ މަޤްޞަދުގައި ކަމަށެވެ. "ރަނގަޅު ވާހަކައެއް. އެކަމުގައި އަޅުގަނޑުގެ ވަރަށް ބޮޑު އަމިއްލަ އެދުމެއް އެބައޮތް. އެއީ ޤައުމު ކުރިއެރުން. ރައްޔިތުންނަށް އިތުރު ކުރިއެރުން ލިބުން. އަޅުގަނޑަކީވެސް ހަމަ ދިވެހި ރައްޔިތެއް. ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ހަމަ އަޅުގަނޑަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށް އަޅުގަނޑު އަބަދުވެސް ދެކެނީ".

ޤާސިމް އިބްރާހީމް އަކީ ގޭންގްސްޓާރއެއްގެ ގޮތުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ގޭންގްސްޓާރަކީ ކާކުކަން ރައްޔިތުންނަށް އޮޅިފައި ނުވާނެ ކަމަށެވެ. "ގަޓްހުރި މީހެއްގެ ކައިރީގައި ތިބެންވާނީ ހަމައެހައި ގަޓްހުރި މީހުން. ކަންކަން ހަޤީޤަތާއިއެއްގޮތަށް ބުނުމުގެ ގަޓް ވެސް ހުންނަން ޖެހޭނެ. ކަންކަން ޙަޤީޤަތާ އެއްގޮތަށް ހާމަކުރުމުގެ ގަޓް ހުންނަން ޖެހޭނެ. އެހެން ނޫނީ ގަޓްހުރި ބަކަށް ނުވާނެ. ވާނީ ފިނޑިންނަށް. ރައްޔިތުންގެ ބުއްދިއަށް ޤަބޫލުކުރެވޭނެ ގޮތަށް ބުނުމުގެ ގަޓް ހުންނަން ޖެހޭނެ.. އެއިރުން މީހުން ޤަބޫލުކުރާނީ."

ޤާސިމް އިބްރާހީމް ވިދާޅުވީ ސްޕްރީމް ކޯޓުން ހަމަ އެންމެ މައްސަލައެއް ތިމާ ނުއެދޭގޮތަށް ނިންމުމުން ކުރިން ބުނަމުން އައި ހުރިހާ ވާހަކަތަކެއް ބޮލާލައި ޖެހުމުން އެހައިތަނަށް އަޑަށް ބާރުލައި ދައްކަމުން އައި ވާހަކަތަކުގެ މަޤްޞަދު ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށެވެ. "ކޮބައިތޯ މައްސަލައަކީ؟ ސްޕްރީމް ކޯޓުން ފާހަގަކުރި މައްސަލަތައް އދ އިން ފާހަގަ ނުކުރޭތޯ؟ ޝަރީއަތްތައް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އދ އިން ނުބުނޭތޯ؟ އަނިޔާވެރިކަމާއިއެކު އަމަލުކޮށް، ޤާނޫނީ އިންތަކުން ބޭރުން ކޮށްފައިވާ ޙުކުމްތައް ބާޠިލުކޮށް އެ ޝަރީޢަތްތަކުން ބަންދުކޮށްފައި ތިބި މީހުން މިނިވަންކުރަން އދ އިން ނުބުނަނީތޯ؟ އެހެންވީއިރު އެއީ ހަމައެކަނި ސްޕްރީމް ކޯޓުގެ ބަސްތޯ؟" ޤާސިމް އިބްރާހީމް ވަނީ ސުވާލުކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް