އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޑްނީގައި ހިލަ އުފެދުމަކީ ސިއްޙަތަށް ގެއްލުންދޭ ކަމެއް، ރައްކާތެރިވަމާ!

ކިޑްނީގައި ހިލަ އުފެދުމަކީ ސިއްޙަތަށް ގެއްލުންދޭ ކަމެއް، ރައްކާތެރިވަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 19 މިނެޓް, 14 ސިކުންތު

ކިޑްނީ ގައި ހިލައުފެދުމަކީ ނުވަތަ ކިޑްނީ ސްޓޯންސް އުފެދުމަކީ، މިހާރު ދިވެހީންގެ ތެރޭގައި ވެސް ވަރަށް އާންމުވެފައިވާ ކަމެކެވެ.

ކިޑްނީގައި އުފެދޭ ބައެއް ހިލައަކީ އޭގެ ޒާތުގައި ވެލިފުކެއްހާ ކުޑަ ހިލަ ކޮޅަކަށް ވެސް ވެދާނެއެވެ. އެފަދަ ހިލަކޮޅު ކުޑަކަމުދާއިރު، ތިމާއަށް ނުވެސް އެނގި ހަށިގަނޑުން ބޭރު ވެދާނެއެވެ. ނަމަވެސް ހުރިހާ ހިލައެއް ހުންނާނީ އެއް ސައިޒެއްގައެއް ނޫނެވެ. ތަންކޮޅެއް ބޮޑު ހިލަކޮޅެއްނަމަ، ކުޑަކަމުދާ ނިޒާމު ބަންދުވެ، ވިހެއުމަށްވުރެ ވޭން ހުރި ކަމަކަށް ވެސް ވެދާނެއެވެ.

އާންމުގޮތެއްގައި އެންމެ ގިނައިން ކިޑްނީގައި ހިލަ އުފެދެނީ، ފެން ބޯން ޖެހޭ މިންވަރަށް ނުބޮވުމުންނެވެ. ފެން ބުއިމަކީ ވަރަށް މުހިންމު ކަމަކަށްވީ ހިނދުވެސް މިކަމަކީ ގިނަ ބަޔަކު ވަރަށް ފަރުވާ ކުޑަކުރާ ކަމެކެވެ.

ގިނައިން ފެން ބޯން ޖެހެނީ ހިލަ އުފެދުންފަދަ ކަންކަމުން ރައްކާތެރިވާށެވެ. ގިނައިން ފެން ނުބޮއެ ނުވަތަ ހަށިގަނޑުން އެވަރަށް ދާ ނުހިއްލާނަމަ، އެކަމުގެ އަސަރު ކުޑަކަމުދިޔުމަށް ކުރެއެވެ. ކުޑަކަމުދާ ތަކެތި ގަދަ ކުލައެއްގައި ހުރެއްޖެނަމަ، އެއީ އެތެރެހަށި ރައްކާތެރި ނޫން ކަމުގެ ނިޝާނެކެވެ. ކުޑަކަމުދާ ތަކެތި ހުންނަން ވާނީ އެއްވެސް ކުލައެއް ނުހުންނަ ގޮތަށް ނޫނީ މަޑު ރީނދޫ ކުލައެއްގައެވެ.

އެހެންކަމުން ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުރިން ހިލަ އުފެދިފައިވާ މީހެއްނަމަ، ކޮންމެ ދުވަހަކު އަށް ވަރަކަށް ފަހަރު ކުޑަކަމު ދެވޭވަރަށް ދިޔާ އެއްޗެހި ބޯން ވާނެއެވެ. ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިވުމަށް ކަމާބެހޭ މާހިރުން ގިނައިން ލަފާދީފައިވަނީ ފެން ބުއިމަށާއި ލުނބޯހުތު ފަނި ނުވަތަ އޮރެންޖު ޖޫސް ފަދަ ހުތް އެއްޗެހި ބުއިމަށެވެ.

ކިޑްނީގައި ހިލެއުފެދުމަށް ދިމާވާ އެހެން ސަބަބުތަކެއް ވެސް ހުރެއެވެ. އެގޮތުން މިކަމަކީ އާއިލީ ގޮތުން ވެސް އެކަކު އަނެކަކުގެ ގަޔަށް ވާރުތަ ކުރާ ކަމެކެވެ. އާއިލާމީހެއްގެ ހަށިގަނޑުގައި ހިލަ އުފެދިފައިވާނަމަ، ތިމާގެ ހަށިގަނޑުގައިވެސް އެތަކެތި އުފެދިފައި ހުރުން އެކަށީގެންވެއެވެ.

މީގެއިތުރުން ކެއިން ބުއިމުގެ ކަންކަން ތިމާ ބަހައްޓާ ގޮތަކުން ވެސް ކިޑްނީގައި ހިލަ އުފެދުން އެކަށީގެންވެއެވެ. އެގޮތުން މާގިނައިން ލޮނާއި ހަކުރު ހުންނަ ތަކެތި ބޭނުން ކުރުމަކީ ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ ތަކެއްޗެވެ. މިސާލަކަށް ބުނާނަމަ، ކޯކާކޯލާ ފަދަ ކާބަނޭޓެޑް ބުއިންތައް ބުއިމުންވެސް ހިލަ އުފެދިދާނެއެވެ.

ބަރުދަން އިތުރުވުމަކީ ވެސް ކިޑްނީގައި ހިލަ އުފެދިދާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ބުނެފައިވެއެވެ. އެހެންކަމުން ކެއިންބުއިމަށް ސަމާލުވުމަށާއި ގަވާއިދުން ކަސްރަތު ކުރުމަށް ވެސް އެފަރާތްތަކުން އިރުޝާދު ދީފައިވެއެވެ.

 

ކިޑްނީގައި ހިލަ އުފެދިފައިވާ ކަމުގެ ބައެއެް އަލާމާތްތައް:

·        މޭކަށިގަނޑުން ތިރީގައި ވަރަށް ބޮޑަށް ރިއްސުން. ބައެއް ފަހަރު އެއް އަރިމަތިން ރިއްސާއިރު، އަނެއް ބައި ފަހަރު ބުރަކަށްޓާއި ދިމާލުން ވެސް ރިއްސައެވެ.

·        ދަށްބަނޑުގައި ނުވަތަ ޖިންސީ ގުނަވަނާއި ދިމާލުގައި ރިއްސުން.

·        ކުއްލި ކުއްލިއަށް ތަދުއެރުމާއި، ހަށިގަނޑަށް ކަށްޓެއް ހެރޭ ހަދައިން ރިއްސާ ރިއްސުން

·        ކުޑަކަމުދާއިރު ތަދުވުން

·        ޕިންކް ކުލަ، މުށި (ބްރައުން) ކުލަ ނުވަތަ ރަތް ކުލައިގައި ކުޑަކަމުދާ ތަކެތި ހުރުން

·        ކުޑަކަމުދާއިރު ނުބައި ވަހެއް ހުރުން

·        ގިނަގިނައިން މޭ ނުބައި ކުރުން ނުވަތަ ހޮޑު ލެވުން

·        އަވަސް އަވަހަށް ކުޑަކަމު ދެވުން

·        އިންފެކްޝަނެއް އުފެދުމާއެކު ހުން އައުން

·        ވަރަށް ކުޑަ އެތިކޮޅު ކޮޅުން ކުޑަކަމު ދެވުން.

 

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

ކުރިން ބުނެވުނު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އޭގެ އިތުރުން މިކަންކަން ކުރިމަތިވާނަމަ ވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

·        މާބޮޑަށް ރިއްސާވަރުން އިށީންދެގެން އިންނަން ނުވަތަ ހަމަޖެހިލައިގެން އިންނަން އުނދަގޫވާނަމަ،

·        ރިއްސާވަރުން ގޮސް މޭނުބައިކޮށް ނުވަތަ ހޮޑު ލެވޭނަމަ،

·        ރިއްސުމާއިއެކު ހުން އަންނަ ނަމަ ނުވަތަ ފިނިވާ ނަމަ،

·        ކުޑަކަމުދާއިރު ލޭ ހުންނަ ނަމަ، އަދި

·        ކުޑަކަމުދާން އުނދަގޫތަކަކާއި ކުރިމަތިވާ ނަމައެވެ.

 

 އިންޑިއާގެ ހޮސްޕިޓަލެއްގައި ބާއްވާފައި އޮތް ދިވެއްސެއްގެ ވައަތު ކިޑްނީން ވެސް ދާދި ފަހުން ގިނަ އަދަދެއްގެ ހިލަތަކެއް ނަގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވެއެވެ.

 

 

ކިޑްނީގައި ހިލަ އުފެދުމުން ރައްކައުތެރިވުމަށްޓަކައި ފެން ބުއިން ގިނަ ކުރުމަށާއި ހަކުރު އަޅާފައި ހުންނަ އެއްޗެހި ކެއިން ބުއިން މަދު ކުރުމަށް އަދި ކޯކް ފަދަ ތަކެތި ބޯއިރު ސަމާލުވުމަށް ޑޮކްޓަރުން ނަސޭހަތްތެރި ވެފައިވެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ