އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޞުރާއި އުރުދުން އަށް ޣައްޒާގެ ރައްޔިތުން އެތެރެވުމަށް ހުރަސްއަޅަންޖެހޭ ސަބަބު: ސަޢުދީ ޚާރިޖީ ވަޒީރު

މިޞުރާއި އުރުދުން އަށް ޣައްޒާގެ ރައްޔިތުން އެތެރެވުމަށް ހުރަސްއަޅަންޖެހޭ ސަބަބު: ސަޢުދީ ޚާރިޖީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މިޞުރާއި އުރުދުން އަށް ޣައްޒާގެ ރައްޔިތުން އެތެރެވުމަށް ހުރަސްއަޅާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ނަމަވެސް އެއީ އެކަމުގެ ޙަޤީޤަތް ނުއެނގޭތީއެވެ. 

އިޒްރޭލުން ކުރަން އެއުޅޭ ކަމަކީ ފަލަސްޠިނުގެ ރައްޔިތުން ފަލަސްޠީނުން ބޭރުކޮށްލުމެވެ. މިއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ފަލަސްޠީނުގައި މިނިވްނަކަމާއިއެކު ދިރިއުޅެވެން ޖެހޭނެއެވެ. މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. 

މައްސަލަ ޙައްލުކުރުމުގެ ބާރު އޮތީ ދުނިޔޭގެ އަތްމަތީގައެވެ. ބާރުގަދަ ޤައުމުތަކުގެ އަތްމަތީގައެވެ. ޙައްލަކީ ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުން ބޭރުކޮށްލުމެއް ނޫނެވެ. ޙައްލަކީ އެމީހުންނަށްވެސް އެހެން ޤައުމުތަކުގެ މީހުން ފަދައިން މިނިވަންކަމާއިއެކު ދުނިޔޭގައި އުޅެވޭނެ ގޮތް ހެދުމެވެ. ބޮންއަޅައި އަދި ބަރުހަތިޔާރުންނާއި އެހެންވެސް ހަތިޔާރުތަކުން އެމީހުން ޝަހީދުކުރުން ހުއްޓުވުމެވެ. 

ހަމައެފަދައިން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިނިވަންކަމާއިއެކު ދިރިއުޅުމުގެ ޙައްޤަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެޙައްޤުން ވަކިބައަކު އިސްތިސްނާ ކުރުމަކީ ދުނިޔެ ބަލައިގަނެގެންވާނެ ކަމެއް ނޫނެވެ. 

- ސަޢުދީ ޚާރިޖީވަޒީރުގެ ބަސްފުޅަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު