އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާބަނޑު އަނބިމީހާ އުފަލުގައި ބެހެއްޓޭނީ ކިހިނެއް؟

މާބަނޑު އަނބިމީހާ އުފަލުގައި ބެހެއްޓޭނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 37 ސިކުންތު

އަނބިމީހާ ބަލިވެ އިނުމުން އޭނާއަށް ވަރަށް ބޮޑަށް އަޅާލަން ޖެހޭނެ ކަމާއި އުފަލުގައި ބަހައްޓަން ޖެހޭނެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އިނގެއެވެ.

 

މާބަނޑު ދުވަސްވަރަކީ ހަމަ ޔަޤީނުންވެސް އަންހެނާގެ ޙަޔާތުގައި އަންނަ ވަރަށް އުފާވެރި އަދި އެހާމެ ތަފާތު ތަޖުރިބާ ތަކެއް ކުރިމަތިވާ ދުވަސް ވަރެކެވެ. ބަލިވެ އިންނަ ދުވަސްވަރުގައި އަވަސް އަވަހަށް ރުޅި އައުމާއި، އެކި ކަހަލަ އެއްޗެހި ކާހިތްވުން، ނުވަތަ ބޯއަނބުރާ ހޮޑުލެވުންފަދަ ސިއްޙީ އެތައް އުނދަގޫ ތަކަކާއި ވެސް ކުރިމަތިލާން ޖެހެއެވެ. މިފަދަ ހުރިހާ ކަމެއްގައި ވެސް އަނބިމީހާ ގާތުގައި ހުރުމާއި އަނބިމީހާ އުފާ ވާނެ ފަދަ ކަންތައް ކޮށްދިނުމަކީ އެކަމުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ވެސް ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެކެވެ.

 

މާބަނޑު އަނބިމީހާ އުފާ ކޮށްދޭން ކުރެވިދާނެ ބައެއް ކަންތައްތައް:

 

ޑޮކްޓަރަށް ދައްކަން ދާއިރު އެއްކޮށް ދިޔުން

 

ކުރިންވެސް ބުނި ފަދައިން، ބަލިވެ އިނުމަކީ އެހާ ފަސޭޙަ ކަމެއް ނޫނެވެ. އެއީ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވާ ކަމެކެވެ. ބަލިވެ އިނުމުން ޤަވައިދުން ކުރަން ޖެހޭނެ ވަރަށް ގިނަ ކަންތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ ޤަވައިދުން ޑޮކްޓަރަށް ދެއްކުމެވެ. ޑޮކްޓަރަށް ދައްކަންދާ ކޮންމެ ފަހަރަކު އަނބިމީހާ އާއި އެއްކޮށް ދިޔުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އަނބިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ޙާލު ފިރިމީހާ އަށް ވެސް ރަނގަޅަށް އެނގޭނެ އެވެ.

 

"މޫޑް ސްވިންގްސް" އަށް ކެތްތެރިވުން

 

މާބަނޑު ދުވަސް ވަރަކީ އަނބިމީހާގެ މޫޑު ހަމަ ކުއްލި ކުއްލި އަށް ވަރަށް ފަސޭހައިން ބަދަލުވާނެ ދުވަސްކޮޅެކެވެ. ހަމަ ހުރެފައި އެއްޗެއް ކާ ހިތް ވެދާނެ އެވެ. ނުވަތަ ރުޅި އައިސްފާނެ އެވެ. އަދި ބައެއް ފަހަރު ވާގޮތެއް ނޭނގި ވަރަށް ފަސޭހައިން ދެރަވާ ގޮތް ވެސް މެދުވެރިވެއެވެ. އަނބިމީހާ އަށް މިފަދަ ކަންތައް ދިމާވުމުން ފިރިމީހާ ކެތްތެރިވުމަކީ މާބަނޑު އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އަދި އޭނާ އަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ.  އެއްޗެއް ކާހިތްވެފައިވާ ނަމަ ތިމާގެ މާބަނޑު އަނބިމީހާ އަށް އެ އެއްޗެއް ހޯދާ ދޭށެވެ. ކުއްލިއަކަށް އަނބިމީހާ ރުޅިއައިސްފި ނަމަ އޭނާއާއި އެކު ފިރިމީހާ ރުޅިނައިސް، އެގޮތަށް ރުޅި އައުމަކީ މައްސަލައެއް ނޫންކަން ވިސްނާދީ ވީހާވެސް މަޑުމައިތިރިކޮށް އަނބިމީހާ އާއި މުހާތަބު ކުރާށެވެ. އަދި ދެރަވެއްޖެ ނަމަ، ފިރިމީހާ ހުރީ އަނބިމީހާ ގާތުގައި ކަމާއި ހުރިހާ ކަމެއްވެސް ރަނގަޅުވެ ލިބެން އުޅޭ ބޮޑު އުފާވެރި ކަމުގެ މަތިން އަނބިމީހާ އަށް ހަނދާން ކޮށްދޭށެވެ.

 

ގޭތެރޭ ކަންތައްތައް ކުރުމުގައި އެހީތެރިވެ ދިނުން

 

ގިނަ އަންހެނުންނަކީ އަބަދުވެސް ގޭތެރޭގެ އެކިއެކި މަސައްކަތްތަށް ކުރުމުގައި އަބަދުމެ ބިޒީ ވެފައިވާ ބައެކެވެ. ތިމާގެ އަނބިމީހާ އަށް ގޭތެރޭގެ މަސައްކަތްތަކުގައި އަތް ގާތް ކޮށްދިނުމަކީ ސުންނަތަކަށްވާ އިރު ޚާއްސަކޮށް މާބަނޑު ދުވަސްކޮޅު އަނބިމީހާ އަށް އެހީތެރިވެދިނުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އެގޮތުން ކައި ނިމިގެން ތައްޓެއް ދޮވެލުން ނުވަތަ ގޭތެރެ ކުނިކަހާލަ ދިނުންފަދަ ކަންތައްތަކަކީ ފިރިމީހާ ކޮށްދިނުމުން އަނބިމީހާ ވަރަށް އުފާވާނެ ކަންކަމެވެ. އަދި އެއީ ތިމާގެ މާބަނޑު އަނބިމީހާ އަރާމު ކޮށްލަންވެސް ދެވޭ ރަނގަޅު ފުރުސަތެކެވެ. އެފަދަ ކުދިކުދި މަސައްކަތްތަށް ފިރިމީހާ ވެސް ކޮށްލުމަކީ މައްސަލައެއް ނޫނެވެ.

 

އަބަދުވެސް ހިތްހަމަ ޖައްސާދީފަ ބެހެއްޓޭތޯ ބެލުން

 

މާބަނޑު ދުވަސްކޮޅު ކަންތައްތަކާއި ވިސްނާ ހިތާމަ ކުރުމަކީ އޭގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ވެސް ކުރާނެ ކަމެކެވެ. އެހެންކަމުން އަނބިމީހާ އެފަދަ ޙިޔާލުތަށް ނުކުރޭތޯ ބެލުމަކީ ފިރިމީހާ ގެ ޒިންމާ އެކެވެ. ކުދި ކުދި ކަންތައް ކޮށްދީގެންނަމަ ވެސް މާބަނޑު އަނބިމީހާ ހިތްހަމަ ޖައްސާދީފަ ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ބަނޑުގައިވާ ދަރިފުޅާއި ވާހަކަ ދެއްކުން

 

މިއީ ގިނަ ފިރިހެނުންނަށް ކުރަން ވަރަށް "ސޭކު" ކަމެކެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ރޮމޭންޓިކް ކަމެއްގެ އިތުރުން އަނބިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. އަނބިމީހާ ގެ ބަނޑު ކައިރީގައި އޮވެގެން ދަރިފުޅާއި ވާހަކަ ދައްކާށެވެ. އެންމެ ފުރަތަމަ ތަޢާރަފް ވެލުމުންވެސް އަނބިމީހާ ހިނި އަންނާނެއެވެ. އަދި އެކި އެކި ވާހަކަތަށް ބަނޑުގައިވާ ދަރިފުޅަށް ކިޔާ ދިނުމުން ވެސް ދަރިފުޅާއި އަނބިމީހާ މުހިންމުވާ ވަރު އަނބިމީހާ އަށް ވިސްނި އެކަމާއި ވެސް ވަރަށް އުފާވާނެއެވެ. ބަނޑުގައިވާ ދަރިފުޅާއި ވާހަކަ ދެއްކުމުން، ދައްކާ ހުރިހާ ވާހަކައެއްވެސް އެދަރިފުޅަށް އިވޭނެ އެވެ. އެހެންކަމުން ބައްޕަގެ އަޑު ދަރިފުޅު އުފަން ވުމަށް ފަހު ވެސް، ދަރިފުޅު ފާހަގަ ކުރާނެ އެވެ.

 

އަނބިމީހާ އާއި އެކު މުސްތަޤްބަލު ރޭވުން

 

ކައިވެނި ކުރުމަށްފަހު ގިނަ ފިރިހެނުން އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ޙިއްސާކޮށް ރާވާނީ އެމީހެއްގެ އަނބިމީހާ އާއިކަން އެއްވެސް ޝައްކެއް ނެތެވެ. މިއީ ވަރަށް ރީތި ރަނގަޅު ސިފައެކެވެ. އަނބިމީހާ ބަލިވެ އިނުމުންވެސް މިކަންތައްތައް ކުރުން ވަރަށް މުހިންމެވެ. ދަރިފުޅު ދުނިޔެއަށް އަންނަންވާއިރަށް ކުރަން ވިސްނާ ކަންތައްތަކާއި ހޯދަން ބޭނުންވާ އެއްޗެހީ ގެ ވާހަކަ ވެސް އަނބިމީހާ އާއި ޙިއްސާ ކުރާށެވެ. ދެކޭ ހުރިހާ ހުވަފެނެއްވެސް ޙިއްސާ ކުރުމުން އަނބިމީހާ ވަރަށް އުފާވާނެއެވެ. އަދި ކުރަން ވިސްނާ ކަންތައްތަކުގެ ތެރެއިން، މާބަނޑު އަނބިމީހާ ޝާމިލް ކޮށްގެން ކުރެވޭ ކަންތައްތަކުގައި އޭނާ ވެސް ޝާމިލް ކޮށްގެން އެކަންތައްތައް ކުރާށެވެ. މިސާލަކަށް ބުނާނަމަ ދަރިފުޅު އުފަންވުމަށްފަހު ދަރިފުޅަށް ބޭނުންވާނެ އެއްޗެހި އަވަހަށް ގަންނަން ދިޔުން ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ