އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަހާ މީހަކަށް ފާޑު ކިޔުމަކީ ގިނަ މީހުންނަށް ޖެހިފައިވާ ނަފްސާނީ ބައްޔެއް!

ފެންނަހާ މީހަކަށް ފާޑު ކިޔުމަކީ ގިނަ މީހުންނަށް ޖެހިފައިވާ ނަފްސާނީ ބައްޔެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

މަގެއްގެ މަތިން މީހަކު ނުވަތަ ބަޔަކު ހިނގާފައިދާއިރު، އެމީހަކަށް ފާޑުކިޔާ ފަސްފަހަތުގައި ވާހަކަ ދެއްކުމަކީ ގިނަ މީހުންގެ އާދައަަކެވެ.

 

މީސްމީހުންނާއި ފޮށި، ހަގީގަތާއި ޚިލާފު ވާހަކަ ދައްކާއިރު، މިފަދަ މީހުންނަށް ހީވެފައިވަނީ ތިމާމެންނަކީ އެންމެ ފުރިހަމަ ބައެއް ކަމުގައެވެ. ކުށްތަކުން ބަރީޢަވެފައިވާ ބައެއްގެ ގޮތުގައެވެ.

 

މިފަދައިން ވާހަކަތައް ފަތުރާ މީހުންނަކީ، ހަގީގަތުގައި ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލު ކުރަމުންގެންދާ ބައެއް ކަމުގައި ދިރާސާތަކުން ދައްކާފައިވެއެވެ.

 

އެމެރިކާގެ ސައިކޭޓްރިކް ޔުނިވާރސިޓީއަކުން ވަރަށް ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް އާންމުގޮތެއްގައި ފާޑު ކިޔައި އުޅޭ މީހުންނަކީ ނަފްސާނީ ބައްޔެއް ތަޙައްމަލު ކުރަމުންދާ ބައެއް ކަމުގައެވެ.

 

"ކޫށްފަރިތައެއް ފަދައިން މީހުންގެ ވާހަކަ ދައްކާ، އެހެން މީސްމީހުން ލައިގެން ހުއްނަ އަންނައުނާއި ބެހި އަދި އެހެން މީހުން އުޅޭ ގޮތާއިވެސް ބެހި ހަދާނީ ނަފްސާނީ ބައްޔެއް ހުންނަ މީހުން. މިފަދަ ގިނަ މީހުންނަކީ އެކަނިވެރިން، ނޫންނަމަ ދިރިއުޅުމުގައި ވަރަށް ވެސް ގިނަ ނާކާމިޔާބީ އާއި ކުރިމަތިވެފައިވާ މީހުން" ދިރާސާ ރިޕޯޓުގައިވެއެވެ.

 

މީގެއިތުރުން އެރިޕޯޓުގައި ބުނެފައިވަނީ، ހަގީގަތުގައި މިފަދަ ގިނަ މީހުންނަކީ، އެމީހުން އެފާޑު ކިޔާ މީހުން ފަދައިން ވާން ބޭނުންވާ މީހުން ކަމުގައެވެ. ނަމަވެސް އެހެން މީހުންގެ ސަމާލުކަން ހޯދަން ބޭނުންވެފައި ހުންނަވަރުން އެމީހުުންނާއި ދިމާލަށް ފާޑުކިޔަނީ ކަމަށް ވެސް ބުނެފައިވެއެވެ. އެމީހުން ބެނުންވަނީ ކޮންމެވެސް ވާހަކައެއް ފަށާނެ މޮޅު ގޮތެއް ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ