އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިތުން ޗަކްރަބަތީ ލޮސް އެންޖެލިސްގެ ހޮސްޕިޓަލަކުން ފަރުވާހޯދަނީ...

މިތުން ޗަކްރަބަތީ ލޮސް އެންޖެލިސްގެ ހޮސްޕިޓަލަކުން ފަރުވާހޯދަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ބޮލީވުޑްގެ އެކްޓަރު މިތުން ޗަކްރަބަތީ އެމެރިކާގެ ލޮސް އެންޖެލިސްގެ ހޮސްޕިޓަލަކުން ފަރުވާހޯދަމުން އަންނަކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ މީސްމީޑިއާގައި ޚަބަރު ފަތުރާފައިވާ ގޮތުގައި ޢުމުރުން 66 އަހަރުގެ އެކްޓަރ ފަރުވާ ހޯދަންފަށާފައިވަނީ މިދިޔަ ހަފުތާއިން ފެށިގެންނެވެ. އެހެންނަމަވެސް ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް އަދި ހާމައެއް ނުކުރިނަމަވެސް އޭނާގެ ބުރަކަށީގައި ރިއްސުމުގެ މައްސަލަ ދިމާވެ، ފަހަކަށް އައިސް އެ މައްސަލަ އިތުރަށް ބޮޑުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިތުން އެމެރިކާގެ ލޮސް އެންޖަލިސްގެ ހަސްފަތާލުގައި ފަރުވާ ހޯދާ އިރު، އޭނާގެ ދަރިފުޅު އަދި އެކްޓަރ މަހާއަކްޝޭ ޗަކްރަބަތީ އާއި އޭނާގެ އަންހެނުން މަދަލްސާ ޝަރުމާ މިވަގުތު ތިބީ މިތުންއާއެކު ލޮސް އެންޖެލިސްގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. 

600އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ މިތުން އެކްޓިންގގެ ދާއިރާއަށް ނުކުމެފައިވަނީ ފިލްމު "މިރްގަޔާ" އިން 1976 ގައެވެ. މޮޅު ނެށުންތެރިއެއްގެ ގޮތުގައިވެސް މަޝްހޫރު މިތުންގެ ކެރިއަރ 1982 ވަނަ އަހަރު ބަދަލުކޮށްލީ ފިލްމު "ޑިސްކޯ ޑާންސަރު"  އިންނެވެ. 

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މިތުން ވަނީ ނެޝަނަލް އެވޯޑް 3 ފަހަރު ހޯދާފައެވެ. 

މިތުންގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ އޮގަސްޓް މަހު ރިލީޒް ކުރި އަނިލް ޝަރުމާގެ "ޖީނިއަރސް" އެވެ. އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ވިވެކް އަގްނިހޯތުރީ އަންނަ އަހަރު ގެނެސްދޭ "ދަ ތަޝްކެންތު ފައިލްސް" އެވެ.

އެކްޓިންގ ގެ އިތުރުން މިތުންއަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް ރާޖިއާ ސަބާގެ މެމްބަރުކަން ވެސްކޮށްފައިވާ ފަރާތެކެވެ. އަދި ޒީޓީވީ އިން ގެނެސްދޭ ޑާންސް ޝޯ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ މާސްޓަރ ޖަޖެއްގެ ގޮތުގައި އިންނަނީވެސް މިތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް