އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޑުގަދަ ކުރުމުން އުނދަގޫވާނަމަ މާލެ ދޫކޮށް ރަށް ރަށަށް ދާން ތިއަ ބުނަނީ މިއާޔަތުގައި މިހެން އޮއްވައި ހެއްޔެވެ؟

އަޑުގަދަ ކުރުމުން އުނދަގޫވާނަމަ މާލެ ދޫކޮށް ރަށް ރަށަށް ދާން ތިއަ ބުނަނީ މިއާޔަތުގައި މިހެން އޮއްވައި ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ނިސާ ސޫރަތުގެ 36 ވަނަ އާޔަތް:

"ތިއަބައިމީހުން، ﷲ އަށް އަޅުކަން ކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކްނުކުރާހުށި ކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތް ތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާ އަށާއި، ދުރު އަވަށްޓެރިޔާ އަށާއި، ކައިރި އެކުވެރިޔާ އަށާއި، ދަތުރުވެރިޔާ އަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށް ފެނި، ބޮޑާވެގެން އުޅޭމީހަކުކަމުގައި ވެއްޖެ މީހަކު ދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

އަވަށްޓެރިން ނުރުހުނު ނަމަވެސް ތިމާގެ މޮޅުކަމާއި ބާރު ދައްކައި އަޑުގަދަކުރާ ބޭނުންކޮށްގެން އަވަށްޓެރިންނަށް އުނދަގޫ ކުރުމުގެ ޙުކުމް މިއާޔަތުން ސާފުވާނެ ކަމަށް އުންމީދު ކުރެވެއެވެ. ޔަޤީންވާ ކަމަކީ އަވަށްޓެރިންނަށް އުނދަގޫކޮށް ރަށުން ފޮނުވާލުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އެމީހުންނަށް ހެޔޮކޮށް ހިތުންކަމަށް ނުވާނެ ކަމެވެ.

ޞަޙީޙް ބުޚާރީ އާއި ޞަޙީޙް މުސްލިމަށް ބެލިނަމަވެސް އަވަށްޓެރިންގެ ޙައްޤުތައް ބަޔާންކުރާ ޙަދީޘްފުޅުތައް ހިމެނޭ ޚާއްޞަ ބާބުތައް ފެންނަން އެބަހުއްޓެވެ.

ފެންނަން ހުރި ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އަވަށްޓެރިއާއަކީ އެހެން ދީނެއްގެ މީހަކު ނަމަވެސް އެމީހަކަށްވެސް ޙައްޤުތައް އަދާކުރަން ޖެހެއެވެ. އަވަށްޓެރިންނަށް އުނދަގޫވާނެ އެއްވެސް ކަމެއް ކުރުން ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވައިފައެވެ.

މީހެއްގެ ކިބައިން މީހަކަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބިފައިވީނަމަވެސް އެކަމަށް ޤިޔާމަތް ދުވަހު ބަދަލުދޭން ޖެހޭނެއިރު ބަލި މީހުންނާއި ކުޑަކުދިން ނުވަތަ އެހެން މީހަކު ނަމަވެސް ނިދިއަ ނުދީ، ނިދި ނަގާލުމަކީ ދެވޭ އަނިޔާއަކަށް ވެގެން ނުދާނެބާވައެވެ! އަޑުގަދަކުރާ ބޭނުންކުރަންޖެހޭ ކަމެއް ނަމަ ނިދުމުގެ ވަގުތުގައި ނޫނީ އެކަން ނުކުރަނީ ކީއްވެގެންތޯއެވެ؟

އިސްލާމް ދީނުގައި އޮތީ ކޮންމެހެން ހޭލައި ހުންނަން ޖެހޭ ކަމެއްގައި ނޫނީ ޢިޝާ ނަމާދުގެފަހުން ހޭލައި ނުހުރުމަށެވެ. ވީއިރު އެކަމަށް މަގުފަހިކޮށްދޭން ނުޖެހޭނެތޯއެވެ؟

ޒަމާން ބަދަލުވި ނަމަވެސް ކިތަންމެ ބޮޑެތި ސިޓީތަކެއް ތަރައްޤީވި ނަމަވެސް އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އަދާކުރަންޖެހޭ ޙައްޤެއް އަދާނުކޮށް ސަލާމަތެއް ނުވެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް