އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާ ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާއިން ފަށައިފި

ސަލާ ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާއިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ވީނުވީއެއް ނޭނގުމާއިގުޅިގެން ސަލާ އާއި ބޯޓުގެ ކެޕްޓަން އައިބަޓްސަން ހޯދުމަށް އެ ޤައުމުގެ ފުލުހުން ކުރަމުން އައި މަސައްކަތް ހުއްޓާލުމުން، ސަލާ ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާއިން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުރަމުން ގެންދިޔަ ސަލާ އާއި ކެޕްޓަން އައިބަޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ އެމީހުންގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެންވެސް ފެންނާނެކަމުގެ ނިޝާނެއް ނުލިބުމުން ކަމަށެވެ.

ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ކައިރިން އެ ބޯޓު ގެއްލިފައިވާ އިރު، އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބޯޓުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ ބުނެފައެވެ.

ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ އާއި އައިބޮޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ ތިން ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހުއެވެ.

އެ މަސައްކަތް ހުއްޓާނުލަން ސަލާގެ ޢާއިލާ އާއި ފުޓްބޯޅަ ގިނަ ތަރިންތަކެއް އެދުނުނަމަވެސް ފުލުހުން އެ މަސައްކަތް އަލުން ނުފަށައެވެ.

އެހެންކަމުން ސަލާގެ ޢާއިލާ އިން ވަނީ ގޯފަންޑްމީ ވެބްސައިޓްގައި ފަންޑެއް ހުޅުވާލައެވެ. އަދި އެ ފަންޑު ހުޅުވިތާ 24 ގަޑި އިރުގެ ތެރޭގައި217،000 ޑޮލަރު ވަނީ ލިބިފައެވެ. އެފަންޑަށް އެހީވި މަޝްހޫރު ކުޅުންތެރރިންގެ ތެރޭގައި ލިއޮނަލް މެސީ އާއި އެންގޯލޯކާންޓޭވެސް ހިމެނެއެވެ.

ސަލާ ހޯދުމުގެ މަސައްކަތް ދެ ކަނޑު ބޯޓް ބޭނުންކޮށްގެން ފެށިނަމަވެސް ޢާއިލާއިން ބުނީ ފަންޑް އިތުރުވާ ވަރަކަށް އެހެން ބޯޓުތައްބޭނުންކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް