އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާ އާއި ޖަޕާނުގެ ސަލާމަތީ ކަންކަމާއިބެހޭ ގޮތުން ދެޤައުމުން މަޝްވަރާކުރަން ނިންމައިފި

ޗައިނާ އާއި ޖަޕާނުގެ ސަލާމަތީ ކަންކަމާއިބެހޭ ގޮތުން ދެޤައުމުން މަޝްވަރާކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ޗައިނާ އާއި ޖަޕާނުގެ ސަލާމަތީ ކަންކަމާއިބެހޭ ގޮތުން ދެޤައުމުން މަޝްވަރާކުރަން ނިންމައިފިއެވެ.

މި މަޝްވަރާތައް އޮންނާނީ މިއަދުގެ ވަގުތެއްގައި ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

ތަރުޖަމާން ގެންގ ޝުއަންގއާ ޙަވާލާދީ ޗައިނާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނާގޮތުގައި ދެ ޤައުމުގެ ސަލާމަތީ ކަންކަމާއިގުޅޭގޮތުން ބާއްވާ 16 ވަނަ މަޝްވަރާގައި އިސްކޮށް ބައިވެރިވަޑައިގަންނަވާނީ ޗައިނާގެ ވައިސް ފޮރިން މިނިސްޓަރ ކޮންގ ޒުއަންޔޫ އާއި ޖަޕާންގެ ސީނިއަރ ޑިޕިއުޓީ މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް ޓަކެއޯ މޯރީ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޑިޕްލޮމެޓިކް މަޝްވަރާތައްވެސް ކުރުމަށް ނިންމާފައިވާ ކަމަށާއި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، އުފެދޭ ބައެއް މައްސަލަތައް އަވަހަށް ޙައްލުކުރާނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެކަމަށްވެސް ތަރުމާނު ވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް