އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދުން ދުއްވުމަކީ ސްޕީޑް ބްރޭކަރު ހުރަސްކޮށް ކަފިހިހުރަސް މައްޗަށް އަރާ ހުރަސްކުރާ މީހުންގެ ގައިގަ ޖެއްސުންތޯ؟

ޤަވާއިދުން ދުއްވުމަކީ ސްޕީޑް ބްރޭކަރު ހުރަސްކޮށް ކަފިހިހުރަސް މައްޗަށް އަރާ ހުރަސްކުރާ މީހުންގެ ގައިގަ ޖެއްސުންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު

ޤަވާއިދުން ވެހިކަލް ދުއްވުމަކީ ކަފިހި ހުރަސްކުރަނިކޮށް ދުރުން އައިސް ސްޕީޑް ބްރޭކަރު ހުރަސްކޮށް ކަފިހިހުރަސް މައްޗަށް އަރައި ހުރަސްކުރާ މީހުންގެ ގައިގައި ޖައްސައިވައްޓާލުން ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. 

ސެނެހިޔާ ކައިރިން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނުއިރު ޓީ 4627 ނަމްބަރު ކާރުން ޖެއްސީ ދެ އަންހެނަކު ކަފިހިހުރަސްކުރަން އެހެން ވެހިކަލްތައް ފުރުޞަތު ދިނުމުން ހުރަސްކުރަމުން ދަނިކޮށް ދުރުން ދުއްވާފައި އައިސް ސްޕީޑް ބްރޭކަރު ހުރަސްކޮށް ކަފިހިހުރަސް މައްޗަށް އަރައެވެ. ޖެއްސުމަށްފަހު މަޑުކުރީމޭ ދުއްވީ ޤަވާއިދުންނޭ، ނޫސްތަކުގައި ލިޔަނީ ދޮގޭ ބުނުމުން އެކަން ދޮގަކަށްވަނީ ކިހިނަކުންތޯއެވެ؟ 

ކަފިހިހުރަހަކީ މީހުން ހުރަސްކުރަން ހަދާފައި ހުންނަތަނެކެވެ. ކަފިހިހުރަހުން މީހަކު ހުރަސްކުރަނިކޮށް ކަފިހިހުރަސް މައްޗަށް ވެހިކަލުގައި އައިސް އެރެނީ ކޮން ޤަވާއިދަކުންކަން އެނގޭ މީހަކު ބުނެދިނުން ރަނގަޅުވާނެއެވެ. ދެ އަންހެނުން ކުއްލިއަކަށް ކާރުގެ މައްޗަށް ނުކުތީ ކަމަށް ބުނި ނަމަވެސް އެއީ ތެދަކަށް ނުހެދޭނެއެވެ. އެކަން ސާބިތުވަނީ އެ ދެ އަންހެނުން ހުރަސްކުރަން ފުރުޞަތު ދީގެން އެހެން ވެހިކަލްތައް މަޑުކޮށްފައި އޮތުމުންނެވެ.

ކަފިހިހުރަހަށް މަޑުކުރި ކާރެއް ކަފިހި ހުރަސްމަތިން ހުރަސްކުރި ބައެއްގެ ގައިގައި ޖެހުން ވާނީ އަރަތުގެ އަރަތަކަށް ނޫންބާވައެވެ! "ކަފިހި ހުރަހަށް މަޑުކުރި. ސްޕީޑް ބްރޭކަރު ހުރަސްކުރި. ކަފިހި ހުރަސްމަތިން ދިއަ މީހެއްގެގައިގަ ޖެހުނު." އެހެންކަމަށްވާނަމަ ކަފިހި ހުރަހަށް މަޑުކުރަންޖެހޭ ސްޕީޑް ބްރޭކަރަށް މަޑުކުރީމާ ޖިންނިއެއް އައިސް ކާރު ކުރިއަށް ގެންދިއުމަކީ ޑްރައިވަރަށް ހުއްޓުވޭނެ ކަމަކަށް ނުވެދާނެއެވެ. ޑްރައިވަރު އެބުނަނީ އޭނާ ކަފިހި ހުރަހަށް މަޑުކުރީމާ ސްޕީޑް ބްރޭކަރު މަތިން ކާރު އަރުވައި ކަފިހިހުރަސްމަތިން ޖެއްސުވީ ޖިންނީގެ ބާރުގައި ކަމަށްވާނަމަ އޮންނާނީ ރުޤްޔާ ކުރުމެވެ. 

ބުއްދީގެ ހަމަތަކުން އެކަނި ބެލި ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ޑްރައިވަރު މަޑުނުކޮށް ކަފިހި ހުރަސްމައްޗަށް އެރުންކަން ޤަބޫލު ނުކުރެވޭނަމަ އެއީ މައްސަލައެކެވެ. މިއަދުނޫހުގައި މިއެކްސިޑެންޓްގެ ވާހަކަ ލިޔަނީ މަންޒަރު ފެނުނު މީހުންނާއި އިތުރު އެތައް ބައެއްގެ ކިބައިން މައުލޫމާތު ލިބިފައިވާތީއެވެ. މައުލޫމާތު ހޯދައިގެންނެވެ. 

މަންޒަރު ފެނުނު މީހުންގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ނޫހުގެ މުވައްޒިފަކުވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މައްސަލަ އެންމެ ފުރަތަމަ ރިޕޯޓްކުރި އެއް ނޫހަކީވެސް އެނޫހެވެ. އޭނާ އާއި ޙަވާލާދީ އެ ނޫހުގައިވެސް ރިޕޯޓްކޮށްފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ވެހިކަލަކުން ޖެހުނު ކަމަށެވެ. 

މިމޭރުމުން ތަފްޞީލުކޮށް ލިޔަން ޖެހުނީ މިއަދުނޫހުގައި މިކަމާއި ގުޅިގެން ދޮގު މައުލޫމާތު ހާމަކުރާކަމަށް ދޭހަވާގޮތަށް ޑްރައިވަރާއި ހަވާލާދީ ދެ ނޫހަކުން ލިޔުމުން ކަމުގެ ހަޤީޤަތް އިތުރަށް ހާމަކުރުމަށެވެ. ޑްރައިވަރު ފިލި ކަމަށް މިއަދުނޫހުގެ އެއްވެސް ލިޔުމެއްގައި ހާމަކޮށްފައެއް ނުވާނެއެވެ. އަނިޔާވި 2 އަންހެނުން ހޮސްޕިޓަލަށް ގެންދިއައީ ޑްރައިވަރު ކަމަށްވުމާއި ފުލުހުންނަށް ޑްރައިވަރު ބަޔާން ދިނުމަކީ ކަފިހިހުރަސް މައްޗަށް އަރައި  އަންހެނެއްގެ ގައިގައި ވޭނުން ނުޖައްސާކަމަށް ހެދޭނެ ސަބަބެއް ނޫނެވެ. ދެމީހަކު ދަނިކޮށް އެކެއްގެ ގައިގައި ޖެއްސުމުން އެމީހާ ދެންހުރި މީހާ ގައިމައްޗަށް ވެއްޓުމުން ދެވަނަ މީހާ ވެއްޓި ލިބޭ އަނިޔާއަކީ ޖެއްސި ޖެއްސުމުގެ ސަބަބުން ދެވަނަ މީހާއަށް ލިބުނު އަނިޔާއެއް ނޫންކަމަށް ދައްކަން ކިތަންވަރަކަށް އެހެން ބުނި ނަމަވެސް އެކަމުގެ ޒިންމާ އުފުލަން އެކެއްގެ ގައިގައި ޖެއްސި ޑްރައިވަރަށް ނުޖެހޭނެ އެއްވެސް ގޮތެއް ޤާނޫނު ނުދަނެއެވެ. ރާޢްޖޭގެ އިތުރުން ދުނިޔޭގެ އެއްވެސް ޤާނޫނެއްވެސް ނުދަނެއެވެ. 

ފުލުހުންނަށް ބަޔާން ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އިއުލާނުކޮށް ހޯދައިގެން އަދި ހައްޔަރުކޮށްގެން ގެންގޮސްގެން ވެސް ފުލުހުން ބޭނުންވާ ބަޔާން ފުލުހުން ހޯދާނެއެވެ. ފުލުހުންނަށް ބަޔާނެއް ދިނުމަކީ ކޮންމެހެން މީހަކު މާރަނގަޅު މީހަކަށްވެގެން ކުރާ ކަމެއް ނޫނެވެ. އެއީ ނުކޮށް ނުވާނެ ކަމެކެވެ.  

2 އަންހެނުންގެ ގައިގައި ޖެއްސި ވޭނަކީ ޢާންމުކޮށްވެސް ޤަވާއިދާއި ޚިލާފަށް ބާރަށް ދުއްވާ ވޭނެއް ކަމަށާއި އަވަހަށް ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ ގުޅަނީ އެ ވޭނަށް ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުންވެސް ވަނީ މިއަދުނޫހަށް މައުލޫމާތު ދީފައެވެ. މިއީ ޤަވާއިދުން ކަންކަން ކުރާ ރަނގަޅު މީހެއްގެ ކިބައިން ފެންނާނެ ސިފައެއް ނޫންކަންވެސް ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް