އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ކަނބަލުންގެ އަގު ވަޓާނުލާ! ދިވެހި ކަނބަލުންނަކީ ފިރިހެނުންނާ ވާދަކޮށް އިންތިޚާބު ކާމިޔާބުކުރާ ޤާބިލު ބައެއް!

ދިވެހި ކަނބަލުންގެ އަގު ވަޓާނުލާ! ދިވެހި ކަނބަލުންނަކީ ފިރިހެނުންނާ ވާދަކޮށް އިންތިޚާބު ކާމިޔާބުކުރާ ޤާބިލު ބައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އިންތިޚާބުތަކަށް ކުރިމަތިލުމުގައި އަންހެނުންނަށް ޚާއްޞަ ކޯޓާއެއް ހަމަޖެއްސުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ކަނބަލުންގެ އަގު ވައްޓައިލުމަށް ކުރަން މަސައްކަތްކުރާ ކަމެކެވެ. ސަބަބެއް ކަމަށް ބުނަނީ ދިވެހި ކަނބަލުންނަކީ އިންތިޚާބުތަކުގައި ފިރިހެނުންނާއި ވާދަކޮށްގެން ގޮނޑި ކާމިޔާބުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ޤާބިލު ބައަކުކަން އަބަދުވެސް ދައްކައިދެމުން އަންނާތީ ކަމަށެވެ. 

"މިހާރު މަޖިލީހުގަ އެ ތިއްބެވި އަންހެން މެންބަރުންނަކީވެސް ހަމަ ފިރިހެނުންނާއި ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވައިގެން މަޖިލީހަށް ވަދެވަޑައިގެން ތިއްބެވި ބޭކަނބަލުން. ކައުންސިލްތަކުގައި އެ ތިއްބެވީ ވެސް ހަމަ ފިރިހެނުންނާއި ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވައިގެން ތިއްބެވި ބޭކަނބަލުން. ވީމާ ދިވަހި ކަނބަލުންނަކީ ފިރިހެނުންނާއި ވާދަ ކުރައްވައި ކާމިޔާބު ކުރެއްވުމުގެ ޤާބިލުކަން ލިބިލައްވާފައިވާ ބޭކަނބަލުންކަން މިއޮތީ އެނގެން." 

"ކޯޓާ ދޭން މިއުޅެނީ ޤާބިލު ނޫން ބައަކު ކަންކަމަށް އިންތިޚާބުކުރަން ވެގެން. ގަދަކަމުން ބައަކަށް ގޮނޑިތަކެއް ދޭން ވެގެން. އެނޫން އެއްވެސް ސަބަބެއް ނެތް ކޯޓާ ހަދަންޖެހެންވީ. ރާއްޖެއަކީ އެއްވެސް މަޤާމަކަށް ކުރިމަތިލުމަށް، އަދި މަޤާމުއް ލިބުމަށް ޖިންސީ މައްސަލަތައް އޮތް ޤައުމެއް ނޫން!" 

މިމޭރުމުން ބައެއް ބޭފުޅުން ވިދާޅުވެފައިވާއިރު ބައެއް ބޭފުޅުން ވިދާޅުވަނީ ކޯޓާ ހަމަޖައްސާނަމަ ހަމަޖައްސަންވީ ސަރުކާރުން ދޭ ސިޔާސީ މަޤާމުތަކަށް ކަމަށެވެ. ސިޔާސީ މަޤާމުތަކަކީ ވާދަކުރުމުގެ ފުރުޞަތު ނެތި އައްޔަނުކުރާ މަޤާމުތަކަކަށްވާތީ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނުގެ ސަރުކާރުން މަޤާމުތައް ދެއްވާއިރު ދެ ޖިންސް ހަމަހަމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު