އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ރައްކަލަކަށްޓަކައި ވެސް އަނބިންނާއި ދިމާލަށް މިހެން ނުބުނާތި!

އަމިއްލަ ރައްކަލަކަށްޓަކައި ވެސް އަނބިންނާއި ދިމާލަށް މިހެން ނުބުނާތި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 53 ސިކުންތު

ގިނަ ފިރިހެނުން ދެކޭ ގޮތުގައި، އަނބިންނަކީ ގެންގުޅެން އުނދަގޫ ބައެކެވެ. ރުޅިގަދަ ބައެކެވެ.

 

ކުރެވޭ ކަމަކުން ނުވަތަ ބުނެވޭ ބަހަކުން ވެސް ވަރަށް ފަސޭހައިން އަނބިން ރުޅި އަތުވެދާނެއެވެ. މިހެން ކަންތައްތައް ދިމާވުމުން ނުވަތަ އަނބިމީހާ ރުޅިއައުމުން، އެއީ ކީއްވެގެންކަން ވެސް ގިނަ ފިރިންނަށް ނޭނގެއެވެ.

 

ޙަގީގަތުގައިވެސް ގިނަ އަންހެނުންނަކީ ކުދި ކުދި ކަންތަކާއިވެސް ރުޅިގަދަވާ ބައެކެވެ. އެއްޗެއް ބުނެވޭ ގޮތަކުންވެސް ރުޅިއަތުވެދާނެއެވެ.

 

ކައިވެންޏަށް ގިނަ ދުވަސްވެފައިވާނަމަ، އަނބިމީހާ ރުޅި އަންނަ ކުދިކުދި ކަންތައް ފިރިމީހާ އަށް އެނގެއެވެ. ނަމަވެސް އަލަތު ކައިވެނި ކޮށްގެން އުޅޭ ފިރިންނަށް، އަނބިމީހާގެ ރުޅިގަނޑު ރަނގަޅަށް ވިސްނުންވަނީ ވަރަށް ވެސް ދަތި އުނދަގޫ ކަމަކަށެވެ.

 

ވާހަކަ ދެއްކުމުގައި އަނބިންނާއި ދޭތެރޭ ސަމާލުވެ ބަލަންޖެހޭ ގޮތްތަކެއްވާކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

 

ތިރީގައިމިވާ ޖުމްލަތަކަކީ ނުވަތަ ބަސްތަކަކީ އަނބިންނާއި ދިމާލަށް އެއްވެސް ގޮތަކަށް ބުނުން ރަނގަޅު ބަސްތަކެއް ނޫނެވެ.

 

·        "އެހާ މުސްކުޅިއެއް ނޫން"

 

ތިމާގެ އަނބިމީހާއާއި ދިމާލަށް އަނބިމީހާ އެހާ މުސްކުޅިއެއް ނޫނޭ ނުވަތަ "އެހާ މުސްކުޅި ފާޑެއް ނުޖަހައޭ" ބުނުމަކީ ވަރަށް ބޮޑު ގޯހެކެވެ. ބައެއް ފަހަރު ފިރިމީހާގެ ސިއްޙަތަށް ވެސް (މި ޖުލްމަ ބޭނުން ކުރުމުގެ ސަބަބުން) އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރިވެއެވެ. "މުސްކުޅި" މިބަހަކީ އަނބިމީހާ ކައިރީގައި ބޭނުން ކޮށްގެންވާނެ ވެސް ބަހެއް ނޫނެވެ. 'އެހާ މުސްކުޅި ފާޑެއް ނުޖަހައޭ' ބުނުމުން އަނބިމީހާ އަށް ހީވާނީ ފިރިމީހާއަށް އޭނާ މުސްކުޅިފާޑު ޖަހައޭ ބުނާހެންނެވެ. އަދި އޭނާ ދެކެ ފޫހިވަނީ އޭވެސް ހީކޮށް އެކަމާއި ކަންބޮޑުވާނެއެވެ.

 

·        "އޭ، ކާއެއްޗެއް ހަދާބަލަ"

 

މިޖުމްލަ ބުނެގެން ކައެއްޗެއް ލިބުން ކަމުގައި ވިޔަސް، ގިނަ ފަހަރަށް ލިބެނީ އަނބިމީހާގެ ހިތުން ރުހުމުން ދީގެނެއް ނޫނެވެ. މިފަދައިން ބުނެފިނަމަ އޭނާއަަށް ހީވާނީ އަމުރުކުރަނީހެންނެވެ. އެހެންކަމުން ކާންއެއްޗެއް ހެދިޔަސް އަނބިމީހާ އެކަން ކުރާނީ ހިތްހަމަ ޖެހިގެން ހުރެ އެއް ނޫނެވެ. ބައެއް އަނބިން މިކަމާއި ރުޅިއައިސްގެން ދިމާލަށް އެއްޗެއް ބުނި ނަމަވެސް، މިފަދައިން މުޚާތަބް ކުރުމުން ދެރަވެ ރޮވޭ އަނބިންވެސް މަދެއް ނޫނެވެ.

 

·        "އަހަރެންގެ މަންމަ ތިކަން ކުރާ ގޮތް ކިޔާދެންތަ؟"

 

އެހީއެއް ވާންވިޔަސް، ނުވަތަ އެއްޗެއް ދަސްކޮށްދިނުމުގެ ނިޔަތުގައި ވިޔަސް، އަނބިމީހާ އާއި ދިމާލަށް މިހެން ނުބުނާށެވެ. އަންހެނުންނަކީ އެކަކު އަނެކަކާއި ވަރަށް ބޮޑަށް ވާދަވެރި ބައެކެވެ. އެހެންކަމުން އަނބިމީހާ ކަމެއް ކުރާއިރު އެކަން ކުރާނީ އެހެނެއް ނޫނޭ މަންމަ ތިކަން ކުރަނީ މިހެންނޭ ބުނުމުން، އަނބިމީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭނެއެވެ. އޭނާއަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއޭ ވެސް ހިތަށް އަރާނެއެވެ. އަނބިން އަބަދުވެސް ބޭނުންވާނީ އެމީހުންގެ ފިރިންނަށް އެންމެ ފުރިހަމައަށް ކަންތައް ކޮށްދޭ މީހަކީ އެމީހުން ކަމުގައިވާށެވެ. ކަންމިހެން ހުރުމާއިއެކު، އެހެން މީހަކު ކަންތައް ކުރަނީ މިހެންނޭ ބުނެފިނަމަ އަނބިމީހާ ވަރަށް ފަސޭހައިން ހިތްހަމަ ނުޖެހޭނެއެވެ.

 

·        "އަހަންނާއި އެކީ ޖިމަށް ދާނަންތަ؟"

 

އަނބިމީހާގާތު މިހެން އެހުމަށްވުރެ، ދިމާލަށް 'ތިހުރީ ވަރަށް ފަލަވެފައޭ ކުޑަކޮށް ކަސްރަތު ކޮށްލާށޭ' ބުނުންވެސް މާރަނގަޅުވާނެއެވެ. އެއީ ސީދަ އެހެން ނުބުނި ކަމުގައި ވިޔަސް، މިހެން ބުނުމުން އެބުނެވެނީ އެހެންނޭ އަނބިމީހާގެ ހިތަށް އަރާނެއެވެ. އަނބިމީހާ އާއި ދިމާލަށް 'މުސްކުޅިއޭ' ބުނުން ނުރައްކާތެރިވާ ގޮތަށް 'ފަލައޭ' ބުނުން ވެސް ވަރަށް ނުރައްކާތެރިއެވެ.

 

·        "އެހާ ސީރިއަސް ނުވެބަލަ!"

 

'ސީރިއަސް' މިބަހަކީ އަންހެނުންގެ ދެވަނަ ނަމޭ ވެސް މީހުން ބުނެ އުޅެއެވެ. ގިނަފަހަރަށް މަޖަލަކަށް ބުނެވޭ އެއްޗަކުން ވެސް އަނބިމީހާ ހިތްހަމަ ނުޖެހި ދާނެއެވެ. ހިތްހަމަ ނުޖެހިފައި އިންދާ އެހާ ސީރިއަސް ނުވެބަލާށޭ ބުނެފިނަމަ އަންހެނުންގެ ރުޅި ވާނީ ގަދައެވެ. ފިރިމީހާ އަށް އޭނާގެ އިޙުސާސްތަށް ނޭނގެނީ އޭ ބުނެ ރުޅިގަދަ ވެގެން ބައެއް ފަހަރު ރޯންވެސް ފަށާނެއެވެ.

 

·        "އެއީ ވަރަށް ސަޅި ކުއްޖެއް"

 

ތިމާގެ އަނބިމީހާގާތު، ވަކިން ޚާއްސަކޮށް އަނބިމީހާ ހުރި ތަނެއްގައި އެހެން މީހެއް ގާތު، އެހެން އަންހެން ކުއްޖެއްގެ (ރީތި ކަމުގެ) ވާހަކަ ދެއްކުމަކީ ތިމާގެ ސިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމެކަށް ވާނެއެވެ. ކުރިންވެސް ބުނި ފަދައިން ފިރިމީހާއަށް އަނބިމީހާ ނޫން އެހެން އަންހެނެއް ކަމުދިޔުމަކީ، އޭނާއަށް ކެތްކުރެވޭނެ ނުވަތަ ކެތްކުރަން ގިނަފަހަރަށް ބޭނުންވެސް ވާނެ ކަމެއް ނޫނެވެ.

 

އާއްމުގޮތެއްގައި ގިނަ އަންހެނުންނަކީ ވަރަށް ދީލަތި، ގެންގުޅޭ އެއްޗެހި އެހެން މީހުންނާއިވެސް ހިއްސާކޮށްގެން ގެންގުޅޭ ބައެކެވެ. ނަމަވެސް ފިރިމީހާ އާއި ޖެހިއްޖެނަމަ އެކަމެއް ނުވާނެއެވެ. އޭރުން އެފެށުނީ ބޮޑު ހަނގުރާމައެވެ. ކަންމިހެން ހުރުމާއިއެކު، އެހެން އަންހެނެއްގެ ވާހަކަ ދައްކާ އެމީހަކަށް ތަޢުރީފު ކުރުމުން ދެން ކަންތައް ވާނޭ ގޮތް އަމިއްލައަށް ވިސްނާލާށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ