އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިލްމީތަރި ދިޕިކާ އިސްލާމްވެ ފާއިޒާއަކަށް ވުމަށްފަހު - ރަނގަޅު ގޮތް އަބަދުވެސް ވާނީ ރަނގަޅު ގޮތަށް! މިއީ އަމިއްލަ ނިންމުމެއް - ނުބެހޭ!

ފިލްމީތަރި ދިޕިކާ އިސްލާމްވެ ފާއިޒާއަކަށް ވުމަށްފަހު - ރަނގަޅު ގޮތް އަބަދުވެސް ވާނީ ރަނގަޅު ގޮތަށް! މިއީ އަމިއްލަ ނިންމުމެއް - ނުބެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އިންޑިއާގެ ފިލްމީތަރި ދިޕިކާ ކައްކަރު އިސްލާމްވެ ފާއިޒާއަކަށް ވުމަށްފަހު މީޑިއާގެ ކުރިމަތީގައި ބުނީ  ރަނގަޅު ގޮތް އަބަދުވެސް ވާނީ ރަނގަޅު ގޮތަށް ކަމަށެވެ. އަދި ހިންދޫ ދީން ދޫކޮށް އިސްލާމް ވުމަށް ނިންމި ނިންމުން މިއީ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމާއި އެއްވެސް މީހަކު ނުބެހުމަށެވެ.  

ފާއިޒާ، އޭނާގެ އިސްލާމް ނަން އިއުލާނުކުރީ ޝުޢައިބް އިބްރާހީމް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރަން ބޭއްވި ކުޑަ ހަފްލާގައެވެ. ދިޕިކާއަކީ ހިންދޫއަކަށްވުމުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވިއެވެ. އެކަމަށް އިޝާރާތްކޮށް ފާއިޒާ ބުނީ މުސްލިމަކާއި ލޯބީގެ ގުޅުން އުފެއްދީ ހުރިހާ ކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ. އަދި ދީން ބަދަލުކުރީ ހަމައެކަނި ލޯތްބަށްޓަކައި ނޫން ކަމަށާއި ޝުޢައިބް ދެކެ ލޯބިވީ ވެސް އޭނާއަކީ މުސްލިމަކަށް ވުމުން ކަމަށެވެ.

ފާއިޒާ ބުނީ އޭނާ އިސްލާމް ވީ ކޮން ދުވަސްވަރެއްގައިކަން މީޑިއާގެ ކުރިމަތީގައި ހާމަކުރަން ބޭނުން ނުވާ ކަމަށާއި އެއީ 100 އިންސައްތަ އޭނާގެ އަމިއްލަ މައްސަލައެއް ކަމަށެވެ. ދީން ބަދަލުކޮށްގެން ޝުޢައިބާއި ކައިވެނިކުރަން ނިންމީ ކައިވެނިކުރާނެ ހިންދޫ މަޝްހޫރު ނޫނީ ތަނަވަސް މީހަކު ނުފެނިގެން ނޫން ކަމަށެވެ. "އަހަރެމެން މިތިބީ ވަރަށް އުފަލުން. ހުރިހާ ކަންކަން ކުރީވެސް ދެ ފަރާތުގެ ޢާއިލާ އާއިވެސް މަޝްވްރާކޮށްގެން" ކަމަށްވެސް ފާއިޒާ ބުނެފައިވެއެވެ. 

މިއީ މީގެ އަހަރެއްހައި ދުވަސް ހިނގާފައިވާ ކަމެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް