އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 35

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 35


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 18 ސިކުންތު

2. ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ދެވަނަ ވައްތަރަކީ: (وَعَمِلُوا الصَّالِحَاتِ) ނަމާދާއި ޒަކާތާއި ޙައްޖާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމްގެ ގުޅުން ދެމެހެއްޓުމާއި މިނޫންވެސް އެންމެހައި ހެޔޮޢަމަލުކޮށްފައިވުން.

ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލު ގަބޫލު ކުރައްވަނީ ދެ ޝަރްޠެއް ހަމަވެގެންނެވެ. އެއީ:

އެކެއް: ﷲ އަށް އިޚްލާޞްތެރިވުން.

ދޭއް: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރުން.

ކުރާ ޢަމަލުގައި ﷲ އަށް އިޚްލާޞްތެރި ނުވެވިއްޖެނަމަ އެކަމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫނެވެ. އެކަން ރައްދު ކުރައްވާނެއެވެ. وَعَنْأَبِيْسَعِيْدِبِنْأَبِيْفُضَالَةَرَضِيَاللهُعَنْهُ، وَكَانَمِنَالصَّحَابَةِقَالَ: سَمِعْتُرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "إِذَاجَمَعَاللهُالْأَوَّلِيْنَوَالْآخِرِيْنَيَوْمَالْقِيَامَةِلِيَوْمٍلَّارَيْبَفِيْهِ، نَادَىمُنَادٍ: مَنْأَشْرَكَفِيْعَمَلِهِلِلَّهِأَحَداًفَلْيَطْلُبْثَوَابَهُمِنْعِنْدِهِ، فَإِنَّاللهَأَغْنَىالشُّرَكَاءِعَنِالشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".

عَنْشَدَّادِبِنْأَوْسٍرَضِيَاللهُعَنْهُأَنَّهُسَمِعَالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "مَنْصَامَيُرَائِيْفَقَدْأَشْرَكَ، وَمَنْصَلَّىيُرَائِيْفَقَدْأَشْرَكَ، وَمَنْتَصَدَّقَيُرَائِيْفَقَدْأَشْرَكَ"މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".

ހަމައެއާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލަކަށް ވާން ޖެހޭނެއެވެ. ނޫންނަމަ އެކަމެއް ގަބޫލެއް ނުކުރައްވާނެއެވެ.

3. ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ތިންވަނަ ވައްތަރަކީ: (وَتَوَاصَوْا بِالْحَقِّ) "އެއްބަޔަކު އަނެއް ބަޔަކަށް ޙައްގަށް ވަޞިއްޔަތްކޮށް އުޅޭ މީހުން" މީހަކު ގޯސްގޮތަކަށް އުޅޭނަމަ އެގޮތަށް ނޫޅުމަށް ވަޞިއްޔަތް ކުރާނެއެވެ. އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކުރާނަމަ އެކަން ކުރުމަށް ވަޞިއްޔަތް ކުރާނެއެވެ. އަދި ޙަރާމްކަމެއް ކުރާނަމަ އެކަމެއް ނުކުރުމަށް ވަޞިއްޔަތް ކުރާނެއެވެ. އެމީހެއްގެ އަމިއްލަ ނަފްސަށް ރަގަޅު ވެލައިގެން ނުބައިކަންތަކުން ދުރުހެލިވެގެން ހުންނަނީކީ ނޫނެވެ. އޭގެ ބަދަލުގައި އެހެން މީހުންނަށްވެސް އޭގެ ފައިދާފޯރުކޮށްދޭން މަސައްކަތް ކުރެއެވެ.

3. ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ހަތަރުވަނަ ވައްތަރަކީ: (وَتَوَاصَوْا بِالصَّبْرِ) އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރެއެވެ.

ކެތްތެރިވުމަކީ: ކޮށްގެންނުވާނެ ކަންތައްތަކުން ނަފްސު ދުރުހެލި ކުރުވުމެވެ. ޢިލްމުވެރިން ކެތްތެރިކަން ތިންބަޔަކަށް ބައްސަވައެވެ.

ފުރަތަމަ: ﷲ އަށް ކިޔަމަންތެރިވުމުގައި ކެތްތެރިވުން.

ދެވަނަ: ﷲ ޙަރާމް ކުރެއްވިކަންތައްތަކުގައި ކެތްތެރިވުން.

ތިންވަނަ: ﷲ ގެ ގަދަރަށް ކެތްތެރިވުން.

މިތިން ބާވަތުގެ އިތުރު ތަފްޞީލް:

ﷲ އަށް ކިޔަމަންތެރިވުމުގައި ކެތްތެރިވުން.ބައެއް މީހުން ފަރްޟު ނަމާދު ޖަމާޢަތުގައި ކުރުމަށް ކަންނެތްވެއެވެ. މިސްކިތަށް ނުގޮސް ގޭގައި ކޮށްލައެވެ. އެއީ މިސްކިތަށް ދާން ބުރަޔަކަށް ވެގެންނެވެ. މިފަދަ މީހުންގެ ގާތުގައި ބުނެލަން އޮތީ މިސްކިތަށް ދިޔުން އެއީ ބުރަޔަކަށް ނުހަދާ ކެތްތެރިވެލާފައި މިސްކިތަށް ދާށެވެ.

ބައެއް މީހުން ޒަކާތަށް ނެރެން ޖެހޭ ފައިސާ ގިނަވީމާ އެކަމާ ދަހިވެތިވެއެވެ. އަދި ޒަކާތް ނެރުމާއި ނުނެރުމާއި ދެމެދު ދެފުށަށް ކެނޑޭގޮތް ވެއެވެ. މިފަދަ މީހުންނަށް ބުނަން ޖެހެނީ ޒަކާތް ނެރޭށެވެ. އަދި އޭގެ ސަބަބުން ހިތުގައި އުފެދޭ ޝައްކުތައް ދުރުކޮށްލާ އެކަންތައް ތަކާއި މެދުގައި ކެތްތެރިވާށެވެ. އެއީ ﷲ އަށް ކިޔަމަންގަތުމުގެ ގޮތުން ނެރެވިފައިވާ މުދަލެކެވެ.

 ﷲ ޙަރާމް ކުރެއްވިކަންތައްތަކުގައި ކެތްތެރިވުން.މަގުމަތިން ހިނގާފައި ދާއިރު ރީތި އަންހެން ކުއްޖަކު ފެނިދާނެއެވެ. އެހެންކަމުން، އެކުއްޖާގެ ހިނގުމަށް ބަލަހައްޓައިގެން އެކުއްޖާގެ ފަހަތުން ހިނގައި ހަދާފާނެއެވެ. ނަމަވެސް، އޭނާ ހަނދާންކުރަންވީ ކަމަކީ މިގޮތަށް ކަންކުރުމަކީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކަމެވެ. އެހެންކަމުން، ހިތުގެ އެދުން ތަކާއި ދުރުހެލިވެ، ކެތްތެރިވާނީއެވެ.

ﷲ ގެ ގަދަރަށް ކެތްތެރިވުން.އިންސާނާ އަށް ބަލިމަޑު ކަމެއް ޖެހިދާނެއެވެ. ނުވަތަ އޭނާގެ މުދަލުގެ ބަޔެއް ގެއްލިދާނެއެވެ. ނުވަތަ ލޯބިވާ ބަޔަކު ދުނިޔެ އާއި ވަކިވެގެން ހިނގައިދާނެއެވެ. މިފަދަ ކޮންމެ ވަގުތެއްގައި ހަނދާނަށް ގެންނަންވީ ކަމަކީ މިއީ ﷲ ގެ ގަދަރުގައި ވާގޮތް ކަމެވެ. މިކަންތަކަށް ކެތްތެރރިވާން ޖެހޭނެ ކަމެވެ. މިފަދަ ކަންތަކާއި ހިތާމަކޮށްކޮށް ހުރިނަމަވެސް ކުރާނެ ފައިދާ އެއް ނެތް ކަމެވެ.

އިންސާނާގެ ނަފްސަށް އެންމެ އުދަގުލީ ކޮން ވައްތަރެއްގެ ކެތްތެރި ކަމެއްތޯ؟

އެކި މީހުންގެ ޙާލަތު ތަފާތެވެ. ބައެއް މީހުންނަށް އުދަގުލީ ކިޔަމަންގަތުގައި ކެތްތެރިވުމެވެ. އަނެއް ބައި މީހުންނަށް އުދަގުލީ ޙަރާމް ކަންތަކުން ދުރުހެލިވުމުގައި ކެތްތެރިވުމެވެ. އެފަދަ މީހުންނަށް އަނެއް ދެވައްތަރަށް ކެތްތެރިވުމަކީ އުދަގުލެއް ނޫނެވެ. އަނެއް ބައިމީހުންނަށް ގަދަރަށް ކެތްތެރިވުން ކަމަކަށް ނުވި ނަމަވެސް ކިޔަމަންތެރި ކަމާއި ޙަރާމް ކަންތަކުން ދުރުހެލިވުމަށް ކެތްތެރިވުން އެއީ ކަމަކަށް ނުވެދެއެވެ.  ބައެއް މީހުން ކިތަންމެ އަޅުކަންކޮށް ހެޔޮކޮށް އުޅުނު ނަމަވެސް މުޞީބާތެއް ދިމާވާ ހިނދުގައި އެކަމަށް ކެތްތެރި ނުވެވިގެން މުރްތައްދުވާ ޙާލަތަށްވެސް ގޮސްފައި އެބަ ހުއްޓެވެ. ސޫރަތުލް ޙައްޖިގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١١﴾) މާނައަކީ: "شكއެއްގެމަތީގައި ތިބެގެން، اللَّهއަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبةއެއް ޖެހިއްޖެނަމަ، كفرވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ."

އެހެންކަމުން، މިސޫރަތުލް ލިބިގަންނަން ޖެހޭ ފިލާވަޅަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހުވާ ވަޙީ ކުރައްވާ، އަދި (އިންނަ) އާއި (ލާމް) ޛިކްރު ކުރައްވާ އިންސާނުންނަށް ކަށަވަރުކޮށް ދެއްވާފައި މިވަނީ އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައި ކަމެވެ. އަދި އިންސާނާގެ ހުރިހާ ދިމާލަކުންވެސް އޭނާ އަށް ވަނީ ގެއްލުމާއި ހަލާކު ކަމެވެ. ނަމަވެސް، އޭގެ ތެރެއިން އިސްތިޘްނާ ވަނީ އީމާންވެ، ޞާލިޙް ޢަމަލުކޮށް، އެކަކު އަނެކަކަށް ޙައްގަށް ވަޞިއްޔަތްކޮށް، އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށް އުޅޭ މީހުންނެވެ.

އެހެންކަމުން، މި ހަތަރު ޞިފައިން ޞިފަ ލިބިގެންފައިވާ މީހަކު ފިޔަވާ އެހެން މީސްތަކުންވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަން އެނގޭ ހިނދު ބުއްދިވެރި އެއް ނަމަ، މި ޞިފަތަކުން ޞިފަލިބިގަންނަން މަސައްކަތް ކުރާނެއެވެ. އަދި އޭނާގެ ނަފްސު ގެއްލުމާއި ހަލާކުގެ ތެރެއިން ސަލާމަތް ކުރަން މަސައްކަތް ކުރާނެއެވެ. ﷲ ތަޢާލާ އަޅުގަޑުމެން އެންމެންނަކީ ކާމިޔާބު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި. އާމީން.

(الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾  ) " އެއުރެންނަކީ دنيوىحياةގައި، އެއުރެންގެ عملތައް باطلވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ."

މިފަދަ މީހުންގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތު ފާޠިރުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  (أَفَمَن زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّـهَ يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّـهَ عَلِيمٌ بِمَا يَصْنَعُونَ ﴿٨﴾  ) މާނައަކީ: " ފަހެ، އެމީހެއްގެ ނުބައި عمل، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު عملކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفسހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّهއީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދި ސޫރަތު މުޙައްމަދުގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُم ﴿١٤﴾) މާނައަކީ: " ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرةން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عملއެމީހަކަށް زينةތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفسގެ އެދުންތަކަށް تبعވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

(أُولَـٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾  )

"އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافرވި މީހުންނެވެ. ފަހެ، އެއުރެންގެ عملތައް باطلވެފައިވެއެވެ. ފަހެ، قيامةދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عملތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ."

(بِآيَاتِ رَبِّهِمْ  ) މި އާޔަތުގެ ބޭރުފުށަށް ދޭހަވަނީ އެބައިމީހުންވަނީ ﷲ ގެ ކައުނީ އަދި ޝަރްޢީ އާޔަތްތަކަށް ކާފިރުވެގެން ކަމަށެވެ. ނަމަވެސް، އެބައިމީހުން ކާފިރުވެފައިވަނީ ﷲ ގެ ޝަރްޢީ އާޔަތްތަކަށެވެ. އަދި ކައުނީ އާޔަތްތަކަށް ކާފިރެއް ނުވެއެވެ. އެކަމުގެ ދަލީލަކީ ސޫރަތު ލުގްމާންގެ 25 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ  )

މާނައަކީ: " އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّهއެވެ." އެހެންވީމާ، އުޑާއި ބިން އުފެއްދެއްވުމުގައި ﷲ ފިޔަވާ އެހެން ފަރާތެއްވާ ކަމަކަށް އެބައިމީހުން ގަބޫލެއް ނުކުރެއެވެ. އަދިކިއެއްތަ، އެތަކެތި އުފެއްދެވީ ހަމައެކަނި ﷲ ކަމަށްވެސް އެބައިމީހުން ހެކިވެއެވެ. ނަމަވެސް އެބައިމީހުން އިންކާރު ކުރަނީ ރަސޫލު ބޭކަލުންގެ ވާހަކަތަކެވެ. އަދި އެބޭކަލުން ގެނެސްދެއްވި ތަކެއްޗަށެވެ. އެހެންކަމުން، އެބައިމީހުން ކާފިރުވެފައިވަނީ ﷲ ގެ ޝަރްޢީ އާޔަތްތަކަށެވެ. 

- ނުނިމޭ -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު