އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 37

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 37


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 37 ސިކުންތު

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ﴿١٠٧ )

ކާފަރުން ދެމިތިބޭން އޮތްތަނަކީ ނަރަކަކަން އެންގެވުމަށްފަހުގައި މި އާޔަތުގައި މިއަންގަވަނީ އީމާންވެ ހެޔޮޢަމަލުކުރި މީހުން ދެމިތިބެން އޮތްތަނަކީ ޖަންނަތުލް ފިރްދައުސް ކަމުގައި ލައްވާފައިވެއެވެ. ނަމަވެސް ދެޝަރްޠަކާ އެކުއެވެ. އެއީ:

1. އީމާންވުން.

2. ހެޔޮޢަމަލު ކުރުން.

އީމާންކަމުގެ މަޙައްލަކީ ހިތެވެ. ހެޔޮޢަމަލުތަކުގެ މަޙައްލަކީ ހަށިގަނޑެވެ. ބައެއް ފަހަރަށް ހަމައެކަނި ހިތްވެސް ހިމެނެއެވެ. މިޘާލަކަށް: ވަކީލުކުރުމާއި ބިރުވެތިވުމާއި ލޯބުވުމެވެ.

( الصَّالِحَاتِ )ހެޔޮޢަމަލަކަށްވާނީ އިޚްލާޞްތެރިކަމާއި އެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތަށް ކުރުމުންނެވެ. އެހެންކަމުން، އެޢަމަލެއްގައި ޝިރްކު ހިމެނިގެންވާނަމަ، ނުވަތަ ބިދްޢަވެރި ޢަމަލެއްކޮށްފިނަމަ އެކަމަކީ ޞާލިޙް ޢަމަލަކަށް ނުވާނެއެވެ. ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْإنِّيأُمرتُأنْأعبُدَاللهَمُخلِصاًلهُالدينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ". ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قلاللهَأعبُدُمخلِصاًلهُديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".

އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاعبُدِاللهَمخْلِصاًلهالدينَألاللهالدينُالخالصُ) މާނައަކީ:" ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ".

1.    عَنْأَبِيْأُمَامَةَقَالَ: جَاءَرَجُلٌإِلَىرَسُوْلِاللهِصَلَّىاللهُعَلَيْهِوَسَلَّمَفَقَالَ: "أَرَأَيْتَرَجُلاًغَزَايَلْتَمِسُالْأجْرَوَالذِّكْرَ، مَالَهُ ؟ فَقَالَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: لَاشَيْءَلَهُ، فَأَعَادَهَاثَلَاثَمَرَّاتٍ، وَيَقُوْلُرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: لَاشَيْءَلَهُ، ثُمَّقَالَ: إِنَّاللهَعَزَّوَجَلَّلَايَقْبَلُمِنَالْعَمَلِإِلَّامَاكَانَلَهُخَالِصاً، وَابْتُغِيَبِهِوَجْهُهُ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އެެއްދުވަހަކު މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ"، "މީހަކު ދަރުމަ އަށާއި އޭނާގެ ނަން މީސްތަކުންގެ ތެރޭގައި ޛިކްރު ކުރެވުމަށްއެދި ހަނގުރާމަކޮށްފި މީހަކަށް އޮތީ ކޮން ކަމެއްތޯއެވެ؟" ރަސޫލުﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެމީހަކު ތިންފަހަރަށް ސުވާލު ތަކްރާރު ކުރެއްވުމުންވެސް ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެއަށްފަހު ޙަދީޡް ކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ ގެ ވަޖުހުފުޅަށް އެދި، އިޚްލާޞްތެރިކަމާއި އެކު ކުޅަ އަމަލެއް މެނުވީ ﷲ ގަބޫލެއް ނުކުރައްވާނެއެވެ".

2. عَنْأَبِيْهُرَيْرَةَرَضِيَاللهُعَنْهُقَالَ: قَالَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: "إِنَّاللهَلَايَنْظُرُإِلَىأَجْسَامِكُمْوَلَاإِلَىصُوَرِكُمْ، وَلَكِنْيَنْظُرُإِلَىقُلُوْبِكُمْ) މާނައަކީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ހަށިގަނޑަކަށް ނުވަތަ ޞޫރައަކަށް ﷲ ބައްލަވާ ވޮޑިގެނެއްނުވެއެވެ. އެހެންނަމަވެސް، ﷲ ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ".

3. عَنْشَدَّادِبِنْأَوْسٍرَضِيَاللهُعَنْهُأَنَّهُسَمِعَالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "مَنْصَامَيُرَائِيْفَقَدْأَشْرَكَ، وَمَنْصَلَّىيُرَائِيْفَقَدْأَشْرَكَ، وَمَنْتَصَدَّقَيُرَائِيْفَقَدْأَشْرَكَ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".

وَعَنْمَحْمُوْدِبِنْلُبَيْدٍقَالَ: خَرَجَالنَّبِيُّصَلَّىاللهُعَلَيْهِوَسَلَّمَفَقَالَ: "يَاأَيُّهَاالنَّاسُإِيَّاكُمْوَشِرْكُالسَّرَائِرِ. قَالُوْا: يَارَسُوْلَاللهِوَمَاشِرْكُالسَّرَائِرِ ؟ قَالَ: يَقُوْمُالرَّجُلُفَيُصَلِّيْ، فَيُزَيِّنُصَلَاتَهُجَاهِداًلِمَايُرَىمِنْنَظَرِالنَّاسِإِلَيْهِ، فَذَلِكَشِرْكُالسَّرَائِرِ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި  ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ".

( جَنَّاتُ الْفِرْدَوْسِ) ަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَلَمَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا)[1]މާނައަކީ: "ސުވަރުގޭގައި ޢަޞާ ބަހައްޓާލާވަރުގެ ކުޑަތަންކޮޅެއްވެސް ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑެވެ." ހަމައެކަނި ތިބާ އުޅޭ ދުނިޔެ އެއް ނޫނެވެ. މުޅި ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަކަށް ވުރެ ސުވަރުގޭގައި ޢަޞާކޮޅު ބާއްވާ ކުޑަ ޖާގަ މާ ހެޔޮކަން ބޮޑުވާހަކަ އެވެ. ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧ ) މާނައަކީ: " ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمةތައް) އެއްވެސް نفسއަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عملތަކުގެ ޖަޒާއެއް ކަމުގައެވެ."

(خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨  ) އެބައިމީހުން (އީމާންވެ ހެޔޮޢަމަލުކުރިމީހުން) އެތަނުގައި (ސުވަރުގޭގައި) ދެމިތިބޭނެއެވެ.

( لَا يَبْغُونَ عَنْهَا حِوَلًا) އެބައިމީހުން ތިބިތަނުން އެހެންތަނަކަށް ބަދަލުވާކަށް ނޭދޭނެއެވެ. އެހެނީ، ކޮންމެ މީހަކުވެސް އެމީހަކަށް ދެއްވާފައިވާ ނިޢްމަތްތަކާއި މެދުގައި ތިބޭނީ ރުހިގެންނެވެ. އެމީހުންނަށްވުރެ މަތިވެރި ނިޢްމަތްތައް ލިބޭ މީހުން ފެނުނުކަމުގައިވީނަމަވެސް އެކަމާ ޙަސަދަވެރިވެ، އެދަރަޖަ އަށް ވާޞިލްވާކަށް ނޭދޭނެއެވެ.

ދުނިޔެމަތީގައި ކިތަންމެ މަތިވެރި ނިޢްމަތްތަކެއްގައި އުޅުނުނަމަވެސް، އެމީހުންނަށް ވުރެ މަތިވެރި ނިޢްމަތްތަކުގައި އުޅޭބަޔަކު ފެނިއްޖެނަމަ އެދަރަޖަ އަށް ވާޞީލްވާން ބޭނުންވާނެއެވެ. ނަމަވެސް، ސުވަރުގޭގައި އެހެންނެއް ނުވާނެއެވެ.

(قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا ﴿١٠٩  ) " ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمةފުޅުތަކަށް ދަވާދެއްކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمةފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަންރަސްކަލާނގެ އެފަދަ އެހެންކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ."

ސޫރަތުއް ލުގްމާންގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّـهِ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿٢٧) " އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، قلمތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، اللَّهގެ كلمةފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، اللَّهއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ."

(قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴿١١٠  )ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحىއިއްވަވަނީ، ތިޔަބައިމީހުންގެ إلهއަކީ، އެއް إلهއެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالحعملން عملކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ.

މި އާޔަތުގައި މިއަންގަވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ އެހެންވެސް އިންސާނުންފަދަ އިންސާނެއްކަމެވެ. އެހެންކަމުން، އެހެންވެސް އިންސާނުންނަށް ދިމާވާފަދަ ކަންތައްތައް އެކަލޭގެފާނަށްވެސް ދިމާވެއެވެ. އެކަލޭގެފާނަކީ އެހެން އިންސާނުންނަށް ދިމާވާފަދަ ކަންކަން ދިމާނުވާނެ ބޭކަލެއްކަމުގައި ބުނާ މީހުންނަށް ރައްދެއް ކަމުގައި މިއާޔަތް ފުދެއެވެ. އެކަލޭގެފާނަށް ﷲގެ އިރާދަފުޅާއި ލައިގެން މެނުވީ ބަޔަކު މީހުންނަށް ފައިދާ އެއް ހޯދައިދެވޭކަށްވެސް އަދި ގެއްލުމެއް ހޯދައިދެވޭކަށްވެސް ނޯންނާނެކަން ބަޔާން ކުރައްވާ ސޫރަތުލް ޖިންނިގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١) " ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ."

އެހެންނަމަވެސް، އެހެން އިންސާނުންނަށް ނުދެއްވާ ބަޔެއް ކަހަލަ ޚާއްޞަކަންތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވާފައިވެއެވެ. އެގޮތުން އެކަލޭގެފާނަށް ވަޙީ އިއްވެވެއެވެ. ޢާއްމު މީސްތަކުންގެ މައްޗަށް ވަޙީ ނުއިއްވެވެއެވެ.

(فَمَن كَانَ يَرْجُو لِقَاءَ رَبِّهِ)"ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!)"

ސޫރަތުލް ޢަންކަބޫތުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَن كَانَ يَرْجُو لِقَاءَ اللَّـهِ فَإِنَّ أَجَلَ اللَّـهِ لَآتٍ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿٥) "اللَّهއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهކަނޑައަޅުއްވާފައިވާ أجلއަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) ފަހަރުގައި މީހަކު ބުނެފާނެއެވެ. ޞާލިޙް ޢަމަލަކަށްވާނީ އިޚްލާޞްތެރިކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވިގޮތަށް ކޮށްގެންނެވެ. އެހެންވީރު، މިތަނުގައި އެވާހަކަ އިތުރަށް ގެންނަވާފައިވުމުގެ ޙިކްމަތަކީ ކޮބައި ހެއްޔެވެ؟ ޖަވާބަކީ: އެކަމުގެ މުޙިއްމުކަން ބަޔާންކޮށްދެއްވުމެވެ.

(بِعِبَادَةِ رَبِّهِ ) އޭނާގެ ރައްބަށް އަޅުކަން ކުމުގައި، މިފަދައިން ގެންނަވާފައިވަނީ ﷲ އަކީ އިންސާނާ އުފައްދަވާ ގެންގުޅުއްވާ އިލާހުކަން އިތުރަށް ޔަގީންކޮށްދެއްވުމަށެވެ. ސޫރަތު ފުއްޞިލަތްގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠  ) " ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّهއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكةން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعدކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبرލިބިގަންނާށެވެ!"

މިހާ ހިސާބުން މިސޫރަތުގެ ތަފްސީރު ނިމުނީއެވެ. މިސޫރަތުގެ ތަފްސީރު ލިޔެ ނިންމުމުގެ ތައުފީގް ދެއްވިކަމަށް ޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. سبحان ربك رب العزة عما يصفون وسلام على المرسلين والحمد لله رب العالمين. 

- ނިމުނީ - 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު