އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުން އެޑްވާންސްގެ ގޮތުގަ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާއިން ގެއްލިގެން ދިއައީ ކިތައް ބިލައަންކަން ހޯދިދާނެތޯ؟

ދައުލަތުން އެޑްވާންސްގެ ގޮތުގަ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާއިން ގެއްލިގެން ދިއައީ ކިތައް ބިލައަންކަން ހޯދިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

މިހައިތަނަށް ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު ސަރުކާރުން މަސައްކަތް ހަވާލުކުރަނީ މަސައްކަތް ހަވާލުވާ ފަރާތުން ބިޑް ސެކިޔުރިޓީގެ ގޮތުގައި އެޑްވާންސަށް ފައިސާ ބެހެއްޓުމުންނެވެ. ނަމަވެސް ދައުލަތުގައި ކޮރަޕްޝަން ޢާންމުވެ ބޮޑުންގެ ޖީބުތައް ފުރަން ފެށުމުން މި އިވެނީ އެތައް ސަތޭކަ މިލިއަން ރުފިޔާ އެޑްވާންސަށް ދައުލަތުން ދިނުމުން އެ ފައިސާ ނުލިބިގެން އުޅޭ ވާހަކަ އާއި ކޮންމެވެސް ކުންފުނިތަކަކަށް ބޮޑެތި ބަދަލުތަކުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދޭން ޖެހިގެން އުޅޭ ވާހަކައެވެ. 

މިގޮތަށް ދޫކުރާ އެޑްވާންސްތައް ދޫކޮށްފައި ހުރީ ކުންފުނިތަކަށް ލިބޭ ފައިސާއިން ދޫކުރި ފަރާތަށް ކިހައި ވަރެއް ލިބޭ ގޮތަށްކަން އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. 

މާލޭގައި އުޅުނު ރިބާއަށް ފައިސާ ދޫކުރާ މީހަކުގެ މިސާލަށް ވިސްނައިލުން ރަނގަޅެވެ. މީހަކު ދެ ލައްކަ ރުފިޔާ ބޭނުންވެގެން ހިނގައްޖެ ނަމަ އެމީހާގެ ނަމުގައި ލިޔާނީ ހަތަރު ލައްކަ ރުފިޔާގެ ޗެކެކެވެ. އެ ޗެކް ހިފައިގެން ޗެކަށް ފައިސާ ނަގަން އެމީހާ އާއިއެކު ބޭންކަށް ދާނެއެވެ. އެމީހާ ލައްވުވައި 4 ލައްކަ ރުފިޔާ ބޭންކުން ނެންގުވުމަށްފަހު ވަގުތުން 2 ލައްކަ ރުފިޔާ އެމީހާގެ އަތުން އަތުލާނެއެވެ. ނަމަވެސް ލިޔެކިޔުންތަކުން ފެންނަން ހުންނާނީ އޭނާ 4 ލައްކަ ރުފިޔާ ނެގިކަމަށެވެ. 

ދައުލަތުން މަސައްކަތް ކުރުވުމުގެ ނަމުގައާއި ޑޮލަރު ގަތުމުގެ ނަމުގައި ކުންފުނިތަކަށް އެޑްވާންސަށް ފައިސާ ދީގެން ކޮށްފައިވާ މުޢާމަލާތުތަކަށް ބެލުމުން ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން ފާހަގަކުރެވެއެވެ. މިއަދާއި ހަމައަށް ވެސް މިފަދަ މުޢާމަލާމާތުތަކުން ދައުލަތަށް ގެއްލުން ވެފައިވަނީ ޖުމުލަ ކިތައް ބިލިއަން ރުފިޔާކަން އެނގޭނެ ގޮތެއް ވެސް ނެތެވެ. 

ތަންކޮޅެއް ކުރިން ވަރަށް ގިނަ ފިހާރަތަކުގައި ޕޯސްޓަރެއް ހަރުކޮށްފައި ހުރެއެވެ. ފެންނާނީ ދަރަންޏަށް ފައިސާ ދިން މީހެއްގެ ތިޖޫރީ ހުސްވެ ތިޖޫރީގައި މީދާ އުޅޭތަނެވެ. ދަރަނި ދިން މީހާ ބޯގޮވައިގެން ބޮލުގައި އަތް އަޅައިގެން އިންނަތަނެވެ. ދިވެހި ދައުލަތުގެ މާލީ ޙާލަތު އަދި މިފެންނަނީ މިފަދަ މިސްރާބަކަށް ކުރިއަށް ގެންދެވޭ ތަން ކަމަށް ގިނަ ބައަކު ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް