އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްޖީރިއާގެ އެތައް ބައެއްގެ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ޒުލޭޚާ އަލް-ޝައިބް

އަލްޖީރިއާގެ އެތައް ބައެއްގެ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ޒުލޭޚާ އަލް-ޝައިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

މިދުނިޔޭގައި "ހީރޯ" އިންގެ ލަގަބު އަހަރުމެންނަށް ދެވިފައިމިވަނީ ބައެއް މީހުންނަށެވެ. އެލަގަބު ޙައްޤުވާ، ނަމަވެސް އެބައެއްގެ ވާހަކަތައް އަހަރުމެންނަށް ނޭނގޭ ކިތަންމެ ބައެއް ވެސް މިދުނިޔޭގައި އުޅެ، ނިމިގެންގޮސްފައިވެއެވެ.

އެފަދަ އެކަކީ އަލްޖީރިއާގެ ޒުލޭޚާ އަލް-ޝައިބް އެވެ. އޭނާއަކީ އޭނާގެ އެންމެ ފަހު ނޭވާއާއި ޖެހެންދެން ވެސް، ފްރާންސްގެ އަތް ދަށުން އަލްޖީރިއާ ސަލާމަތްކޮށް، އަލްޖީރިއާގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭން އެތައް މަސައްކަތްތަކެއް ކުރި ހިތްވަރުގަދަ ބޭކަނބަލެކެވެ.

ފްރާންސްގެ ބާރުގެ ދަށަށް އަލްޖީރިއާ ގެންދެވުނީ 1830 ވަނަ އަހަރުއެވެ. އެމީހުންގެ ކިބައިން ސަލާމަތްވެ މިނިވަން ޤައުމަކަށް އަލްޖީރިއާވީ 1962 އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގައެވެ. އެމުއްދަތުގެ ތެރޭގައި، ފަރަންސޭސިންގެ ކިބައިން އަލްޖީރިއާ ސަލާމަތް ކުރެވޭތޯ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރެއްވި އެކަކީ ޒުލޭޚާ އަލް-ޝައިބް އެވެ.

ފަރަންސޭސް ސިފައިން ޒުލޭޚާ ހައްޔަރު ކުރީ 1957 ވަނަ އަހަރުއެވެ. އެއީ އެމީހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތާއި، އެމީހުންނާއި ދެކޮޅަށް އަލްޖީރިއާގެ ރައްޔިތުން ނިކުތުމަށް ޒުލޭޚާ ގޮވާލަމުން ދިޔުމުންނެވެ. އަދި އެމީހުންނާއި ދެކޮޅަށް އެއްކޮށްފައި ހުރި ސިއްރު ލިޔެކިޔުންތަކަކާއި ހެކިތަކެއް ޒުލޭޚާ ފޮރުވައިގެން އުޅޭ ކަމަށް ވެސް ބުނެ، އެތަކެތި ވީތަނެއް ބުނުމަށް ވެސް ޒުލޭޚާއަށް މަޖުބޫރުކޮށް އެކި ގޮތްގޮތަށް އަދަބު ދެމުން ދިޔައެވެ.

އެގޮތުން އެއަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު، ފަރަންސޭސި ސިފައިންގެ ވެހިކަލެއްގައި ޒުލޭޚާގެ ދެ އަތް ބަނދެ، އޭނާ މުޅި އެއަވަށުގައި ދަމާފައިވެއެވެ. އޭނާއަށް އެއަދަބު ދެމުން ފަރަންސޭސިން އަޑުގަދަކުރާއިން ބުނަމުން ދިޔައީ، އެމީހުންނާއި ދެކޮޅުހަދާ ކޮންމެ މީހަކަށް އެފަދަ އަދަބު ދެވޭނެ ކަމަށެވެ.

ޒުލޭޚާ އަށް ދެމުން ދިޔަ އެއްވެސް އަނިޔާއަކަށް، އަޅަމުން ދިޔަ އެއްވެސް ވޭނަކަށް އޭނާ ޗުއްޕުވެސް ނުބުނެއެވެ. އަދި އެމީހުން ބޭނުންވި ލިޔެކިޔުންތައްވީ ތަނެއް ވެސް ހާމައެއް ނުކުރެއެވެ. އެހުރިހާ އަނިޔާތަކަކާއެކު ވެސް އޭނާ ހުރީ ކެތްކޮށްގެން ހަނުއެވެ.

އެންމެ ފަހުން އަނިޔާވެރި ފަރަންސޭސި ސިފައިން ޒުލޭޚާ ގަތުލު ކުރިއެވެ. އަދި އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހެލިކޮޕްޓަރަކުން ތިރިއަށް ވައްޓާލިއެވެ.

ޒުލޭޚާގެ ހަށިގަނޑު ވީތަނެއް ނޭނގި އެތައްތަނެއް އެތައް އަހަރެއް ވަންދެން ހޯދުމަށްފަހު، 1984 ވަނަ އަހަރު އަލްޖީރިއާގެ އުމުރުން ދުވަސްވީ ފަގީރަކު ވަނީ އޭނާ ވަޅުލި އަންހެނެއްގެ ހަށިގަނޑެއްވީތަން ކަމާބެހޭ ފަރާތްތަކަށް ދައްކާފައެވެ. އެމީހާ ބުނި ގޮތުގައި އޭނާ އެހަށިގަނޑު ހޮވީ މަގުމަތިންނެވެ. ކާކުކަމެއް ނޭނގޭވަރަށް ޗިސްވެފައި އޮތްކަމަށާއި އެހެންކަމުން ހަށިގަނޑު އޮތްގޮތަށް ވަޅުލީ ކަމަށް ވެސް އެމީހާ ބުންޏެވެ. ކަމާބެހޭ ފަރާތްތަކުން، އެމީހާ ދެެއްކިތަނަށް ގޮސް އެތަން ކޮނެ ބެލުމުން، އަންހެނެއްގެ ކަށިތަކަކާއި ހެދުމުގެ ބައިތަކެއް އެތަނުން ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ