އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސްތާ! ތަފާތު ވައްތަރުގެ ރަހަމީރު ޕިއްޒާ! "ސްޓޯން އަވަން" ވަރެއް ހަމަ ނެތީއޭ ދޯ!

އަސްތާ! ތަފާތު ވައްތަރުގެ ރަހަމީރު ޕިއްޒާ! "ސްޓޯން އަވަން" ވަރެއް ހަމަ ނެތީއޭ ދޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ޕިއްޒާ އެއް ގެންނަން ހިތައް އަރުވާ ކޮންމެ ފަހަރަކު އާންމުކޮށް މިލިބެނީ ޗިކަން، ބީފް ނުވަތަ ޓޫނާ ޕިއްޒާއެވެ. ނުވަތަ އެތިން ބާވަތްތައް ބޭނުންކޮށްގެން ހަދާފައި ހުންނަ ތަފާތު އެކި ވައްތަރުގެ ޕިއްޒާއެވެ.

ނަމަވެސް "ސްޓޯން އަވަން" އެހެން ތަންތަނާއި ތަފާތެވެ. އޭގެ އެއް ހެއްކަކީ، ރާއްޖޭގައި "ވަޅޯމަސް ޕިއްޒާ" އުފެއްދި އެންމެ ފުރަތަމަ ކުންފުންޏަށް "ސްޓޯން އަވަން" ވުމެވެ.

ވަޅޯމަސް ޕިއްޒާގެ އިތުރުން ސީފުޑްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ "ބޯވަ" ޕިއްޒާ ވެސް ލިބެއެވެ.

        

އާންމުކޮށް ގިނަ މީހުން އޯޑަރުކުރާ ހުރިހާ ވައްތަރެއްގެ ޕިއްޒާ ލިބުމުގެ އިތުރުން ސްޓޯން އަވަން އިން އުފައްދާ ޕިއްޒާގެ ތަފާތުކަމަކީ، އެތަނުން ފިހާ ޕިއްޒާތަކުގައި މީރު ވަރަކަށް ޗީޒް ގިނަވުމެވެ.

"ސްޓޯން އަވަން" ގެ ޚިދުމަތާއި ބެހޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ އިބްރާހިމް ވިދާޅުވީ ދުވަހުން ދުވަހަކަށް ސްޓޯން އަވަން އަށް ލިބެމުން އަންނަ ކުރިއެރުން އިތުރުވަމުންދާ ކަމަށެވެ.

"ކަސްޓަމަރުންގެ ފަރާތުން ހަމަ ވަރަށް ރަނގަޅު ފީޑްބެކް އެއް ލިބޭ! ގިނަ ކަސްޓަމަރުން ވެސް ހަމަ ބުނަނީ އަޅުގަނޑުމެންގެ އުފެއްދުންތައް ތަފާތުވެފަ މީރު ކަމަށް. ސްޓޯން އަވަންގެ ޕިއްޒާ އާއި އެހެން ތަންތަނުގެ ޕިއްޒާގެ ތަފާތުކަމަކީ ގިނަ ވެރައިޓީސް ހުރުމުގެ އިތުރުން އަގުވެސް ހެޔޮވުން" އަބްދުﷲ ވިދާޅުވިއެވެ.

         

"ސްޓޯން އަވަން" އިން ތައްޔާރުކުރަނީ ހަމައެކަނި ޕިއްޒާއެއް ނޫނެވެ. ތަފާތު އެކި ވައްތަރުގެ ބަރގަރ އާއި ސަބްމެރިން އަދި ޕާސްތާ ފަދަ ކާބޯތަކެތި ވެސް އެތަނުން ލިބެން ހުރެއެވެ.

ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ދެމުން އަންނަ "ސްޓޯން އަވަން" ގެ އަމާޒަކީ މިވިޔަފާރި އިތުރަށް ފުޅާ ކުރުމާއި، އަވަސް މުސްތަޤްބަލެއްގައި ބޮޑުތަނެއް ހިފައި، މިހާރަށްވުރެ އިތުރު ފުރިހަމަކަމާއެކީ ކަސްތަމަރުންނަށް ފުޑް އެންޑް ބެވެރެޖަސްގެ ޚިދުމަތް ދިނުމެވެ.

އޯޑަރ ކޮށްލުމަށް 3322000 ނަންބަރު ފޯނަށް ގުޅާލައްވާ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ