އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގަ ތިންފަށް ވަރިއަކުން ވަރިކުރުން މަނާކުރަނީ!

އިންޑިއާގަ ތިންފަށް ވަރިއަކުން ވަރިކުރުން މަނާކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

އިންޑިއާގަ ތިންފަށް ވަރިއަކުން ވަރިކުރުން މަނާ ކުރުމަށް ހުށަހެޅުނު ބިލް، އެޤައުމުގެ ލޯކް ސަބާ މަޖިލިހުން ފާސް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިބިލް ފާސް ކުރީ، އެއަމުރާއި ޚިލާފުވާ ފިރިހެނުން ތިން އަހަރު ދުވަހަށް ޖަލަށް ލެވޭނެ ކަމުގެ އަމުރަކާވެސް އެކުގައެވެ.

"ދަ މުސްލިމް ވިމެން (ޕްރޮޓެކްޝަން އޮފް ރައިޓްސް އޮން މެރިޖް) ބިލް" ނުވަތަ ތިންފަށްވަރިއަކުން ވަރިއަކުން ވަރިކުރެވޭ ބިލް ފާސްކޮށްފައިވަނީ، 303 ވޯޓުންނެވެ. އަދި ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ލާފައިވަނީ 82 ވޯޓެވެ.

މިބިލާއިމެދު ބަހުސް ކުރަމުން ޤާނޫނީ ވަޒީރު ރަވީ ޝަންކަރް ޕްރަސާދް ބުނީ، މިބިލް ފާސް ކުރަން ބޭނުންވަނީ ސިޔާސީ ނުވަތަ ދީނީ ފިކުރެއްގައި ނޫން ކަމަށާއި މިދެކަމާއިވެސް މިބިލާއި ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް ތިންފަށް ވަރިއަކުން އިންޑިއާގެ މުސްލިމު އަންހެނުން ވަރިކުރުން މަނާ ކުރަން ނިންމީ، އަންހެނުންނަށް ލިބިދޭން ޖެހޭ ޙައްޤުތަކެއް ހޯދައިދިނުމަށް ކަމަށް ވެސް ރަވީ ޝަންކަރް ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި މިފަދަ ޤާނޫނެއް ހަދައިދިނުމަށް އިންޑިއާގެ ބައެއް މުސްލިމު އަންހެނުން ވެސް ވަނީ އެދިފައެވެ. ތިންފަށް ވަރިއަކުން މުސްލިމު އަންހެނުން ވަރިކުރުން މަނާ ކުރާ ބިލް ތަންފީޒުވުމުން، އެމީހުން މިނިވަންކަން ފާހަގަ ކުރާނެ ކަމަށް އެއަންހެނުން ބުނި ކަމަށް ވެސް ރަވީ ބުނެފައިވެއެވެ.

މީގެއިތުރުން ރަވީ ކިޝަން ބުނީ، ފުރަތަމަ ވަރީގައިވެސް "ތިހުރީ ތިން ފަށް ވަރިއަކުން ވަރި ކޮށްފައޭ" ބުނެ ވަރިކުރާ ފިރިހެނުން ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ވެސް އެބިލްގައި ކަނޑައެޅީ، ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަމާއި އިންސާފު ގެނެސްދިނުމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ