އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެވުނު ޗޮކްލެޓެއްގެ ސަބަބުން ފުރާނައަށް ނުރައްކާވި މަންމަގެ ފުރާނަ 8 އަހަރުގެ ދަރިފުޅުގެ މަސައްކަތުން ސަލާމަތްކޮށްފި

ކެވުނު ޗޮކްލެޓެއްގެ ސަބަބުން ފުރާނައަށް ނުރައްކާވި މަންމަގެ ފުރާނަ 8 އަހަރުގެ ދަރިފުޅުގެ މަސައްކަތުން ސަލާމަތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މަންމަ ބުނީ އޭނާއަށް ކެވުނު ޗޮކްލެޓެއްގެ ސަބަބުން ނޭވާލުމަށް ދަތިތައް ކުރިމަތިވި ކަމަށާއި ގައިގެ ބާރުވެސް ކަނޑިގެން ދިއަ ކަމަށެވެ. "އެއިރު އަހަރެން ހުރީ ގޭގެ ތިރީ ބައިގަ ދަރިން ތިބީ މަތީ ބައިގަ. ދޮށީ ދަރިފުޅުގެ އުމުރަކީ 8 އަހަރު. އޭނާގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ވެއްޓިއެވެ އަތުޖެހުނުހައި އެއްޗެއް އުކީ. އެއަޑަށް ދަރިފުޅު ފޭބީ." 

"ފުރަތަމަވެސް ފޯނު ނަގާފައި 999 އަށް ގުޅާފައި ބުނީ މަންމަ ވެށްޓިފަ އެބަ އޮތޭ. ފުރާނައަށް ނުރައްކަލޭ. ނޭވާއެއް ނުލައޭ." 

އެހެން ބުނެފައި އައިސް ގޭގެ ދޮރު ހުޅުވައި ޕެރެމެޑިކް މީހުންނަށް ގެއަށް ވަދެވޭނެ ގޮތް ހަދައި ދިނެވެ. އަހަރެންގެ ބޯ އުފުލިއެވެ. އަދި މެއަށް ފިތައި ޕަމްޕްކުރަން ފެށިއެވެ. ޕެރެމެޑިކް މީހުން 10 ވަރަކަށް މިނިޓް ތެރޭގައި އައިސް އަހަރެމެން ހޮސްޕިޓަލަށް ގެންދިއައެވެ. ހޮސްޕިޓަލުން ފަރުވާ ދިން ނަމަވެސް އަހަރެން ޤަބޫލުކުރަނީ އަހަރެންގެ ފުރާނަ ސަލާމަތްކުރެވުނީ ދަރިފުޅުގެ ވިސްނުން ތޫނުވެފައި ދަރިފުޅުގެ މަސައްކަތުން ކަމަށެވެ.

އެންމެ ފާހަގަކުރެވުނު އެއް ކަމަކީ އެ ރޭ އަހަރެން އެޑްމިޓް ކުރުމުން މާމަމެން ގެއަށް ނިދަން ދިއުމަށް ދެކޮޅު ހެދިކަމެވެ. ދާނީ މަންމަ ގޮވައިގެން ކަމަށް ބުނެ ހޮސްޕިޓަލުގައި މަޑުކުރި ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް