އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާ ގައިގަ އަލިފާން ރޯކޮއްލީ ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ފުރައްސާރަ ކުރުމުން!

ފިރިމީހާ ގައިގަ އަލިފާން ރޯކޮއްލީ ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ފުރައްސާރަ ކުރުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އުމުރުން ހަތް އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރަމުން އަންނަކަން އެނގުމުން، ސައުތު އެފްރިކާގެ އަންހެނަކު އޭނާގެ ފިރިމީހާ ގައިގާ އަލިފާން ރޯކޮށްލައިފިއެވެ.

ވެނެސާ ޖެކްސަން (40އ.) ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ފިރިމީހާ ވިންސެންޓް ފިލިޕްސް (52އ.) ގެ ގައިގާ އަލިފާން ރޯކޮށްލީ، އެދެމީހުންގެ ކުޑަ އަންހެން ދަރިފުޅަށް ވިންސެންޓް ޖިންސީ ގޯނާ ކުރަމުން އަންނަކަން އެނގުމުން ކަމަށެވެ.

ވެނެސާ ބުނިގޮތުގައި ފިރިމީހާގެ ގައިގާ ރޯކޮށްލީ، އޭނާ ނިދާފައި އޮއްވައެވެ. މިހަމަލާގެ ސަބަބުން ވިންސެންޓް މަރުނުވި ނަމަވެސް ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވެއެވެ. އަދި އޭނާގެ މައްޗަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

ފުލުހުން މިމައްސަލަ ބަލާ، ވެނެސާ ހައްޔަރު ކުރި ދުވަހުވެސް އޭނާވަނީ ވިންސެންޓުގެ ގައިގާ ރޯކޮށްލި ކަމަށް އެއްބަސްވެފައެވެ. އޭނާ ބުނިގޮތުގައި ވިންސެންޓްގެ ގަޔަށް ބަޑިނުޖެހީ އެއީ "ކުޑަ އަދަބަކަށް" ވާނެތީއެވެ.

މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވެނެސާ، މަޑުކުރަމުންދަނީ ކޯޓުން އެމައްސަލަ ބަލާނެ ދުވަހަކަށެވެ.

ވެނެސާ އެފަދަ ހަމަލާއެއް އޭނާގެ ފިރިމީހާއަށް ދިނީ، އެނާގެ ދަރިފުޅަށް އެފަދަ ގޯނާއެއް ކުރުމުން ކަމަށާއި މައެއްގެ ގޮތުން ކުރި އަސަރަކުން ކަމަށްބުނެ، އެޤައުމުގެ ގިނަ ރައްޔިތުން ދަނީ އޭނާ ދޫކޮށްލުމަށް ނުވަތަ އަދަބު ލުއި ކޮށްދިނުމަށް އެދި ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ