އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާހްތަކާ ގުޅިގެން ސަރުކާރުން ފުލުހުން ލައްވާ ނާޖާއިޒު ފައިދާ ނުނަގައިފިނަމަ މައްސަލައެއް ނެތް!

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާހްތަކާ ގުޅިގެން ސަރުކާރުން ފުލުހުން ލައްވާ ނާޖާއިޒު ފައިދާ ނުނަގައިފިނަމަ މައްސަލައެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ސަރުކާރުން ޓެރަރިޒަމްގެ ޤާނޫނަށް ހުށްހެޅި އިޞްލާޙްތައް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ފާސްކުރި އިޞްލާޙްތަކަށް ބަލާއިރު ސަރުކާރުން ފުލުހުން ލައްވައި ނާޖާއިޒު ފައިދާ ނުނަގައިފިނަމަ މައްސަލައެއް ނެތް ކަމަށް އެއްބައަކު ބުނަމުން ގެންދާއިރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ބިލުގެ ނާޖާއިޒު ފައިދާ ފުލުހުން ނުނަގާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. 

ބިލާއި ގުޅިގެން މައުލޫމާތު ދެއްވި ފަރާތަކުން ވަނީ ބައެއް ކަންބޮޑުވުންތައް ފައުޅު ކުރައްވައިފައެވެ.

"ރައީސް މައުމޫނުގެ ވެރިކަމަށް ބަލައިފިނަމަ ޞުލްޙަވެރި އެއްވުންތަކަށް ސަރުކާރުން ސްޕޮންސަރކޮށްގެން މީހުން ފޮނުވައި ވަޅިން ހަމަލާދިނުން ފަދަ ކަންކަން ވަނީ ކޮށްފަ. މީހުން މަރުވެސްވަފަ އެބަހުރި. ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާ ތެރެއަށް ހަމަ ސަރުކާރު ސްޕޮންސަރޑް ހަމަލާތައް ވަނީ ވަދެފަ. ފުލުހުން ބައިވެރިކޮށްގެން ފުލުހުން ލައްވައި ވަނީ ޑްރާމާވެސް ކުޅުވާފަ. ވީމާ އެއިރަކު ވެރިކަން ކުރާ ސަރުކާރަކުން ބޭނުންވެއްޖެ ނަމަ ޞުލްޙަވެރި އެއްވުންތަކަކީ ޓެރަރިޒަމް ކަމަށް ބަދަލުކޮށްލުން އެއީ ހަމަ ވަރަށް ފަސޭހަ ކަމެއް!" 

"ޓެރަރިޒަމްގެ އަމަލުތައް ކަމަށް ބިލުގައި ހުރިކަންކަމުގަ އެއްވެސް މައްސަލައެއް ނެތް. މައްސަލައަކީ ސަރުކާރުން ސިޔާސީ ބޭނުމަކަށް މީހެއްގެ ގެ ބަލައި ފާސްކޮށްލަން ބޭނުންވުމުން ކޯޓު އަމުރެއް ނެތި އެކަން ކުރެވޭނެތީ. ފުލުހުންގެ އަމަލުތަކާމެދު ވަރަށް ބިރުގަނޭ! ރައީސް ޔާމީނުގެ ވެރިކަމުގަ ފުލުހުންނަށް ވަރަށް ގިނަ ބޮޑެތި ބިޔަ ހެކިތައް ފެނިގެން އިންޓެލިޖެންސް ހެކި ލިބިގެން ގިނަ ބައަކު ހައްޔަރުކުރި. ކޯޓުގައި އެއްވެސް ހެއްކެއް ދެއްކުނުތޯ؟ އަބަދުވެސް ދައްކަމުން ދިއައީ ދިފާޢީ ވަކީލަށްވެސް ނުދައްކާ ސިއްރުކުރާ ކަރުދާސްގަނޑެއް. އެހެންވީމާ ކަންބޮޑުވަނީ. ބައެއް މީހުން ޤައުމުން ބޭރުގައި ބޮޑެތި ބިޔަ އިމާރާތްތައް ގަނެގެން އުލުނު ކަމުގެ ހެކިވެސް ފުލުހުންނަށް ލިބުނު ކަމަށް. މީހާ ބަންދުކޮށް ދުވަސް ދުއްވައިލި ހިސާބުން އެ ބިޔަ އިމާރާތްތައް އަޅިއަށްވެ އެ ހުރި ތަންތަނުން ހަވައަށް ބުރައިގެން ދިއައިމަ ނޫންތޯ އެ އިމާރާތްތައް ނުދެއްކުނީ؟" 

"ސިޔާސީ އަނިޔާއިން ސަލާމަތްވެ ތިބެވިގެން އަމާންކަން ލިބޭނީ. ފުލުހުންލައްވައި ސިޔާސީ އަނިޔާ ކުރުވާހައި ދުވަހަކު އަމާންކަމެއް ނުލިބޭނެ. ކޮބައިތޯ ދޮގު ބަޔާންތައް ދިން ފުލުހުން؟ ރައީސް ޔާމީނު ރުއްސަން މީޑިއާތަކަށް އަރައި ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައިދިން ފުލުހުން.؟ ކޮބައިތޯ އެ އޮފިސަރުންނާއިމެދު އެޅި ފިޔަވަޅަކީ؟" 

ގިނަ މީހުން ބުނަނީ މިއަދު ފާސްކުރި އިޞްލާޙްތައް ފާސް ނުކުރި ނަމަވެސް ޓެރަރިޒަމްގެ އަމުލުތައް ހުއްޓުވަން އެއްވެސް ހުރަހެއް ފުލުހުންނަށް ނެތް ކަމަށެވެ. އަދި އިޞްލާޙްތައް ފާސްކުރުމަކުން ވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ކަންބޮޑުވުން އަބަދުވެސް އޮންނަނީ ތަންފީޒީބާރުތަކުގެ އިކްލާޞްތެރިކަމާއިމެދުގައި ކަމަށެވެ.

މަޖިލީހުން މިއަދު ފާސްކުރި އިޞްލާޙްތަކަށް ބަލާއިރު ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ވެރތިކަމުގައި ޞުލްޙަވެރި އެއްވުންތަކާއި ދެކޮޅަށް "ސްޓޭޓް ސްޕޮންސަރޑް" ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވުމުން ލިބުނު ބިރުވެރިކަން އަދިވެސް ގިނަ ބައެއްގެ ހިތްތަކުން ފިލައިގެން ނުދާތީ ރައްޔިތުންގެ ގިނަ ބައަކު އަދިވެސް ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް