އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަބޫލު ނުކުރި ނަމަވެސް ރައްޔިތުންގެ މާލީ ފުދުންތެރިކަމުގަ ދަތިތަކެއް އެބަހުރި!

ޤަބޫލު ނުކުރި ނަމަވެސް ރައްޔިތުންގެ މާލީ ފުދުންތެރިކަމުގަ ދަތިތަކެއް އެބަހުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 30 ސިކުންތު

އަޅުގަނޑު ވަރަށް ރަނގަޅަށް އޭނާ ދަންނަތާ 30 ވަރަކަށް އަހަރުވެދާނެއެވެ. ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް އޭނާ އަބަދުވެސް ކުރާ މަސައްކަތަކީ މީހުން ބޭނުންކުރާ ޒާތުގެ ތަކެތި ހިފައިގެން ގޭގެއަށް ގޮސް ވިއްކަން މަސައްކަތް ކުރުމެވެ. އޭނާ ދިރިއުޅެން ކުރާ މަސައްކަތަކީ އެއީ އެވެ. 

މަގުމަތިން ވަރަށް ގިނައިން ބައްދަލުވެއެވެ. އެދޭ ހަމައެކަނި އެހީއަކީ ކޮންމެވެސް ތަނަކަށް އޭނާ ގެންގޮސްދިނުމުގެ އެހީއެވެ. އެއްވެސް މާލީ އެހީއަކަށް އޭނާ ނުއެދެއެވެ. 

ނަމަވެސް މިރޭ ބައްދަލުވުމުން ބުނީ ކުރާ މަސައްކަތުން މިހާރު އާމްދަނީއެއް ނުލިބޭ ކަމަށާއި މާލީ ގޮތުން ދަތިތައް ކުރިމަތިވެ އަސާސީ ބޭނުންތައް ވެސް ނުފުދޭތީ ވަރަށް ދަތިޙާލުގައި އުޅޭ ވާހަކައެވެ. 

ބާޒާރުމަތީގައި ހިނގައި އެއްޗެތި ވިއްކައިގެން އާމަދަނީ ހޯދާ އުމުރުން ދުވަސްވީ މީހަކުވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން މިފަދަ ވާހަކައެއް ބުނެފައިވެއެވެ. އެއްޗެއް ގަންނާނޭ މީހަކު ނުވާކަމަށާއި އެއްޗެތި ގަންނަން ބޭނުންވި ނަމަވެސް ގަންނާނެ ފައިސާ އަތުގައި ނެތް ކަމަށް މީހުން ބުނާ ވާހަކައެވެ.

މިކަންކަމުން އެނގެނީ ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ ޢާންމު ރައްޔިތުންގެ މާލީ ޙާލަތު ވަރަށް ބޮޑަށް ދަށަ ހިނގައްޖެ ކަމެވެ. މަދު ބައަކަށް ބޮޑެތި މުސާރަތަކެއް ލިބުނު ނަމަވެސް ޢާންމުން ދިރިއުޅެނީ ވަރަށް ދަތި ޙާލުގައި ކަމެވެ.

ރައްޔިތުންގެ ފުދުންތެރިކަން ކުރިނުއަރާނަމަ ޤައުމުގެ އިޤްޠިޞާދު ކުރިއަރާކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް ފައިދާ ކުރާ ކަމަކަށް ވެސް ނުވާނެއެވެ. ވީމާ ޢާންމު ރައްޔިތުންނަށް ކުރިމަތިވަމުން މިއަންނަ މައްސަލަތަކާއިމެދު ވިސްނައި އަވަސް ހައްލެއް ހޯދޭނެ ގޮތްތަކެއް ފަހިކުރަން ޖެހޭކަން ފާހަގަކުރެވެއެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް