އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާ އާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެއްޖެ! އެމެރިކާއިން ޝަހީދުކޮށްލީ އައިސިސް ބަލިކުރި އިސް 2 މުޖާހިދުން: އިރާޤް

އެމެރިކާ އާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެއްޖެ! އެމެރިކާއިން ޝަހީދުކޮށްލީ އައިސިސް ބަލިކުރި އިސް 2 މުޖާހިދުން: އިރާޤް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އެމެރިކާއިން ހުކުރު ދުވަހު އީރާނުގެ ކޮމާންޑަރަށް ހަމަލާ ދީފައިވަނީ އެމެރިކާ އާއިއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ކަމަށް ވިދާޅުވެ އެމެރިކާގެ ޙަމަލާ އިރާޤުގެ ބޮޑުވަޒީރު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. 

ބޮޑުވަޒީރު ޢާދިލް ޢަބްދުލްމަހްދީ ވިދާޅުވީ އެމެރިކާއިން ހުކުރު ދުވަހު ދިން ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އައިސިސްގެ ބާރު ކަނޑުވާލަން ޖިހާދުކުރެއްވި 2 މުޖާހިދުން ކަމަށެވެ. 

ބޮޑުވަޒިރު ވަނީ އިރާޤުގެ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އިރާޤުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތަކަށް މަޝްވަރާކުރުމަށްވެސް ގޮވާލައްވައިފައެވެ. 

އިރާޤުގެ ރައީސް ބަރްޙަމް ޞާލިޙް ވެސް އެމެރިކާގެ މިހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި ކެތްތެރިކަން އިސްކޮށްދިނުމަށް އީރާނުގެ ކިބައިން އެދިވަޑައިގެންފައެވެ. 

މުރާސިލުން ދެކޭ ގޮތުގައި އެމެރިކާއިން ބޭނުންވެގެން އުޅެނީ ބޮޑު ހަނގުރާމައެއް ފަށައި ސައުދިޢަރަބިޔާ ޔޫއޭއީ ފަދަ މުއްސަނދި ޤައުމުތައް ހިމާޔަތްކުރުމުގެ ނަމުގައި އެމެރިކާއަށް ގިން އަދަދެއްގެ ފައިސާ ހޯދުމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް