އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގަ ފެތުރެމުންދާ ކޮރޯނާ ވައިރަސްގަ މަރުވީ މީހުންގެ އަދަދު 9 އަށް! ބަލިޖެހުނުކަން ޔަޤީންކުރެވުނު އަދަދު ހަތަރު ސަތޭކަ ސާލިސް އަށް!

ޗައިނާގަ ފެތުރެމުންދާ ކޮރޯނާ ވައިރަސްގަ މަރުވީ މީހުންގެ އަދަދު 9 އަށް! ބަލިޖެހުނުކަން ޔަޤީންކުރެވުނު އަދަދު ހަތަރު ސަތޭކަ ސާލިސް އަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޒާތުގެ ބަލީގައި އަންގާރަ ދުވަހުގެ ނިޔަލަށް 9 މީހުން ވަނީ މަރުވެފައެވެ. 440 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ. 2200 މީހުންނަށް ބަލިޖެހިފައިވާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެންމެ ހޫބެލަ ޕްރޮވިންސްގައި މިހާރުވަނީ ގިނަ މީހުން އެއްތަނަކަސް އެއްވެ އުޅުން މަނާކޮށްފައެވެ.

ހުބެލްގެ ވޫހަން ސިޓީން މިދިއަ އަަހރު ފެނުނު މި ބަލި މިހާރު ވަނީ ޝައިނާގެ ވެރިރަށް ބީޖިން އަށާއި ޝަންހާއީއަށް ފެތރުމުގެ އިތުރުން އެމެރިކާ، ޖަޕާން، ތައިލަންޑް ދެކުނު ކޮރެއާ އަދި ޓައިވާނަށްވެސް ފޯރައިފައެވެ.

ޗައިނާއަކީ ދުނިޔޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ހިއްޞާކުރާ އެއް ޤައުމުކަމުގައިވުމުން އަދި ވިޔަފާރީގެ ބޭނުންތަކަށްވެސް އެންމެ ގިނަ ބައަކު ދަތުރުކުރާ ޤަުމުކަމަށް ބަލި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް