އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: މިތުއްތު ކުއްޖާގެ ހަންގަނޑު އަންނަނީ ދުވަހުން ދުވަހަކަށް ހަލާކުވަމުން، ފަރުވާއަށް މާލެ އައިސް ހުރެވޭނެ ގޮތެއް ހޯދާދެއްވާ!

އެހީ ރިޕޯޓް: މިތުއްތު ކުއްޖާގެ ހަންގަނޑު އަންނަނީ ދުވަހުން ދުވަހަކަށް ހަލާކުވަމުން، ފަރުވާއަށް މާލެ އައިސް ހުރެވޭނެ ގޮތެއް ހޯދާދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 43 ސިކުންތު

މިފަހަރުގެ އެހީ ރިޕޯޓު، އެހެން ރިޕޯޓުތަކާއި ތަފާތެވެ. ނަމަވެސް އަޅުގަނޑުމެން މިފަދަ ރިޕޯޓު ލިޔަނީ ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީއެއް ހޯދައި ދިނުމުގެ މަޤްސަދުގައި ކަމަށްވުމުންނާއި މިއީވެސް އެފަދަ ހާލެއްގައި ދިރިއުޅެމުން އަންނަ ދެމައިން ކަމުގައިވާތީ އެންމެހާ ކިޔުންތެރިންގެ ކިބައިން މިއާއިލާއަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދެމެވެ.

               

އުމުރުން އެންމެ 11 މަހުގެ އައިޝަތު ކްލާރާ ބިންތު އަޝްރަފް އަލީ ދިރިއުޅެމުން ދަނީ އޭނާގެ މަންމަ ގާތު ދ. ކުޑަހުވަދޫ ގައެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން އެތުއްތު ކުއްޖާގެ މަންމަ ބުނީ ކްލާރާއަކީ ބަލި ކުއްޖެއް ކަމަށާއި އޭނާގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ހުންނަ ކަމަށެވެ. އެގޮތުން ކްލާރާގެ އުމުރުން އެއްމަހުގައި އެބައްޔަށް ވަނީ ބޭސްކުރަން ފަށާފައެވެ.

           

"ވަރަށް ތުއްތު އިރުން ފެށިގެން ބޭބީގެ ހަންގަނޑު އެގޮތަށް ސަކަރާތްވާން ފެށީ. އެހެންވެ އެއްވެސް ކަހަލަ ކޮސްމެޓިކްސް އެއްވެސް ނުލައްވަން. ސެޓަފިލް އެކަނި ލައްވަނީ، އެވައްތަރުގެ ސައިބޯނިން ފެންވަރުވަނީ ވެސް، އޭގެ ލޯޝަން ދެން ލައްވަނީ. ބޭބީގެ ހަންގަނޑު ހަލާކުވުމުގެެ އިތުރުން މިހާރު ހުން އައިސް އަބަދު އަނގައިން ސޮނިވެސް ފައިބާ. އެހެންވެ މިއީ ސީރިއަސް ކަމެކޭވެސް ޑޮކްޓަރުން ބުނަނީ" ކްލާރާގެ މަންމަ ކިޔާދިނެވެ.

               

ކުޑަހުވަދޫގައި ކްލާރާ ގޮވައިގެން އޭނާގެ މަންމަ ދިރިއުޅެނީ، މަންމަގެ އާއިލާއާއެކުގައެވެ. ކްލާރާގެ ބައްޕައާއި މިހާރު ކައިވެނި ރޫޅިފައިވީ ނަމަވެސް، ދަރިފުޅަށް އޭނާގެ ބައްޕަ ބަރާބަރަށް ޚަރަދު ކުރާކަމަށާއި މަހަކު 5000 ރުފިޔާ ދޭ ކަމަށް ކްލާރާގެ މަންމަ ބުންޏެވެ. ނަމަވެސް އަމިއްލަ އާއިލާގާތު އުޅުން ކަމުގައިވިޔަސް އާއިލާއަށް ވެސް އެހީތެރިވުމުގެ ގޮތުން 2000 ރުފިޔާ ދިނުމަށްފަހު ބާކީ އޮންނަ ފައިސާ ކޮޅުން ކިރިޔާ ފުއްދެނީ ކަމަށް ވެސް އެކުއްޖާގެ މަންމަ ބުންޏެވެ.

              

"އަސްލުގަ އާއިލާއަށް ވެސް އެހީތެރިވާންވާނެތާ ދޯ. އަޅުގަނޑުމެންނަކީ އަނެއްހެން މާފުދިގެން ދިރިއުޅޭ ބައެއް ނޫން. އެކަމަކު ވަރަށް ދަތިވޭ. ބާކީ ހުންނަ ފައިސާ ކޮޅުން ހަމަ ކިރިޔާ އަމިއްލަ ޚަރަދުތައް ބެލެހެއްޓެނީ" ކްލާރާގެ މަންމަ ބުންޏެވެ.

ކްލާރާގެ އުމުރުން ނުވަ މަހުގައި ޑޮކްޓަރަށް ދެއްކުމުން، ޓެސްޓުތަކެއް ހަދަން ދީފައިވެއެވެ.

             

"ބައެއް މީހުން ބުނަނީ އެއީ އެގްޒީމާ އޭ، އަނެއްބައި މީހުން ބުނޭ އޭގެ ސީރިއަސް ވައްތަރެކޭ ވެސް. ނުވަ މަހުގަ ދެއްކުމުން ޑޮކްޓަރުން ބުނީ މާލެ ގޮސް ޓެސްޓުތަކެއް ހަދަން. އެކަމަކު ދެވޭނެ ގޮތެއް ނެތިފަ އަދިވެސް މިހުރީ" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އާސަންދައިން ޑޮކްޓަރަށް ދެއްކުމުގެ ޚަރަދު ދެއްކުން ކަމުގައިވިޔަސް، ބޭސްފަރުވާގެ ކަންކަން އެއްކޮށް ނިމެންދެން މާލޭގައި ވިޔަސް ހުންނާނެ ތަނެއް ކްލާރާގެ މަންމައަށް ވަނީ އިންތިޒާމު ކުރެވޭ ގޮތް ނުވެފައެވެ.

               

"ކާން ދޭން ފެށީމަ އަސްލު ބޮޑަށް ބޭބީގެ ހަންގަނޑު ސަކަރާތްވީ. އެކަމަކު ކުއްޖާގެ ހެދިބޮޑުވުމަށް ކާނާވެސް ބޭނުންވާނެ ދޯ. ދަރިފުޅުގެ ހަންގަނޑަށް މިވާ ގޮތްތަކުގެ ސީރިއަސް ސްޓޭޖެއް ވެސް އިންނަ ކަމަށް ބުނި. މިއީ އަސްލު ސީދާ ކޯޗެއްކަމެއް މިކޮޅުން ޑޮކްޓަރުންނަކަށް ވެސް ނޭނގެ ބުނެދޭކަށް. ޓެސްޓު ނުހަދަންޏާ އަދި ނޭނގޭނެއްނު ދޯ. ޓެސްޓު ހަދަން ނުދެވިފަ މިހުންނަނީ މާލެއަށް. މާލެ ގޮސް ހުންނާނެ ތަނެއް ނެތް. ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ވާނެ ކަންނޭނގެ އެއްކޮށް ޑޮކްޓަރަށް ދައްކާ ނިމެންދެން ވެސް. އެކަމަކު ދުވަހު ކުއްޔަށް ތަނެއް ހިފައިގެން ވެސް ކިހިނެއް ހުންނާނީ ދޯ. އަދި ކެއިން ބުއިމުގެ ޚަރަދުތައް ވެސް ހުންނާނެއްނު. ކުރިން މާލެގަ އުޅުނީ އެކަމަކު ޑިވޯސް ވެގެން މިކޮޅަށް އައީ. ކުއްޖާގެ ބައްޕަ އަސްލު ވަރަށް އެހީވޭ. އޭނަ ހުންނަނީ ހުޅުމާލޭގަ ކުދިން ބަހައްޓާ ގެއެއްގަ. އޭނަގެ މުސާރައަށް 8000 ރުފިޔާ ލިބެނީ. އޭނަ ހުންނަ ގެއަށް 3000 ދީފަ ބާކީބައި (5000) އަޅުގަނޑުމެންނަށް ފޮނުވަނީ އޭނަ އަމިއްލަ ކަންކަން ވެސް ނުކޮށް. ބޭސްކުރަން ވެސް އެހެންވެ އަސްލު ނުދެވިފަ މިހުންނަނީ، އިތުރު ގޮތެއް ނެތިފަ" ކްލާރާގެ މައިންބަފައިންގެ މާލީ ހާލަތު ބަޔާންކޮށްދެމުން އޭނާގެ މަންމަ ބުންޏެވެ.

                

އަންނަ މަހު އެއްއަހަރު ފުރޭ މިތުއްތު ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ދީލަތި އެންމެހާ ފަރާތްތައް ވެސް ދިއްކޮށްލަމާތޯއެވެ؟

ކްލާރާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ފަރާތްތައް ބީއެމްއެލް އެކައުންޓް ނަންބަރ  7730000213318 (އަޝްރަފް އަލީ) އަށް ފައިސާ ޖަމާކޮށްދެއްވާ! އިތުރު މައުލޫމާތު ހޯދެއްވުމަށް 7455234 ނަންބަރު ފޯނާއި ގުޅާލައްވާ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ