އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފާރު ހަދާފަ ހުރީ ގަލާއި ސިމެންތިއަކުން ނޫން، އިންސާނުންގެ ކަށިން!

މިފާރު ހަދާފަ ހުރީ ގަލާއި ސިމެންތިއަކުން ނޫން، އިންސާނުންގެ ކަށިން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އާއްމުގޮތެއްގައި އެޅިގަލާއި ސިމެންތި ބޭނުންކޮށްގެން މީހުން ފާރުތައް އިމާރާތް ކުރިޔަސް، ބެލްޖިއަމްގެ ކެތީޑްރަލް އެއްގެ ބިމުއަޑީގައި ހުރި ފާރެއް އިމާރަތް ކޮށްފައިހުރީ އިންސާނުންގެ ކަށިންނެވެ.

"ދަ ބްރަސެލްސް ޓައިމްސް" ގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެކެތީޑްރަލްގައި މަސައްކަތް ކުރަމުންދާ އާކިއޮލޮޖިސްޓުންތަކަކަށް މިތަކެތި ފެނިފައިވަނީ، އެތަނަށް ޒިޔާރާތްކުރާ މީހުންނަށް މުޅިން އައު ސެންޓަރެއް ގާއިމު ކުރުމަށް އެތަން ބަލަމުން ދަނިކޮށެވެ.

މިފާރު ހަދާފައި ހުރީ މަރުވެފައިވާ ގިނަ އަދަދެއްގެ އިންސާނުންތަކެއްގެ ފައިގެ ފަލަމަސްގަނޑުގެ ކަށިތަތަކާއި ކަށިމަތީގެ ކަށިތަކުންނެވެ. އެކަށިތައް ބަރިބަރިއަށް ޖަހާފައި ހުރިއިރު، ހުސްޖާގަތައް ފުރުމަށް ބޮލުގެ ނާށިގަނޑުތަކެއް ވެސް ލާފައިވެއެވެ.

އެތަނުގައި އައު ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތާއި ހަވާލުވެހުރި ލީޑަރު ޖެނީކް ޑި ގްރެއިސް ބުނީ، އެކަށިތައް އެތަނުން ނެގުމުގެ މަސައްކަތް ކިހަރު ފަށާފައިވާ ކަމަށާއި ފަތުރުވެރިންނަށް ދައްކާލަން "އެފާރު" ނުބަހައްޓާނެ ކަމަށެވެ.

"މިވަގުތު އެތަން ހަދާނީ 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި އެތަން ހުރިގޮތަށް. އެކަމަކު އެކަމަށްޓަކައި ފުރަތަމަ ރަނގަޅު ރިސާރޗެއް ހަދަންޖެހޭ" ޖެނީކް ބުންޏެވެ.

އާކިއޮލޮޖިސްޓުން ޤަބޫލުކުރާ ގޮތުގައި އެކަށިތަކަކީ ފައްޅިއެއް ކައިރީގައި ކުރިންހުރި ސަހަރާއެއް ހުސްކުރިއިރު ނަގާފައިހުރި ކަށިތަކެކެވެ.

"ސަހަރާ ހުސްކޮށް ސާފުކުރާއިރު، އެތަނުގައި ވަޅުލާފައި ތިބޭ މީހުންގެ ކަށިތައް އުކައެއް ނުލެވޭނެ. އެއީ ގިނަ މީހުންނަށް އެކަމަކީ ނާމާންކަމެއްކަމުގަ ހީވާތީ. އަދި އެހެން ހަަދައިފިނަމަ އެގަބުރުތައް އެނބުރި އަތުވެދާނެ ކަމަށް ވެސް ހީވެފަ ހުންނާތީ" ޖެނީކް ބުންޏެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ