އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެޑްވޭވުން ވިހިހާސް މާސްކް ހިލޭ ބަހަނީ!

ރެޑްވޭވުން ވިހިހާސް މާސްކް ހިލޭ ބަހަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރިކުރާ ރެޑްވޭވުން، 20،000 ފޭސް މާސްކް ހިލޭ ބަހަން ނިންމައިފިއެވެ.

ރެޑްވޭވުން ބުނީ މިއީ މިހާރު ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އިން ރައްކާތެރިވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ބަހާ މާސްކުތަކެއް ކަމަށެވެ.

ރެޑްވޭވުން ބަހާ ފޭސްމާސްކުތައް މިހާރު އެކުންފުނީގެ ފިހާރަތަކުން ލިބެން ހުންނައިރު، ކުރާ ކޮންމެ ވިޔަފާރިއަކަށް ތިން މާސްކު ހިލޭ ދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ހަތަރު މީހަކު ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފައެވެ. އެބަލި ފެނިފައިވަނީ ކުރެއްދޫ ރިސޯޓާއި ބަތަލާ ރިސޯޓަށްދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ގައިންނެވެ. އެހެންކަމުން އެދެރިސޯޓުވެސް މިވަގުތު އޮތީ މީހުންނަށް އަރާ ފޭބުން މަނާކޮށް ލޮކްޑައުން ކޮށްފައެވެ.

އޭގެތެރެއިން އެއް ފަތުރުވެރިއަކު މާލެ އައިސް، މާލޭގައި ވެސް ދެ ދުވަހު މަޑުކުރިކަމަށާއި، އެހެންކަމުން 16 މީހަކު މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ކިބައިން ކޮވިޑް 19 ގެ އަލާމާތްތަކެއް ފެނުމުން އޭނާ މިހާރު ކަރަންޓީނު ކުރުމަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު