އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގަ އުޅެފަ ތިބި 9 ހާސް ޞިއްޙީ ޚިދުމަތްތެރިން ޚިދުމަތަށް ނުކުމެއްޖެ!

ކޮރޯނާ ވައިރަސް އާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގަ އުޅެފަ ތިބި 9 ހާސް ޞިއްޙީ ޚިދުމަތްތެރިން ޚިދުމަތަށް ނުކުމެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އެމެރިކާގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ގިނަވުމުން އަސްކަރިއްޔާއިން އެދުނު އެދުމަށް އިޖާބަދީ އަސްކަރިއްޔާގެ ޞިއްޙީ ޚިދުމަތުގައި އުޅެފައި ތިބި 9000 އަށްވުރެ ގިނަ މީހުން ޚިދުމަތަށް ނުކުމެއްޖެއެވެ. މި މީހުން ޚިދުމަތްކުރަން ހަމަޖެހިފައިވަނީ މިލިޓަރީ ހޮސްޕިޓަލްތަކުގައެވެ. 

އަސްކަރިއްޔާއިން ވަނީ މިދިއަ ހަފްތާގައި އެފަދަ 800،000 އަށްވުރެ ގިނަ މީހުންގެ އެހީތެރިކަމަށް އެދިފައެވެ. 

އެމެރިކާއަށް ބަލާއިރު ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުންގެ އަދަދު މިހާރުވަނީ 123,780 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 2,229 އަށް އަރައިފައެވެ. ސީރިއަސް ހާލަތުގައި 2,666 މީހުން އެބަތިއްބެވެ. ޝިފާ ލިބިފައިވަނީ 3,238 މީހުންނަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް