އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނުގަ ކުޑަކުދިންކަމަށް ބުނާ ކުދިންގެ އަޚްލާޤް ރަނގަޅުކުރަން ޖެންޑަރ މިނިސްޓްރީގެ ދައުރު އިތުރުކުރަން އަދިވެސް ނުވަނީތޯ؟

ޤާނޫނުގަ ކުޑަކުދިންކަމަށް ބުނާ ކުދިންގެ އަޚްލާޤް ރަނގަޅުކުރަން ޖެންޑަރ މިނިސްޓްރީގެ ދައުރު އިތުރުކުރަން އަދިވެސް ނުވަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން ހަށިގަނޑުން ކިތަންމެ ބޮޑުވިނަމަވެސް 18 އަހަރު ނުފުރޭނަމަ އެއީ ކުޑަކުއްޖެކެވެ. އޭނާގެ މައްޗަށް ހިނގާނީ ކުޑަކުދިންނަށް ހިނގާ ޙުކުމެވެ. ކުޑަކުދިންނަށް ލިބެންޖެހޭ ހުރިހާ ޙައްޤުތަކެއް 18 އަހަރު ފުރެންދެން ލިބެންޖެހޭނެއެވެ. 

ކަންމިހެން އޮތްއިރު މަގުމަތީގައާއި ޕާކުތަކުގައި އަދި މަގުމަތީގައި 18 އަހަރު ނުފުރޭ ކުދިން އަނެއް ޖިންސުގެ މީހުންނާއި ގައިގޯޅިވެ ލޯބީގެ ގުޅުން އެބަ ހިނަގައެވެ. ހާމަތަންތަނުގައި ދޮންދީ އޮޅުލައި ހަދައެވެ. 

މީގެ އިތުރުން ގޭންގުތަކުގައި 18 އަހަރު ނުފުރޭ ކުދިން އުޅެއެވެ. މީހުން މެރުމުގައި ބައިވެރިވެއެވެ. ޑްރަގުވިއްކައެވެ. ޑްރަގް ބޭނުންކުރެއެވެ. ބަލިވެ އިނދެއެވެ. ވިހައި މައިންނަށްވެއެވެ. މިކަންކަން ފުލުހުންގެ ރެކޯޑްތަކުން ފެންނަން އެބަހުއްޓެވެ. 

އިސްލާމް ދީނުގައި ކުއްޖާގެ މައްޗަށް ކުޑަކުއްޖެއްގެ ޙުކުމް ހިނގަނީ ބާލިޣްވަންދެންނެވެ. ބާލިޣްވުމުން ދީނުގެ ފަރުޟުތައް އަދާކުރަންޖެހެއެވެ. ކުށްކުރުމުން އަދަބުވެސް ދޭންޖެހެއެވެ. މިއީ އެއްވެސް މުސްލިމަކަށް ދެބަސްވެވޭނެ ޙަޤީޤަތެއް ނޫނެވެ. 

ގިނަ ބައަކު ކަންބޮޑުވަނީ ޤާނޫނުގައި 18 ނުފުރޭނަމަ އެއީ ކުޑަކުއްޖެއްކަމަށް ކަނޑައަޅާފައިވާއިރު، 18 އަހަރު ނުފުރޭ ކުދިން އިޞްލާހްކުރަން ޖެންޑަރ މިނިސްޓްރީން ކުރާ ކަންކަން ނުފެންނާތީއެވެ. ނުވަތަ އެކަށީގެންވާވަރަށް މަސައްކަތްނުކުރާތީއެވެ. 

އެކށީގެންވާވަރަށް މަސައްކަތް ނުކުރެވޭކަމަށް އެބުނަނީ ކުޑަކުދިންގެ ޙިމާޔަތް ޤާނޫނު ލިބިފައިތިބެ ދުންފަތުގެ އިސްތިޢްމާލުކުރުންވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނާތީއެވެ. ފާހިޝް ޢަމަލުތައް ކުރުމާއި ވިހެއުމާއި ޖިނާޢީ ކުށްކުރުންވެސް ބާރަށް ކުރިއަށްދާތީއެވެ. 

ހަރުދަނާ ޖީލެއް އުފެއްދޭނީ ހަރުދަނާ ޒުވާނުން އުފެއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ. ހަރުދަނާ ޖީލެއް އުފެއްދޭނީ ބޮޑެތިވާ ކުދިންނަކީ ހަރުދަނާ ބައަކަށް ހެދިގެންނެވެ. މިއީވެސް ދެބަސްވެވޭނެ ކަމެއް ނޫނެވެ. 

ކުޑަކުދިން ލައްވައި ޖިނާޢީ ކުށް ކުރުވާ މީހުން ޒިންމާދާރުކުރުވެނީ ކިހައިވަރަކަށްތޯއެވެ؟ ކޮންމެ އަހަރަކު ވެސް ޤާނޫނުގައި ބުނާ ކުޑަކުދިން ވިހަމުން ގެންދާއިރު އެކަމުގައި ބައިވެރިވާ ފިރިހެނުން ޒިންމާދާރުކުރުވެނީ ކިހައިވަރަކަށްތޯއެވެ؟ މިހިރީވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ. 

މިކަންކަން ޙައްލުކުރަން ކޮންމެވެސް މިނަވަރަކަށް ކޮންމެވެސް ކަމެއްކޮށްގެން ފުއްދާލައިގެން ތިބެވޭކަށް ނެތެވެ. ނަތީޖާ ނެރެ ދައްކަން އެބަޖެހެއެވެ. ލޯބީގެ ގުޅުމެއްގެ ތެރެއިން ބަލިވެ އިނދެ ވިހެއުމުން ވިހެއި އަންހެނާ އާއި ޒިނޭކުރި ފިރިހެން މީހާ ފާފަވެރިނުވާނެ ގޮތެއް އިސްލާމް ދީނުގައި އޮވޭތޯއެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް